Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ސިޓީން ފަރަގު ކުޑަކޮށްފި، އެކަމަކު އާސެނަލްއާ ދެކޮޅަށް ހާލާންޑަށް ނުކުޅެވިދާނެ!

13 ފެބުރުއަރީ 2023 | ހޯމަ 02:51

ސިޓީއަށް ކުރިއަށް އޮތީ އާސެނަލްއާ ވާދަކުރާ މެޗު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 13 ފެބުރުއަރީ 2023 | ހޯމަ 02:51
ސިޓީގެ ތިންވަނަ ލަނޑު މާރޭޒް ޖެހުމަށްފަހު ހާލާންޑާއެކު އުފާ ފާޅުކުރަނީ

ސިޓީގެ ތިންވަނަ ލަނޑު މާރޭޒް ޖެހުމަށްފަހު ހާލާންޑާއެކު އުފާ ފާޅުކުރަނީ

އެސްޓަން ވިލާ ބަލިކޮށް ޗެމްޕިއަން މެންޗެސްޓަރ ސިޓީން ފަރަގު ކުޑަކުރި ނަމަވެސް, އެއްވަނައިގައި އޮތް އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގައި ހާލާންޑަށް ކުޅެވިދާނެކަމާމެދު ސުވާލު އުފެދިއްޖެއެވެ.

ހާލާންޑަށް ބުދަ ދުވަހު އާސެނަލްއާ ދެކޮޅަށް ކުޅެވިދާނެކަމާމެދު ސުވާލު އުފެދުނީ 3-1 ން އެސްޓަން ވިލާ އަތުން މޮޅުވި މެޗުގައި ލިބުނު އަނިޔާގެ ސަބަބުންނެވެ. އަނިޔާގެ ސަބަބުން ދެވަނަ ހާފްގެ ފުރަތަމަ މިނެޓުގައި ހާލާންޑް ވަނީ ބަދަލުކޮށްފައެވެ. އެކަމަކު އަނިޔާ ސީރިއަސް ނޫންކަމަށް ރިޕޯޓުތައް ބުނެއެވެ. ކޯޗު ޕެޕް ގާޑިއޯލާ ވެސް ބުނެފައިވަނީ އަނިޔާވިއިރު މެޗުގެ ނަތީޖާ ވެސް އޮތް ގޮތުން ޑޮކްޓަރާ ވާހަކަދެއްކުމަށްފަހު ރިސްކެއް ނަގަން ބޭނުންނުވީ ކަމަށެވެ. ހާލާންޑް ބަދަލުކުރީ ރިސްކު ނަގަން ބޭނުން ނުވާތީކަމަށާއި, ބޮޑު އަނިޔާއެއްވިކަމަށް ނުބެލެވޭކަމަށެވެ. ބުދަ ދުވަހު އާސެނަލްއާ ދެކޮޅަށް ހާލާންޑަށް ކުޅެވޭނެކަމަށް އުއްމީދުކުރާ ކަމަށާއި, އެކަމަކު ރަނގަޅު ނޫންނަމަ ރިސްކެއް ނަގައިގެން އެ މެޗުގައި ހާލާންޑް ލައްވާ ނުކުޅުވާނެކަމަށް ގާޑިއޯލާ ބުންޏެވެ.

އެސްޓަން ވިލާ އަތުން މޮޅުވި މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު ސިޓީން ވަނީ ތިން ގޯލް ޖަހާފައެވެ. ގޯލްތައް ޖެހީ ރޮޑްރީއާއި ގުންޑޮގާންއާއި ރިޔާދު މާރޭޒްއެވެ. މާރޭޒް ލަނޑު ޖެހީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެެވެ. ދެވަނަ ހާފްގައި އެސްޓަން ވިލާގެ ހަމައެކަނި ލަނޑުޖެހީ ވަޓްކިންސްއެވެ.

މިމޮޅާއެކު ސިޓީން ވަނީ 22 މެޗުން 48 ޕޮއިންޓް ހޯދާފައެވެ. އެއްވަނައިގައި އާސެނަލް އޮތީ 21 މެޗުން 51 ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

13 އޯގަސްޓު 2017

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިންޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ސިޓީން ލީގުގެ ފެށުން ރަނގަޅުކޮށްފި

13 އޯގަސްޓު 2017
އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިންޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ސިޓީން ލީގުގެ ފެށުން ރަނގަޅުކޮށްފި
16 ޖުލައި 2017

ނޮލީޓޯ ސެވިއްޔާ އަށް ވިއްކާލުމަށް މެންޗެސްޓާ ސިޓީން އެއްބަސްވެއްޖެ

16 ޖުލައި 2017
ނޮލީޓޯ ސެވިއްޔާ އަށް ވިއްކާލުމަށް މެންޗެސްޓާ ސިޓީން އެއްބަސްވެއްޖެ
01 މެއި 2017

ނަވާސް ހޯދުމުގެ މަސައްކަތް ސިޓީން ފަށައިފި

01 މެއި 2017
ނަވާސް ހޯދުމުގެ މަސައްކަތް ސިޓީން ފަށައިފި
27 އެޕްރީލު 2017

ޕްރިމިއާ ލީގު: ޓޮޓެންހަމް ފަރަގު ކުޑަކުރިއިރު، އާސެނަލް ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި

27 އެޕްރީލު 2017
ޕްރިމިއާ ލީގު: ޓޮޓެންހަމް ފަރަގު ކުޑަކުރިއިރު، އާސެނަލް ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި
04 އެޕްރީލު 2017

ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ

04 އެޕްރީލު 2017
ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
20 މާރިޗު 2017

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

20 މާރިޗު 2017
ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ
06 މާރިޗު 2017

މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި

06 މާރިޗު 2017
މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް