Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަމީނީ މަގުގެ މަސައްކަތް

އަމީނީ މަގާއެކު 100 ގަޑިއިރު - އެމްޓީސީސީގެ މަސައްކަތް މެކުހަށް، ޗެލެންޖަށް ތައްޔާރު!

އަމީނީ މަގުގެ މަސައްކަތް ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ފެބުރުއަރީ 2023 | އާދީއްތަ 09:45
އެމްޓީސީސީ

އެމްޓީސީސީ

ދާދި އިހަކަށް ދުވަހާއި ޖެހެންދެން، މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް މަގު ކަމަށްވާ އަމީނީ މަގު އޮތީ އެ މަގަކާއި ގުޅުން ހުރި ތަކުލީފުތައް ގިނަ ތަނެއްގެ ގޮތުގައެވެ. އެ މަގުގައި ފެން ބޮޑުވުމާއި ވަޅުގަނޑު ހެދުން ފަދަ އެތައް ތުރާލަކާއި ދިވެހިންނަށް ކުރިމަތިލާންޖެހުނެވެ. ކަން އެހެން އޮއްވާ އަމީނީ މަގު ހެދުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައި ވަނީ މާލޭގެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓުގެ ދަށުންނެވެ. އެ ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 3 ޖުލައި 2022ގައެވެ.

84.4 މިލިޔަން ރުފިޔާ ޚަރަދުވާ މި ޕްރޮޖެކްޓުގެ މަސައްކަތަކީ އާއްމުންގެ އުންމީދާއި ގުޅިފައިވާ މުހިންމު މަސައްކަތެކެވެ. އެހެންކަމަށް ވާއިރު، އާރްޑީސީ އަށް އަމީނީ މަގު ހެދުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. އެގޮތުން އަމީނީ މަގުގައި ހުރި ބޮޑެތި ގަސްތަކުގެ މޫތައް ނެގުމާއި، މަގު އަޑީގައި އަޅާފައި އޮތް ހޮޅިތައް އަލުން އެއްވަރުކުރަން މަސައްކަތް ކުރަން ޖެހުމުން އެ މަސައްކަތް ދިގުލައިގެން ދާން މެދުވެރިވިއެވެ.

ނިމިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާރްޑީސީ އިން އަމީނީ މަގުގެ މަސައްކަތުގެ ސްކޯޕް އިން ބައެއް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. އަދި އެ މަސައްކަތް ހަވާލުކުރުމާއެކު އެމްޓީސީސީ އިން ވަނީ އަމީނީ މަގުގެ މަސައްކަތްތައް ވިލަރެސްކުރާނެ ގޮތުގެ އިންތިޒާމްތައް ހަމަޖައްސަން ފަށާފައެވެ. އެގޮތުން ޖެހިގެން އައި ހުކުރު ދުވަހު އެމްޓީސީސީ އިން އަމީނީ މަގުގެ އަމަލީ މަސައްކަތް ފެށީ މިއީ ރައްޔިތުންނާއި ގުޅުން ހުރި މުހިންމު ޚިދުމަތަކަށް ވުމުން އެއީ ޗެލެންޗެއްގެ ގޮތުގައި ދެކިގެން ކަަމަށް އެ ކުންފުނިން ބުނެއެވެ. އެކި ފަންތީގެ މުވައްޒަފުން ހިމެނޭހެން އެކުލަވާލި 60 މީހުންގެ ޓީމާކާއެކު އަމީނީ މަގުގެ މަސައްކަތްތައް ނިންމަން އެމްޓީސީސީ އިން މަސައްކަތްކުރަމުން ދަނީ މެދުނުކެނޑި 24 ގަޑިއިރު އެ މަސައްކަތް ކުރިއަށް ގެންދާގޮތަށެވެ. ދެ ދަންފަޅި އަކަށް ބަހާލައިގެން އެ މަސައްކަތްތައް ކުރިއަށް ރާވާފައި ވަނީ ހަލުވި އެހެނަސް އިތުބާރު ހުރި ކޮލިޓީ ޚިދުމަތެއް ޤާއިމްކޮށްދިނުމުގެ އުންމީދާއި އެކުގައެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގައި 24 ގަޑިއިރު މަސައްކަތްކޮށް، މަސައްކަތުގެ ސްޕީޑް އަވަސްކުރުމަކީ އެމްޓީސީސީ އިން އިސްކަން ދޭން ކަމެއް ކަމަށެވެ. މިހާތަނަށް އައި އިރު ކުރި މަސައްކަތްތަކުގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ ހިސާބުގެ މަގު އެއްވަރުކޮށް ނިންމާ، މަގު ހަރުކޮށް، އޭބީސީގެ މަސައްކަތް ވަނީ ފަށާފައެވެ. އެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ނިމޭނެ ކަަމަށާއި، ބުދަ ދުވަހުގެ ނިޔަލަށް އެމްޓީސީސީއާ ހަވާލުކުރި މަސައްކަތް ނިންމަން އަމާޒު ހިފާފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރި އިރު ފެންހިންދާ ނިޒާމާއި، ކޭބަލް އެޅުން ފަދަ މަސައްކަތްތައް އާރްޑީސީގެ ފަރާތުން ވަނީ ނިންމާފައެވެ. މަގުގެ ޚިދުމަތަށް ބޭނުންވާ އަންޑަގްރައުންޑް މަސައްކަތް ނިންމާ އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ އުޅަނދުތައް ދުއްވާ ހިސާބުގައި ހުރި މަސައްކަތްތަކެވެ. ހަތް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީ އިން ކުރަން ޖެހޭ މަސައްކަތަކީ މުޅި އަމީނީ މަގު ތަރައްޤީކުރުމުގެ އިންތިހާ މުހިންމު މަސައްކަތެކެވެ. އެ މަސައްކަތް ކުރުމުގައި މިހާތަނަށް އެމްޓީސީސީ އިން އަމަލުކުރި ގޮތާއި، މަސައްކަތްތައް ކުރިއަށް ރާވާފައިވާ ގޮތުގެ ތަފްސީލް "ރާއްޖެ އެމްވީ" އާއި ހިއްސާކޮށްދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ރަމްޒީ އަބޫބަކުރެވެ. އޭނާ ވަނީ އަމާޒަކީ 100 ގަޑިއިރަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ ހުރިހާ މަސައްކަތެއް ނިންމުން ކަމަށް ވިދާޅުވެފައެވެ. އަދި އެ މަސައްކަތް ކުރާ އިރު އާރްޑިސީ އިން ކަނޑައަޅާފައިވާ ސްޓޭންޑަޑަށް މަސައްކަތް ކުރާކަން ޔަގީންކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަމީނީ މަގުގެ މަސައްކަތް ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ސެގްމެންޓް 4ގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތްތައްކަމަށް އާރުޑީސީން ވަނީ ބުނެފައެވެ. އަދި އަމާޒަކީ ސެޕްޓެމްބަރުމަހަށް އަމީނީ މަގުގައި ތާރުއަޅާ އެއްކޮށް ނިންމުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އިތުރަށް ކިޔާލަން

15 ޖޫން 2020

ރާއްޖެއިން ކޮވިޑް19 ފެނުނުތާ 100 ދުވަސް: ކުރެވުނީ ކާމިޔާބު މަސައްކަތެއް

15 ޖޫން 2020
ރާއްޖެއިން ކޮވިޑް19 ފެނުނުތާ 100 ދުވަސް: ކުރެވުނީ ކާމިޔާބު މަސައްކަތެއް
22 ފެބުރުއަރީ 2020

ފަނޑުވުމެއްނެތި ވިދަމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯގެ 1000 ވަނަ މެޗަށް ތައްޔާރުތަ؟

22 ފެބުރުއަރީ 2020
ފަނޑުވުމެއްނެތި ވިދަމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯގެ 1000 ވަނަ މެޗަށް ތައްޔާރުތަ؟
13 އެޕްރީލު 2019

ތޮއްޑޫ ސިއްހީ މަރުކަޒު: ނަމެއްގައި 24 ގަޑިއިރު!

13 އެޕްރީލު 2019
ތޮއްޑޫ ސިއްހީ މަރުކަޒު: ނަމެއްގައި 24 ގަޑިއިރު!
30 ޑިސެމްބަރު 2018

'ޒީރޯ' 100 ކްރޯޑް ކްލަބަށް ވަންނާނެތަ؟

30 ޑިސެމްބަރު 2018
'ޒީރޯ' 100 ކްރޯޑް ކްލަބަށް ވަންނާނެތަ؟
13 ނޮވެމްބަރު 2018

'ތަގްސް އޮފް ހިންދުސްތާން' 100 ކްރޯޑް ކްލަބަށް!

13 ނޮވެމްބަރު 2018
'ތަގްސް އޮފް ހިންދުސްތާން' 100 ކްރޯޑް ކްލަބަށް!
12 އޮކްޓޯބަރު 2018

ވިލިނގިލީ ރައްޔިތުން ތިބީ 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތަށް ފެންބޮވާގަނެފައި!

12 އޮކްޓޯބަރު 2018
ވިލިނގިލީ ރައްޔިތުން ތިބީ 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތަށް ފެންބޮވާގަނެފައި!
22 މެއި 2018

ސިޔާދު ގާސިމް ޖަލުގައި 100 އަށްވުރެ ގިނަ ދުވަސް، ޕީޖީ ސަމާސާ ކުރުމުގައި!

22 މެއި 2018
ސިޔާދު ގާސިމް ޖަލުގައި 100 އަށްވުރެ ގިނަ ދުވަސް، ޕީޖީ ސަމާސާ ކުރުމުގައި!
25 ޖެނުއަރީ 2018

އަނިޔާގެ ކުރިމަތީ ފަސް ނުޖެހުނު ލީޑަރު ބަންދުގައި 1000 ދުވަސް!

25 ޖެނުއަރީ 2018
އަނިޔާގެ ކުރިމަތީ ފަސް ނުޖެހުނު ލީޑަރު ބަންދުގައި 1000 ދުވަސް!
01 އޯގަސްޓު 2017

ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

01 އޯގަސްޓު 2017
ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟
04 މެއި 2017

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު