Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުތުރުކީ-ސޫރިޔާ ބިންހެލުން

ތުރުކީ-ސޫރިޔާ ބިންހެލުން: ޑރ ޓެޑްރޯޒްގެ "ހިތް ހަލާކު"!

ޑރ ޓެޑްރޯޒް ވަނީ، ސޫރިޔާގެ ސަރުކާރާ ދެކޮޅަށް އެމެރިކާއިން ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް، 180 ދުވަހަށް މެދުކަނޑާލުމަށް ނިންމުމުން މަރުހަބާ ކިޔާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 12 ފެބުރުއަރީ 2023 | އާދީއްތަ 08:49
ފެބުރުއަރީ 11 ވަނަ ދުވަހު ޙަލަބަށް ޒިޔާރަތް ކުރެއްވުމަށްފަހު ޑރ ޓެޑްރޯޒް ވިދާޅުވީ، އެ ސަރަޙައްދުގެ މަސްރަހު އޮތް ގޮތުން "ހިތް ހަލާކު"ވެއްޖެ ކަމަށް

ފެބުރުއަރީ 11 ވަނަ ދުވަހު ޙަލަބަށް ޒިޔާރަތް ކުރެއްވުމަށްފަހު ޑރ ޓެޑްރޯޒް ވިދާޅުވީ، އެ ސަރަޙައްދުގެ މަސްރަހު އޮތް ގޮތުން "ހިތް ހަލާކު"ވެއްޖެ ކަމަށް

ސޫރިޔާއާއި ތުރުކީވިލާތް ހިއްސާކުރާ ބޯޑަރު ސަރަޙައްދަށް ފެބުރުއަރީ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށްފަހު އެންމެ ގިނަ ބައެއްގެ ހިތަށް އެންމެ ދަތިކުރުވި ޤުދުރަތީ އެއް ކާރިޘާ ކަމުގައި ދެންނެވިދާނެއެވެ. ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު، ބަލަބަލާ ހުއްޓާ، ހާސްހާހުން އިތުރު ވަމުން ދާއިރު، ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ފޯރި އެއް ޤައުމު ކަމަށް ވާ ސޫރިޔާގެ ރައްޔިތުންނަކީ، ދާޚިލީ ހަނގުރާމައިގެ ވޭނުން އަދިވެސް އަރައިނުގަނެވި ތިބި ބައެކެވެ. ބޮމާއި ބަޑީގެ އަޑުފަށްގަނޑަށް ހޭނިފައި ވީ ނަމަވެސް، މިފަދަ ކާރިޘާއަކަށް ސޫރިޔާގެ ރައްޔިތުންވެސް ތައްޔާރެއް ނޫނެވެ. އެ މަންޒަރުތައް ފެނުނު ކޮންމެ މީހެއްގެ ލޮލުން ކަރުނަ ފާޢްދާލާހާ ހިތްދައްޗެވެ.

ފެބުރިއަރީ 6 ވަނަ ދުވަހުގެ ބިންހެލުމުގައި އެންމެ ބޮޑު އަސަރެއް ފޯރި އެއް ސަރަހައްދު ކަމަށް ވާ ސޫރިޔާގެ 2 ވަނަ އަށް އެންމެ ބޮޑު ސިޓީ ނުވަތަ ޙަލަބަށް ޒިޔާރަތް ކުރެއްވި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑައިރެކްޓަރ ޖެނެރަލް، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސްގެ ވާހަކަތަކުންވެސް އެކަން ސާބިތުވެއެވެ. ފެބުރުއަރީ 11 ވަނަ ދުވަހު ޙަލަބަށް ޒިޔާރަތް ކުރެއްވުމަށްފަހު ޑރ ޓެޑްރޯޒް ވިދާޅުވީ، އެ ސަރަޙައްދުގެ މަސްރަހު އޮތް ގޮތުން "ހިތް ހަލާކު"ވެއްޖެ ކަމަށެވެ.

ބިންހެލުމުގައި ޒަޚަމްވި ގިނަ ޢަދަދެއްގެ ބަޔަކަށް ފަރުވާ ދެމުންދާ އަލް-ރާޒީ ހޮސްޕިޓަލުގެ ބޭރުގައި، ސޫރިޔާގެ ސިއްހަތާ ބެހޭ ވަޒީރު ހަސަން ޣައްބާޝްއެކީ ހުންނަވައިގެން ޑރ ޓެޑްރޯޒް ވަނީ ބައިނަލްއަޤުވާމީ މީޑިއާއާ ވާހަކަދައްކަވާފައެވެ. އެގޮތުން ޑރ ޓެޑްރޯޒް ވަނީ، ސޫރިޔާގެ ސަރުކާރާ ދެކޮޅަށް އެމެރިކާއިން ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް، 180 ދުވަހުގެ މުއްދަތަކަށް މެދުކަނޑާލުމަށް އެމެރިކާ ސަރުކާރުން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. އެމެރިކާގެ އެ ނިންމުމަކީ ބިންހެލުމާ ގުޅިގެން އެހީ ފޯރުކޮށްދިނުމަށް ލިބޭ ބޮޑު ލުޔަކަށް ވާނެ ކަމަށް ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ޑރ ޓެޑްރޯޒް ވިދާލުވީ ޙަލަބަށް ބޭނުންވާ އެހީގެ ސަޕްލައިގެ ޝިޕްމަންޓެއް، ހޮނިހިރު ދުވަހުގެ ވަޤުތެއްގައި އެ ސިޓީއަށް އެތެރެ ކޮށްފައި ވާ ކަމަށާ، ކުރިއަށް ހުރި ދުވަސްތަކުގައި އިތުރު ޝިޕްމަންޓްތައް ލިބެމުން ދާނެ ކަމަށެވެ.

ފެބުރުއަރީ 6 ވަނަ ދުވަހުގެ ބިންހެލުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ހިފައިގެން ދަތުރު ކުރާ ގިނަ ޢަދަދެއްގެ މަތިންދާބޯޓުތައް، ސޫރިޔާގެ ސަރުކާރުގެ ކޮންޓްރޯލް އޮތް ސަރަޙައްދުތަކަށް ތިރި ކުރި ކަމުގައި ވީ ނަމަވެސް، އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ހިސާބުތަކަށް ލިބެމުން ދަނީ، ނިސްބަތުން މަދު މިންވަރެއްގެ އެހީ ކަމަށް ޚަބަރު ލިބެއެވެ.

އިތުރަށް ކިޔާލަން

22 އޯގަސްޓު 2017

ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

22 އޯގަސްޓު 2017
ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!
31 ޖުލައި 2017

ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

31 ޖުލައި 2017
ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!
30 ޖޫން 2017

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
29 މެއި 2017

ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!

29 މެއި 2017
ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު