Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރަގް ގެންނަ ބިދޭސީން ފުރުވާލުން

ޑްރަގް ގެންނަ ބިދޭސީން ފުރުވާލެވޭ ޤަވާއިދާ ގުޅޭ ކުއްލި މައްސަލައެއް

އެމީހަކު އައި އެއަރލައިންއާ މަޝްވަރާކޮށްގެން އެމީހަކު އަނބުރާ ރާއްޖެއިން ފޮނުވާލެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ފެބުރުއަރީ 2023 | އާދީއްތަ 06:04
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ޑްރަގް އެތެރެކުރާ ބިދޭސީން ފޮނުވާލާ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ.

Advertisement - newsAdvertisement

ޙަސަން ލަތީފް އެ މައްސަލަ ހުށަހެޅުއްވީ "ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެގޮތުގެ ގަވާއިދު" ގެ ދަށުން މި ފަހުންވެސް ބިދޭސީއަކު ފުރުވާލި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 2.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެ، އެތަކެތި ގެނަައި މީހާ ރާއްޖެ އެތެރެވިޔަ ނުދީ ވަނީ ފޮނުވާލުމާއި ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.

މެންބަރު ޙަސަން ލަތީފް ވިދާޅުވާ ގޮތުގައި އެއީ މަސްތުވާތަކެތި ޓްރެފިކްކުރާ ބިދޭސީންނަށް ފަސޭހަކަމާ އެކު އެއްވެސް ބިރެއް ނެތި، އަދި އެ ވިޔަފާރިއަށް ހިތްވަރު ލިބޭނޭ ގޮތަށް ސިޔާސަތު ކަނޑައެޅިފައިވާ ޤަވާއިދެކެވެ. އެގޮތުން ގަވާއިދު ގައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ތައާރުޒުވާ ބައިތައް އުނިކުރަން ޖެހޭކަމަށްވެސް ޙަސަން ލަތީފް ވިދާޅުވެފައިވެއެވެ.

ޑްރަގް އެތެރެކުރާ ބިދޭސީން ފޮނުވާލަނީ މައްސަލަ ސާބިތުކުރަން ހެކި ހުރި މިންވަރާއި، އެ މީހަކު ބެހެއްޓުމަށް ދާނެ ޚަރަދަށްވެސް ބަލާފައިކަން "ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެގޮތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވެއެވެ.

މި ޤަވާއިދު ގެޒެޓުކޮށް އެއަށް އަމަލުކުރަން ފަށާފައިވަނީ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އެއީ ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކު ކުރެވޭނަމަ، އެ ފަރާތެއް ރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާއި ގުޅޭގޮތުން ގޮތެއް ކަނޑައެޅުމުގައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ޤަވާއިދެވެ.

ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީންގެ ތެރެއިން، އެ މީހެއްގެ ލަގެޖުން ނުވަތަ ހަށިގަނޑުގެ ތަނަކުން މަސްތުވާތަކެތި ފެންނަ ޙާލަތްތަކުގައި ތަންފީޒީ އިދާރާތަކުން ކަނޑައަޅާ ފޯކަލް ޕޮއިންޓުންގެ މެދުގައި މަޝްވަރާކޮށް، އެ މީހަކު އެތެރެވުމުގެ ހުއްދަ ދީފިނަމަ ދިމާވެދާނެ ކަންކަމުގެ މައްޗަށް ބަލައި، އެންމެ ރަނގަޅުގޮތަކީ އެ މީހާ ދިވެހިރާއްޖެ އެތެރެވުމުގެ ފުރުޞަތު ނުދީ އެ މީހާ އައި ފްލައިޓުން އެ މީހާ އަނބުރާ ފޮނުވައިލުން ކަމަށް ފެނިއްޖެނަމަ، އެކަން އެގޮތަށް ކުރުމުގެ އިޚްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވެއެވެ.

ޤަވާއިދުގައި "ފޯކަލް ޕޮއިންޓް" ކަމަށް ބަޔާންކޮށްފައި ވަނީ، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ދިވެހި ފުލުހުންގެ ޚިދުމަތުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛުކުރުމަށް ކުރަންޖެހޭ މަޝްވަރާތައް ކުރުމަށް ކަނޑައަޅައިފައިވާ ފަރާތްތަކަށެވެ. އެގޮތުން ތަންފީޛީ އިދާރާތަކުން ކަނޑައަޅާ ފޯކަލް ޕޮއިންޓުންގެ މަޢުލޫމާތު، އެއް އިދާރާއިން އަނެއް އިދާރާއަށް އަންގަންވާނެ ކަމަށާއި، އަދި އެ މަޢުލޫމާތު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށާއި ތަންފީޛީ ކޮންމެ އިދާރާއެއްގެ ބެލެނިވެރި ވުޒާރާއަށް އަންގަންވާނެކަމަށްވެސް ޤަވާއިދުގައި ބުނެއެވެ.

އެ ނިންމުން ނިންމުމުގައި ބަލަންޖެހޭ ކަންތައްތަކެއް ހުރެއެވެ. އެގޮތުން އެފަދަ ފަރާތެއް ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދޭނަމަ، ތުހުމަތު ކުރެވޭ މަސްތުވާތަކެތީގެ މައްސަލަ ސާބިތު ކުރުމަށް އެކަށީގެންވާ ހެކި ލިބެން ހުރިތޯ ބަލަން ޖެހެއެވެ.

އަދި އެފަދަ މީހަކު ބަހައްޓައިގެން މައްސަލަ ބެލުމަށް ހިނގާނެ ޚަރަދު ފަދަ ކަންކަންވެސް ބަލަން ޖެހެއެވެ.

ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ވައިގެމަގުން ރާއްޖެއަށް އަންނަ ބިދޭސީއަކު ރާއްޖެއަށް އެތެރެވިޔަނުދީ ހިފެހެއްޓުމަށްޓަކައި އެ ޙާލަތްތަކުގައިވެސް އަމަލުކުރެވޭ 2 ގޮތެއް އޮވެއެވެ. އެއް ގޮތަކީ އެމީހަކު ކޮށްފައިވާ ޖިނާއީ ކުށް ތަހުގީގު ކުރުމަށާއި، ހައްޔަރު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލު ކުރުމެވެ.

އަނެއް ގޮތަކީ އެމީހަކު އައި އެއަރލައިންއާ މަޝްވަރާކޮށްގެން އެމީހަކު އަނބުރާ ރާއްޖެއިން ފޮނުވާލުމެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ތިނަދޫ ހޮސްޕިޓަލްގައި އޮތް މާބަންޑު މީހަކު ސްވައިން ފްލޫއަށް ޖެހިފައިވާ ކަމަށް ބެލެވޭތީ މާލެ ގެންނަނީ

16 މާރިޗު 2017
ތިނަދޫ ހޮސްޕިޓަލްގައި އޮތް މާބަންޑު މީހަކު ސްވައިން ފްލޫއަށް ޖެހިފައިވާ ކަމަށް ބެލެވޭތީ މާލެ ގެންނަނީ
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
22 ފެބުރުއަރީ 2017

ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން
12 ފެބުރުއަރީ 2017

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު