Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލައެއް

ވީޑިއޯއިން ފެންނަ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ޒުވާނާ ހައްޔަރުކޮށްފި

އެ ވީޑިއޯއިން ފެންނަ މީހާ ހުކުރު ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 ފެބުރުއަރީ 2023 | ހޮނިހިރު 14:19
ޑްރަގްގެ ވިޔަފާރިކުރަމުން ދިޔަ ޒުވާނާ

ޑްރަގްގެ ވިޔަފާރިކުރަމުން ދިޔަ ޒުވާނާ

ދުވާލުގެ ވަގުތުގައި މާލޭގައި ފާޅުކަންބޮޑު ގޮތެއްގައި ޒުވާނަކު މަސްތުވާތަކެތި ވިއްކާ މަންޒަރު އާއްމުވެފައި ވަނިކޮށް، އެ ވީޑިއޯއިން ފެންނަ ޒުވާނާ ހައްޔަރުކޮށްފިއެވެ.

ސޯޝަލް މީޑީއާގައި އާއްމުވެފައިވާ ވީޑިއޯއެއްގައި ފެނިގެންދަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ވިއްކާ މަންޒަރެވެ. އެ ވީޑިއޯއިން ފެންނަ މީހާ ހުކުރު ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. ހައްޔަރުކޮށްފައިވާ މީހާ އަކީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖަހައިދީފައިވާކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އޭނާ މަސްތުވާތަކެތި ވިއްކި މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި، 3 މީހަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާމަންޒަރު ފެނެއެވެ. އެ ވީޑިއޯއިން ފެންނަނީ ސައިކަލެއްގައި އިން މީހަކު ސަތޭކަ ރުފިޔާ ދިއްކޮށްލުމުން، އެހެން ސައިކަލެއް މަތީގައި އިން މީހަަކަށް ޕެކެޓެއްގައި ހުރި އެއްޗެއް ދޭ ތަނެވެ. އެ ވީޑިއޯއިން އިތުރު މީހަކުވެސް އެތަނަށް ގޮސް މަސްތުވާތަކެތި ގަންނަ މަންޒަރު ފެނެއެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

މަރަދޫގައި ހިނގި އެކްސިޑެންޓްގައި ޒަޚަމްތަކެއްވި ޒުވާނާ މަރުވެއްޖެ

19 މާރިޗު 2017
މަރަދޫގައި ހިނގި އެކްސިޑެންޓްގައި ޒަޚަމްތަކެއްވި ޒުވާނާ މަރުވެއްޖެ
14 މާރިޗު 2017

އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

14 މާރިޗު 2017
އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް
13 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރުން މުޅި ރާއްޖެ ވިއްކާލާފައި ފިއްލަވަފާނެ އިޝާރާތްތަކެއް ދަނީ ފެންނަމުން: ޑރ. ޑީޑީ

13 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން މުޅި ރާއްޖެ ވިއްކާލާފައި ފިއްލަވަފާނެ އިޝާރާތްތަކެއް ދަނީ ފެންނަމުން: ޑރ. ޑީޑީ
15 ފެބުރުއަރީ 2017

ތޮއްޑޫ އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ

15 ފެބުރުއަރީ 2017
ތޮއްޑޫ އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު