Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޑަގިރި ޕިކްނިކް އައިލެންޑް

"ކުޑަގިރި"އަށް ދަތުރުގޮސްލުން - ކުޑަ އުފަލެއް ނޫން

ކުޑަގިރިއަށް ދިއުމަށް ފެރީއަށް ދައްކަންޖެހޭނީ ކޮޅަކަށް 25 ރުފިޔާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2023 | ހޮނިހިރު 14:08
ކުޑަގިރި އާންމުންނަށް ހުޅުވާލުން

ކުޑަގިރި އާންމުންނަށް ހުޅުވާލުން

ފަތިހު ފަތިހާ ތައްޔާރުވީ އެހެން ދުވަހެކޭ އެއްފަދައިން އޮފީހުގެ މަސައްކަތަށް ނުކުތުމަށެވެ. ހެދުނު 06:30 ހާއިރު ހުޅުމާލެ ޖެޓީ ސަރަހައްދަށް ގޮސް، ގާތްގަނޑަކަށް 07:00 ހާއިރު ދަތުރުފެށީ, ހުޅުމާލެއާ މާ ދުރު ނޫން ހިސާބެއްގައި އޮތް "ކުޑަގިރި"އަށް ދާށެވެ. މިއަދަކީ ބޮޑު ދުވަހެކެވެ. މިއީ 10 ވަރަކަށް އަހަރަށްފަހު، މާލޭ ސަރަހައްދުގައި ތިބި ދިވެހިންނަށް ޕިކްނިކް ގޮސްލާނެ ތަނެއް ލިބުނު ދުވަހެވެ. ރަށުގައި ރީތި ގޮނޑުދޮށާއި މޫދު އޮވެ، އެތަންތަނުގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން ލިބުނު މީހަކަށް މިއީ ވަރަށް އާދައިގެ ވާހަކައަކަށް ވެދާނެއެވެ. އެއީ ދިވެހިންނަކީ މޫދަށް މަރެއްފަދަ، ދިވެހި ދޮންވެލިގަނޑަށް ފަރިތަ ބަޔަކަށް ވާތީއެވެ. އެކަމަކު މޫދަށް އެރިލާނެ ނުވަތަ ދަތުރު ދާނެ ތަނަވަސް ތަނެއް ނެތި އެތައް އަހަރެއް ހޭދަކޮށްފައިވާ އެތައް ދިވެހިންނަށް މިއީ ކުޑަ ކަމަކަށް ނުވެދާނެއެވެ.

އެކުވެރި ނޫސްވެރިންނާއެކު ދަތުރުގޮސް ކުޑަގިރިއަށް ފޭބުމާއެކު ރަށުން ހިތަށް ވެރިވީ އުފާވެރި އިހުސާސްތަކެވެ. ކުޑަކުދިން ކޮޅުކޮޅަށް ދުވަނީއެވެ. އެއް އަޑަކަށް އިވެނީ ޅަކުދިންގެ ހުނުމާއި ސަކަރާތުގެ އަޑެވެ. އާއިލާތަކުގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ކުލަވަރެވެ. އޭރު އަދި ކުޑަގިރި ފެށުމުގެ ރަސްމިއްޔާތަށް ތައްޔާރުވަނީއެވެ. ހެދުނުގެ ވަގުތުގައި ބޭއްވި މި ރަސްމިއްޔާތުގެ ދޮޅުގަޑިއެއްހާއިރަށްފަހު ރަސްމީކޮށް ކުޑަގިރި ހުޅުވުމުގެ ކުލަގަދަ ހަފްލާ ނިމުނެވެ. އާއްމުންގެ ހޭލަމޭލަވުން ބަލައިލަން ރަށުތެރެއަށް ނުކުމެވުނީ ހަގީގަތުގައި އެހިސާބުންނެވެ.

މުޅި ރަށުތެރެ ދަތުރު އައިސް ތިބި މީހުނުން ވަނީ ފުރާލާފައެވެ. ގިނައީ ދިވެހިންނެވެ. އެހެންނަމަވެސް ބިދޭސީންވެސް ކޮންމެވެސް ވަރަކަށް ރަށުން ފެނުނެވެ. ހަޓުތަކުގައި ކެއުމުގެ ފޯރީގައި ތިބި ދިވެހިންނާއި، ފައިގަތަޅާއާއި އެ ނޫނަސް ދިވެހިން ކުޅެއުޅޭ ކުޅިވަރުތަކުގައި އެކި އުމުރުފުރާތަކުގެ މީހުން ހަރަކާތްތެރިވާ މަންޒަަރު ރަށުގެ ކޮންމެ ދިމާލަކުން ފެންނަމުންދިޔައެވެ. ތުއްތު ކުދިން މޫދަށް އެރި، ކުޅިވަރުގައި ވަގުތު ހޭދަކޮށްލާ މަންޒަރު ބަލަން ހަޓުތަކުގައި މަޑުކޮށްލައިގެން ތިބި މައިންނާއި ބަފައިންގެ އަދަދުވެސް މަދެއްނޫނެވެ. ކުޑަގިރީގެ ތަޖުރިބާއާމެދު ސުވާލުކުރުމުން ބައެއް މީހުން ދިނީ ޖަޒުބާތީ ޖަވާބެކެވެ. އެތައް އަހަރަކަށް ފަހު މިފަދަ ތަނެއް ޕިކްނިކް ދިއުމަށް ލިބުމަކީ ލިބުނު އުފަލެއްކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ. އެތައް ޒަމާނަކަށްފަހު، އާއިލާއާއެކު ދަތުރުދާން މިފަދަ ތަނެއް ލިބުމަކީ ހިތްހަމަޖެހުމެއްކަމަށް އެ ފަރާތްތަކުން ބުނެއެވެ. އަދި ދެވަނަ ފަހަރު މިތަނަށް ދަތުރު ދާނެކަމަށް އެ އާއްމުން ބުނެއެވެ.

މި ރަށަށް ދާ ދޭސީންގެ އިތުރުން ބިދޭސީންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އާއިލާއާއެކު ދަތުރުގޮސް ވަގުތު ހޭދަކޮށްލަން ހިތްފަސޭހަ ތަނެއްކަމެވެ. އެ ތަނުގެ ވެއްޓަކީ އާއިލާތަކާ ރަހުމަތްތެރި ރައްކާތެރިތަނަކަށް ވުމަކީ މައިންބަފައިންނަށް ލިބޭ ހިތްހަމަޖެހުމެކެވެ. އެ ރަށަށް ދިޔަ ބައެއް ކުޑަކުދިންގެ އިތުރުން ޒުވާނުންނަށްވެސް މިއީ އާ ތަޖުރިބާއެކެވެ. މާލޭ ސަރަހައްދުގައި މިގޮތަށް ޕިކްނިކް ދާން ފުރުސަތު ލިބުމުން އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. އެކުވެރިންނާއި އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލައި، މަސައްކަތުގެ ބިޒީ މާހައުލާއި ދުރުގައި އުޅެލުމަށް މިއީ ލިބުނު ފަހި ފުރުސަތެކެވެ. ޗުއްޓީ ދުވަސްތަކާއި ހަފުތާ ބަންދުތަކުގައި ހިތްހަމަޖެހޭ ސަކަ ވަގުތުކޮޅެއް ހޭދަކޮށްލަން "ކުޑަގިރި" ކަމުދާކަން އާއްމުންގެ ވާހަކަތަކުން އެނގުނެވެ.

އަދި ހަމައެހެންމެ ކުޑަގިރީގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަރައިފޭބުމުގައި ފަސޭހަ އިންތިޒާމްތައް ހަމަަޖައްސާފައި ހުރުމާއި، ވީލްޗެއަރ ޗާރޖްކުރުމުގެ ޚިދުމަތް ހަޓުތަކުން ލިބުމަކީ އެފަދަ ފަރާތްތަކަށް މުޖުތަމައުގައި ހިނގާ މިފަދަ ކަންކަމުގައި ހަމަހަމަކަމާއެކު ބައިވެރިވުމަށް ލިބުނު ފުރުސަތެކެވެ. މޫދަށް އެރުމުން ފެށިގެން، ރަށުތެރޭގައި އުޅޭ އުޅުމުގައިވެސް އެފަދަ ފަރާތްތައް ބާކީނުވާނެފަދަ ގޮތަކަށް ކަންކަން އިންތިޒާމުކޮށްފައި ވުމަކީ އެފަދަ ފަރާތްތަކަށް ލިބޭ އުފަލެކެވެ.

މީގެ އިތުރުން ރަށުގައި ހުރި ހަރަކާތްތަކުގެ ތެރޭގައި ވޮލީފަދަ ކުޅިވަރުތަކާއި، މަޖާ އެހެން ކުޅިވަރުތައް ހުރިއިރު އެންމެ ޝައުގުވެރި އެއް ކަމަކީ ވޯޓަރ ސްޕޯޓްގެ ޚިދުމަތެވެ. އެ ޚިދުމަތް އާއްމުންނަށް ހުޅުވާލާފައިވާއިރު އެތަނުން ލިބެން ހުރި ވޯޓަރ ސްޕޯޓްސްގެ ޚިދުމަތްތަކުގެ ތެރޭގައި; މޮޓޮރައިޒްޑް އަދި ނޮން މޮޓޮރައިޒްޑް ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން އެ ރަށުގައި ޑައިވިންގގެ ޚިދުމަތްވެސް ލިބުމަކީ ޒުވާނުންނަށް މި ރަށް ޝައުގުވެރިވެގެންދާ އެއް ސަބަބުކަން ފާހަގަކޮށްލެވެއެވެ. މޫދު ކުޅިވަރަށް ދޯޅު ޖީލެއް ދިރެމުން އަންނަ ރާއްޖޭގައި، އެންމެ އާބާދީ ބޮޑު ސަރަހައްދުގައި މިފަދަ ތަނެއް ގާއިމްވެފައި އޮތުމަކީ، މާލޭގައި ތިބި މޫދުކުޅިވަރަށް ލޯބިކުރާ އެތައް ބަޔަކަށް ލިބޭ އުންމީދެކެވެ.

ކުޅިވަރު ކުޅޭ ސަރަހައްދުތަކާއި، މޫދު ކުޅިވަރާ، ޑައިވް އަދި ކެފޭވެސް ހިމެނޭހެން ގާއިމްކޮށްފައިވާ މި ރަށުގެ އެންމެ ޗާލުކަމަކީ ރަށުގައި އެކި ދިމަދިމާގައި މަސައްކަތްކުރާ ރަށުގެ ހިތްހެޔޮ ސްޓާފުންނެވެ. އާއްމުންގެ ފަރާތުން ދިން ހޫނު ތަރުހީބާއެކު އެ މުވައްޒަފުންނަށް ލިބުނީ އިތުރު ހިތްވަރެކެވެ. މިހާރު އެޗްޑީސީން ތިބީ އާއްމުންނަށް "ކުޑަގިރި" އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދީ، ޚިދުމަތްތައް އެންމެ ފެންވަރު ރަނގަޅު ގޮތުގައި ދިނުމަށް ފުރިހަމައަށް ތައްޔާރަށެވެ.

ކުޑަގިރިއަށް ދިއުމަށް ފެރީއަށް ދައްކަންޖެހޭނީ ކޮޅަކަށް 25 ރުފިޔާއެވެ. އަދި އެންޓްރެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 50 ރުފިޔާއެވެ. އަދި 12 އަހަރުން ދަށުގެ ކުދިން ނަގާނީ މި އަގުތަކުގެ ދެބައިކޮށްފައި އެއްބައެވެ. އެ ފީ ވެސް ނަގަނީ ސަރުކާރު ބަންދު ދުވަސްތައް ނޫން އެހެން ދުވަސްތަކުގައި ކުޑަގިރިއަށް ދާނަަމައެވެ.

ކުޑަގިރިއަށް މާލެއިންނާއި ހުޅުމާލެއިން ފުރައިގެން ދިއުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާއިރު، 15 މިނެޓުން ކުޑަގިރިއަށް ދެވޭނެއެވެ. ކުޑަގިރީގައި ފާޚާނާބަރިއާއި، ޗޭންޖިންގ ރޫމާއި، ނަރސިންގ ރޫމްވެސް ގާއިމުކޮށްފައިވެއެވެ. ނަރސިންގ ރޫމްގައި ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުން ދިނުންފަދަ ކަންކަން ފަސޭހައިން ކުރެވޭނެފަދަ އިންތިޒާމުތައް ހަމަޖައްސާފައިވެއެވެ. އަދި މިސްކިތަކާއި، ކްލިނިކަކާއި، ކޮންވީނިއެންސް ސްޓޯރަކާއި ރީޓެއިލް ސްޓޯރެއްގެ އިތުރުން، މިރަށުގައި ކެފޭއެއްވެސް ވަނީ ގާއިމުކުރެވިފައެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިރަށުގެ ފެނާއި ކަރަންޓުގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަ ހުސޭނަށް ދުވާ ހިތުން ނުވެސް ނިދޭ!

ކުޑަ ހުސޭނަށް ދުވާ ހިތުން ނުވެސް ނިދޭ!

15 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

03 އެޕްރީލު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު