Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ބެސްޓް އެވޯޑު

ފީފާ އެވޯޑުގެ ގަދަ ތިނެއްގައި މެސީ، އެމްބާޕޭ އަދި ބެންޒެމާ

މިއީ މި އެވޯޑުގެ ގަދަ ތިނެއްގައި އެމްބާޕޭ އާއި ބެންޒެމާ ހިމެނުނު ފުރަތަމަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ފެބުރުއަރީ 2023 | ހޮނިހިރު 04:52
ފީފާ އެވޯޑަށް ވާދަ ކުރާ މެސީ، އެމްބާޕޭ އަދި ބެންޒެމާ

ފީފާ އެވޯޑަށް ވާދަ ކުރާ މެސީ، އެމްބާޕޭ އަދި ބެންޒެމާ

ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ގަދަ ތިން ކުޅުންތެރިންގެ ނަން އިއުލާންކޮށްފި އެވެ.

ޖުމުލަ 14 ކުޅުންތެރިން ހިމެނުނު ނޮމިނޭޝަން އިން ގަދަ ތިނަކަށް ހޮވުނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ އަދި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކަރީމް ބެންޒެމާ އެވެ. މިއީ މި އެވޯޑުގެ ގަދަ ތިނެއްގައި އެމްބާޕޭ އާއި ބެންޒެމާ ހިމެނުނު ފުރަތަމަ ފަހަރެވެ.

މެސީ ވަނީ އާޖެންޓީނާއާއެކު މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކޮށްފަ އެވެ. ފައިނަލްގައި ފްރާންސް ބަލިކޮށް އާޖެންޓީނާ އިން ވޯލްޑް ކަޕް އުފުލާލީ 36 އަހަރަށް ފަހު އެވެ. އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު މެސީގެ ދައުރު ވަރަށް ބޮޑެވެ. މުބާރާތުގައި އޭނާ ވަނީ ހަތް ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވެސް ހޮވުނީ މެސީ އެވެ. މެސީ އަކީ އެއް ކުޅުންތެރިޔަކު ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދި ފުރަތަމަ ކުޅުންތެރިޔާ އެވެ. ފްރާންސްއާއެކު ފައިނަލްގައި ކުޅުނު އެމްބާޕޭ ވަނީ ފައިނަލްގައި އާޖެންޓީނާ ކޮޅަށް ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ. މެސީ ފަހަތަށް ޖައްސާލުމަށްފަހު އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދިން ރަން ބޫޓު ހާސިލް ކުރީ ވެސް އެމްބާޕޭ އެވެ. ބެންޒެމާ ވަނީ މިދިޔަ އަހަރު އޮތް ބެލެންޑޯ އެވޯޑު ހާސިލްކޮށްފަ އެވެ.

މީގެ އިތުރުން އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ އާސެނަލަށް ކުޅެމުން އަންނަ އިންގްލެންޑުގެ ބެތް މީޑް އާއި، އެމެރިކާގެ އެލެކްސް މޯގަން އަދި ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ އަލެކްސިއާ ޕުޓޭޔާސް އެވެ. މީގެ ތެރެއިން އެލެކްސިއާ ޕުޓޭޔާސް އަކީ މިދިޔަ އަހަރުގެ ބެލެންޑޯ އެވޯޑު ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން ހޮވި ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދީ އޭނާ އެވެ.

މިއަހަރުގެ އެވޯޑު ހަފްލާ އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު ޕެރިސްގަ އެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
11 ފެބުރުއަރީ 2017

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު