Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތުރުކީ-ސީރިޔާ ބިންހެލުން

ތުރުކީ އާއި ސީރިޔާއަށް އެއްމިލިއަން މަސްދަޅު ފޮނުވަން ރައީސް ނިންމަވައިފި

ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެ ދެ ޤައުމުގެ ލީޑަރުންނަށް ވެސް ރައީސް މެޖެސެއް ފޮނުއްވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ފެބުރުއަރީ 2023 | ހުކުރު 13:03
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު

ތުރުކީ އާއި ސީރިޔާއަށް އެއްމިލިއަން މަސްދަޅު ފޮނުވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މި ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެ ދެ ޤައުމުގެ ލީޑަރުންނަށް ވެސް ރައީސް މެޖެސެއް ފޮނުއްވި ކަމަށެވެ. އަދި އެ ޤައުމުތަކަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ކޮންމެ ޤައުމަކަށް ފަސް ލައްކަ މަސްދަޅު ފޮނުވަން ނިންމާފައިވާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ތުރުކީ އާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 21،000ން މައްޗަށް ވަނީ އަރާފައެވެ. ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމަށް ހުކުރު ދުވަހު ފަސް ވަނަ ދުވަސް ގުނަމުންދާއިރު ގަދަ ފިނީގައި އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި އެހީ ލިބުމުގައި ލަސްތަކެއް ހުރިކަމުގެ ކަންބޮޑުވުން އަންނަނީ ވަރަށް ބޮޑަށް ފާޅުކުރަމުންނެވެ.

އަނެއްކޮޅުން އެމެރިކާއިން ވަނީ ބިން ހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް 85 މިލިއަން އެމެރިކާ ޑޮލަރު ދޭނެކަމަށް ބުނެފައެވެ. ވޯރލްޑް ބޭންކުން ވަނީ 1.78 ބިލިއަން އެމެރިކާ ޑޮލަރު ތުރުކީގެ ހާލުގައި ޖެހިފައިވާ މީހުންނަށް ދޭނެކަމަށް އިއުލާންކޮށްފައެވެ.

ބިން ހެލުމާއި ގުޅިގެން އެންމެ ބޮޑު ކަންބޮޑުވުމެއް ބައިނަލްއަގްވާމީ މަސްރަހުގައި ފާޅުކުރަމުންދަނީ މިހާރުވެސް ދާޚިލީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސީރިއާ އާ މެދުއެވެ. ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވަނީ ސީރިއާއަށް ވަޑައިގަންނަވާކަން ހާމަކުރައްވާ ޓްވީޓްކުރައްވާފައެވެ. ޑަބްލިޔުއެޗްއޯއިން އަންނަނީ ސީރިޔާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ބިން ހެލުމުގެ އަސަރު އެންމެ ބޮޑަށްކޮށްފައިވާ ސީރިޔާގެ ޖިންޑިއާރްސްގެ ރައްޔިތުން އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމަށް ބޭނުންކުރަނީ އެމީހުންގެ އަމިއްލަ އަތެވެ. ބައިނަލްއަގްވާމީ އެހީ އަށް އެދި އެސަރަހައްދުގެ ރައްޔިތުން އާދޭސްކުރަމުންދާއިރު އެހީވެދޭ މީހުން އެސަރަހައްދަށް އައުން ލަސްވަމުންދާތީ އެމީހުން އަމިއްލައަށް ވެވުނު ގޮތަކަށް އަންނަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަމުންނެވެ.

ސީރިޔާގައި ހާލުގައިޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ޖަރުމަނުން 28 މިލިއަން ޑޮލަރު ފޯރުކޮށްދޭނެކަމަށް ވަނީ ބުނެފައެވެ. މީގެއިތުރުން އިނގިރޭސިވިލާތުން ވެސް ވަނީ ސީރިޔާގައި ހާލުގައި ޖެހިފައިވާ މީހުންނަށް މީހުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީވުމަށް 3.6 މިލިއަން ޑޮލަރު ކަނޑައަޅާފައިވާކަން ހާމަކޮށްފައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު