Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަހުގީގުކުރާ އިދާރާތައް

ތަޙުޤީޤީ މަރުޙަލާތަކުގައި ހިމެނޭ މުއައްސަސާތަކުގެ މެދުގައި މިހާރަށްވުރެ ބަދަހި ގުޅުމެއް އުފެއްދުމަށް ރައީސް އިލްތިމާސްކުރައްވައިފި

10 ފެބުރުއަރީ 2023 | ހުކުރު 07:57

ތަޙުޤީޤީ މަރުޙަލާއިން ފެށިގެން، ދަޢުވާ ކުރުމާއި ނިޔާ ކަނޑައެޅުމާ ދެމެދު ކަޑައްތުކުރާ ހުރިހާ މަރުޙަލާތަކަކީވެސް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ވަރަށް މުހިންމު މަރުޙަލާތަކެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ފެބުރުއަރީ 2023 | ހުކުރު 07:57
ގަޟާޢީ އަހަރު 2023 ގެ ހަފްލާގައި ރައީސް ވާހަކަފުޅުއްދަކަވަނީ

ގަޟާޢީ އަހަރު 2023 ގެ ހަފްލާގައި ރައީސް ވާހަކަފުޅުއްދަކަވަނީ

ތަޙުޤީޤީ މަރުޙަލާތަކުގައި ހިމެނޭ މުއައްސަސާތަކުގެ މެދުގައި މިހާރަށްވުރެ ބަދަހި ގުޅުމެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިލްތިމާސްކުރައްވައިފިއެވެ.

ޤަޟާއީ އަހަރު 2023 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ޢަދުލު އިންޞާފު ޤާއިމުކުރުމަކީ ހަމައެކަނި ކޯޓު މަރުޙަލާތަކުން ޙާޞިލުވާ ކަމެއް ނޫން ކަމަށެވެ. ޢަދުލު އިންޞާފުގެ ދާއިރާ އެއަށްވުރެ މާ ފުޅާ ކަމަށާއި، އެއީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އެއީ ދައުލަތުގެ ތިން ބާރުން ކުރެވޭ މަސައްކަތުން ޤާއިމުކުރެވޭ އެއްޗެއް ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ތަޙުޤީޤީ މަރުޙަލާއިން ފެށިގެން، ދަޢުވާ ކުރުމާއި ނިޔާ ކަނޑައެޅުމާ ދެމެދު ކަޑައްތުކުރާ ހުރިހާ މަރުޙަލާތަކަކީވެސް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ވަރަށް މުހިންމު މަރުޙަލާތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި އިތުބާރާއި ޔަޤީންކަން އުފެއްދުމަށްޓަކައި، ތަޙުޤީޤީ މަރުޙަލާތަކުގައި ހިމެނޭ މުއައްސަސާތަކުގެ މެދުގައި މިހާރަށްވުރެ ބަދަހި ގުޅުމެއް އުފެއްދުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ޢަދުލު އިންޞާފު ލިބުމަކީ، ދައުލަތުގެ ދުސްތޫރުން ޙިމާޔަތާއި ރައްކާތެރިކަން ލިބިގެން، އެ ޤައުމެއްގެ ދިދައިގެ ހިޔަލުގައި ވެގެންއުޅޭ ކޮންމެ މީހަކަށްމެ، އެ މީހެއްގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޢަދުލު އިންޞާފު ލިބުމަކީ، ބޯހިޔާވަހިކަމުން ވެސް، ޞިއްޙަތު ސަލާމަތް ކުރުމުގައިވެސް، އަދި ތަޢުލީމު ހޯދުމުގައިވެސް އެ މީހަކަށް ޙައްޤު މިންވަރު ލިބުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާތް ﷲގެ ވާގިފުޅާއެކު، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ކުރަމުން އައީ އެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އުއްމީދަކީ، ޝަރުޢީ ދާއިރާ އިޞްލާޙްކޮށް ހަރުދަނާ ކުރުމަށް ސަރުކާރާއި ޝަރުޢީ ދާއިރާއިން ކުރަމުން މި އަންނަ މަސައްކަތުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ރާއްޖޭގެ ފަނޑިޔާރުގެއާ މެދު އިތުބާރާއި ޔަޤީންކަން އުފެދިގެން ދިއުން ކަމަށެވެ. އަދި ޢަދުލު އިންޞާފާ ގުޅޭ އެންމެހައި މައްސަލަތައް، ހުރިހާ މަރުޙަލާތަކަކުން ވީހާވެސް އަވަހަކަށް ނިމި، ރައްޔިތުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމުވެގެން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

06 އޯގަސްޓު 2017

އަނިޔާވެރި އަމަލުތައް ނުހުއްޓުވޭނަމަ މުއައްސަސާތަކުގެ އިސްވެރިން އިސްތިއުފާ ދިނުމަށް ގޮވާލަން: ރައީސް މައުމޫން

06 އޯގަސްޓު 2017
 އަނިޔާވެރި  އަމަލުތައް ނުހުއްޓުވޭނަމަ މުއައްސަސާތަކުގެ އިސްވެރިން އިސްތިއުފާ ދިނުމަށް ގޮވާލަން: ރައީސް މައުމޫން
25 ޖޫން 2017

2018 ވަނަ އަހަރުގެ މެނިފެސްޓޯގައިވެސް ހިމެނޭނީ ފަސް ވަރަކަށް ވައުދު: އަލީ ނިޔާޒް

25 ޖޫން 2017
2018 ވަނަ އަހަރުގެ މެނިފެސްޓޯގައިވެސް ހިމެނޭނީ ފަސް ވަރަކަށް ވައުދު: އަލީ ނިޔާޒް
13 ޖޫން 2017

ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅިގެން ސަރުކާރު މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް!

13 ޖޫން 2017
ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅިގެން ސަރުކާރު މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް!
11 ޖޫން 2017

ގަތަރާ ދެކޮޅު ގައުމު ތަކުން ނެރުނު ލިސްޓުގައި ހިމެނޭ ކުވައިތު މީހުންނާ ސުވާލު ކޮށްފި

11 ޖޫން 2017
ގަތަރާ ދެކޮޅު  ގައުމު ތަކުން ނެރުނު ލިސްޓުގައި ހިމެނޭ ކުވައިތު މީހުންނާ ސުވާލު ކޮށްފި
08 ޖޫން 2017

ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ

08 ޖޫން 2017
ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ
12 މެއި 2017

ކޮރޮޕްޝަން ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު އަދާ ކުރުމަށް ގަރާރެއްގައި ސޮއި ކޮށްފި

12 މެއި 2017
ކޮރޮޕްޝަން ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު އަދާ ކުރުމަށް ގަރާރެއްގައި ސޮއި ކޮށްފި
01 މެއި 2017

ވޯޓަރސް ލިސްޓުގެ ފައިނަލް ލިސްޓުގައި މަރުވެފައިވާ 16 މީހުންގެ ނަން ހިމެނޭ: އެމްޑީޕީ

01 މެއި 2017
ވޯޓަރސް ލިސްޓުގެ ފައިނަލް ލިސްޓުގައި މަރުވެފައިވާ 16 މީހުންގެ ނަން ހިމެނޭ: އެމްޑީޕީ
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް