ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
9 ފެބުރުއަރީ 2023 | ބުރާސްފަތި 11:22ފުލުހުން ބުނީ ސިނަމާލެ ބްރިޖުގެ ހައިވޭގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓް ހިނގުމާގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް


ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ސިނަމާލެ ބްރިޖުގެ ހައިވޭގައި ސައިކަލަކާއި ކާރަކާއި ޖެހި އެކްސިޑެންޓްވުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި އެކަމާގުޅޭ އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރާނެ ކަަމަށް ފުލުހުން ބުނެއެވެ.
މީސްމީޑިއާގައި ދައުރުވާ މަންޒަރުތަކުން, އެކްސިޑެންޓްވި ކާރާއި ސައިކަލަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެ، ހަލާކުވެފައެވެ. އަދި ސައިކަލުގައި ދިޔަ މީހާއަށް އަނިޔާވެފައިވާކަން އެ މަންޒަރުތަކުން ފާހަގަކުރެވެއެވެ.
އެހެންނަމަވެސް އެކަމާގުޅޭ ތަފްސީލެއް ކަމާބެހޭ ފަރާތަކުން އަދި ހާމަކޮށްފައެއްނުވެއެވެ.





