Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ-ސޫރިޔާ ބިންހެލުން

ތުރުކީ-ސޫރިޔާ ބިންހެލުން: ދަރިފުޅު ލޮލަށް ނުފެންނަތާ 12 އަހަރު ފަހުން ލިބުނީ ޢިމާރާތްތަކުގެ ދަށުގައި މަރުވެފައި އޮތް ފޮޓޯ!

ޣައްޒާގައި ދިރިއުޅުނު އިރު އަބޫ ޖަލްހޫމް މަސައްކަތް ކުރަމުން ދިޔައީ ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 9 ފެބުރުއަރީ 2023 | ބުރާސްފަތި 06:10
ދަރިފުޅު ލޮލަށް ނުފެންނަތާ 12 އަހަރު ފަހުން ލިބުނީ ޢިމާރާތްތަކުގެ ދަށުގައި މަރުވެފައި އޮތް ފޮޓޯ

ދަރިފުޅު ލޮލަށް ނުފެންނަތާ 12 އަހަރު ފަހުން ލިބުނީ ޢިމާރާތްތަކުގެ ދަށުގައި މަރުވެފައި އޮތް ފޮޓޯ

އެއީ މީގެ 12 އަހަރު ކުރިއެވެ. ޢަބްދުލްކަރީ އަބޫ ޖަލްހޫމް، އޭނާގެ ޢާއިލާއާއެކު ތުރުކީވިލާތަށް ދިރިއުޅުން ބަދަލު ކުރީ ފަލަސްޠީނުގައި ފެތުރިފައި ވާ އިންތިހާ ފަޤީރު ކަމާއި ކުރަމުންދާ ސިލްސިލާ ހަނގުރާމައިން ސަލާމަތްވުމަށެވެ.

އެއީ މި ފެށުނު މީލާދީ އައު އަހަރުގެ 2 ވަނަ މަހުން 6 ވަނަ ދުވަހެވެ. ތުރުކީވިލާތާއި ސޫރިޔާ ހިއްސާ ކުރާ ބޯޑަރު ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމުގައި އަބޫ ޖަލްހޫމްއާއި އޭނާގެ މުޅި ޢާއިލާ ވަނީ މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލާފައެވެ.

ބިން ހެލުމުގައި މަރުވި މީހުންގެ ތެރެއިން މިހާތަނަށް ފެނުނު ހަށިތަކަށް ބަލާއިރު ފަލަސްޠީނުގެ 70 މީހެއްގެ ހަށިގަނޑު އޭގެ ތެރޭގައި ހިމެނެއެވެ. އޭގެ ތެރޭގައި އަބޫ ޖަލްހޫމްއާއި އޭނާގެ އަންހެނުން، ފާޠިމާއާއި އެ ދެމަފިރިންގެ 4 ދަރިންވެސް ހިމެނޭ ކަމަށް ފަލަސްޠީނުގެ ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ފަލަސްޠީނުގެ ބައިތު ލަހިޔާގައި ހުންނަ އަބޫ ޖަލްހޫމްގެ އަމިއްލަ ގޭގައި އިން އޭނާގެ މަންމަ ވިދާދް މިހާރު ކުރަމުންދާ ހަމަ އެކަނި ޢުއްމީދަކީ އޭނާގެ ދަރިންގެ ހަށިތައް ފަލަސްޠީނަށް ގެނެސް، އެ ބިމުގައި ވަޅުލުމެވެ. ގިސްލަގިސްލާއިން އެ މަންމައަށް އެ ދަރިން ނުފެންނަތާ 12 އަހަރުވެއްޖެއެވެ.

ޣައްޒާގައި ދިރިއުޅުނު އިރު އަބޫ ޖަލްހޫމް މަސައްކަތް ކުރަމުން ދިޔައީ ޓެކްސީ ޑްރައިވަރެއްގެ ގޮތުގައެވެ. ނަމަވެސް ޢާއިލާއަށް މެންބަރުން އިތުރުވެ، ޚަރަދުތައް ދެކޮޅު ޖައްސަން ދަތިވާން ފެށުމާއެކު ތުރުކީވިލާތަށް ބަދަލުވީ 2010 ވަނަ އަހަރުގެ ތެރޭގައެވެ. ތުރުކީވިލާތުގައި އޭނާ މަސައްކަތް ކުރީ ލަކުޑި ކާރުޚާނާއެއްގައެވެ. ތުރުކީވިލާތުގައި ދިރިއުޅުން ހަމައަކަށް އެޅުމުން، ފާޠިމާއާއި ދަރިންވެސް އެކޮޅަށް ބަދަލުވީއެވެ.

ތުރުކީވިލާތުގައި އަބޫ ޖަލްހޫމް ދިރިއުޅެމުން ދިޔަ އަންތަކިޔާއިން، 50 އަހަރުގެ ބައްޕައަށް ޢުއްމީދު އާ ކޮށްދިނެވެ. 33 އަހަރުގެ ފަޠިމާއާއި 16 އަހަރުގެ ނޫރާ، 11 އަހަރުގެ ބާރާ އަދި 9 އަހަރުގެ ކެންޒީއާއި 3 އަހަރުގެ މުޙައްމަދުގެ ދިރިއުޅުން އުޖާލާ ވަމުން ދިޔައެވެ. އާ އެޕަރޓްމަންޓްއަކަށް ބަދަލުވީވެސް މީގެ އެންމެ 6 މަސްދުވަސް ކުރިންނެވެ.

ވަރުގަދަ ބިންހެލުމުގެ ޚަބަރު ފެތުރިގެން ދިއުމާއެކު އަބޫ ޖަލްހޫމުގެ ޢާއިލާއަށް ވީ ގޮތެއް ބެލުމަށް، އެ ޢާއިލާގެ އެހެން މެންބަރުން ގަދައަޅާ މަސައްކަތް ފެށިއެވެ. އަބޫ ޖަލްހޫމްގެ ޢާއިލާ މަރުވެއްޖެކަން ދެނެގަނެވުނީ ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި އަބޫ ޖަލްހޫމްގެ ޢާއިލާ މަރުވެފައިވާ މަންޒަރު ފެންނަ ފޮޓޯއަކުންނެވެ.

އެ ފޮޓޯއިން ފެންނަނީ އަބޫ ޖަލްހޫމް، އޭނާގެ ދަރިންގެ ގައިގައި ބައްދާލައިގެން އޮތް މަންޒަރެވެ. ބެލެވޭ ގޮތުގައި ގޭގެ ބައިތައް ވެއްޓެމުން ދިޔަ ދިއުމުން، އެ ދަރިން ސަލާމަތް ކުރުމުގެ އައްޑަނައަކަށް އޭނާގެ އަމިއްލަ ހަށިގަނޑު ހެދީއެވެ.

ފަލަސްޠީނުގެ ސަރުކާރުންވެސް ވަނީ ބިންހެލުން އައި ސަރަޙައްދަށް ރެސްކިއު ޓީމެއް ފޮނުވާފައެވެ.

އިތުރަށް ކިޔާލަން

30 ޖުލައި 2018

ލޮމްބޮކްއަށް އައި ބިންހެލުން: ފަރުބަދައަށް އެރި ބަޔަކު ތާށިވެފައި

30 ޖުލައި 2018
ލޮމްބޮކްއަށް އައި ބިންހެލުން: ފަރުބަދައަށް އެރި ބަޔަކު ތާށިވެފައި
04 ޖުލައި 2018

އައިސިސްގެ ލީޑަރުގެ ދަރިފުޅު މަރާލައިފި

04 ޖުލައި 2018
އައިސިސްގެ ލީޑަރުގެ ދަރިފުޅު މަރާލައިފި
10 އެޕްރީލު 2018

ރަޝިއާގެ ކުރީގެ ޖާސޫސްގެ ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލައިފި

10 އެޕްރީލު 2018
ރަޝިއާގެ ކުރީގެ ޖާސޫސްގެ ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލައިފި
13 ނޮވެމްބަރު 2017

އިރާން-އިރާގު ބިންހެލުން: މަރުވި މީހުންގެ އަދަދު 355 އަށް އަރައިފި

13 ނޮވެމްބަރު 2017
އިރާން-އިރާގު ބިންހެލުން: މަރުވި މީހުންގެ އަދަދު 355 އަށް އަރައިފި
13 ނޮވެމްބަރު 2017

އިރާން-އިރާގު ބިންހެލުން: މަރުވި މީހުންގެ އަދަދު 200 އަށް އަރައިފި

13 ނޮވެމްބަރު 2017
އިރާން-އިރާގު ބިންހެލުން: މަރުވި މީހުންގެ އަދަދު 200 އަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު