Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައިސިސްގެ ޖަމާއަތް

އައިސިސްގެ ލީޑަރުގެ ދަރިފުޅު މަރާލައިފި

އައިސިސްގެ ލީޑަރުގެ ދަރިފުޅު މަރާލައިފައި ވަނީ ސީރިއާގައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 4 ޖުލައި 2018 | ބުދަ 09:39
އީރާގުގެ ރައްޔިތަކު އަބޫބަކުރު އަލް ބަގްދާދީގެ މައުލޫމާތު ދައްކާލަނީ

އީރާގުގެ ރައްޔިތަކު އަބޫބަކުރު އަލް ބަގްދާދީގެ މައުލޫމާތު ދައްކާލަނީ

އިސްލާމިކް ސްޓޭޓް ނުވަތަ އައިސިސްގެ ލީޑަރު އަބޫ ބަކުރު އަލް ބަގްދާދީގެ ފިރިހެން ދަރިފުޅެއް ސީރިއާގައި މަރާލައިފިއެވެ.

އައިސިސްގެ ނޫސް ޗެނަލަކުން ބުނީ ޚަލީފާގެ ދަރި، ހުދޭފާ އަލް ބަދްރީ މަރާލައިފައި ވަނީ އެ ޖަމާއަތުގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރި ވަނިކޮށް ކަމަށެވެ. އެ އޮޕްރޭޝަން ހިންގާފައި ވަނީ ސީރިއާގެ ޝިއައިންނާއި ރަޝިއާގެ ފައުޖުތަކާ ދެކޮޅަށް ކަމަށާއި ހުދޭފާ މަރުވެފައި ވަނީ ހޯމްސްގައި ހުންނަ އިންޖީނުގެއެއްގެ ކައިރީގައި ކަމަށެވެ.

ހުދައިފާ މަރުވި ޚަބަރު ގެނައިރު، ބަޑިއެއް ހިފައިގެން ހުރި ކުއްޖެއްގެ ފޮޓޯއެއް ވަނީ ސްކްރީނަށް އަރުވާފައެވެ. އެހެން ނަމަވެސް އެ ފޮޓޯ އާއި ހުދައިފާއާ އޮތް ގުޅުމެއް ބުނެފައެއް ނުވެއެވެ.

ފިލައިގެން އުޅޭ އައިސިސްގެ ލީޑަރު، ބަގްދާދީ ދިރިހުރި ކަމާ މެދު އާންމުންގެ މެދުގައި ޚިޔާލް ތަފާތުވުން ހުރިއިރު، އެކި ހާދިސާތަކާ ގުޅުވައިގެން ބަގްދާދީ މަރުވެފައިވާ ކަމަށް އެކި ފަހަރުމަތިން ޚަބަރު ފެތުރައިފައި ވެއެވެ. ނަމަވެސް އޭނާ މަރުވެފައިވާކަން ކަށަވަރުކުރެވިފައެއް ނުވެއެވެ.

ބަގްދާދީގެ ތަގްރީރެއް އެންމެ ފަހުން އަޑު އިވިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެ ފަހަރު ބަގްދާދީ ތަގްރީރު އާންމުންނަށް އިއްވާފައި ވަނީ އަމިއްލަ އަޑު ރިކޯޑްކޮށް ފުރުގާން ނިއުސް އޯގަނައިޒޭޝަން މެދުވެރިކޮށެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017
ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި
23 ފެބުރުއަރީ 2017

ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި

23 ފެބުރުއަރީ 2017
ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި
19 ފެބުރުއަރީ 2017

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
13 ފެބުރުއަރީ 2017

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު