Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަބޫބަކާރު އަލް ނަޞްރު ދޫކޮށްލުން

އަބޫބަކާރު އަލް ނަޞްރު ދޫކޮށްލުމާއި ރޮނާލްޑޯއާ އެއްވެސް ގުޅުމެއް ނެތް

9 ފެބުރުއަރީ 2023 | ބުރާސްފަތި 02:21

އޭނާ ބުނީ ރޮނާލްޑޯ އަލް ނަޞްރަށް އައުމުގެ ކުރިން އޭނާ ވާނީ ކުލަބް ދޫކޮށްލަން ބޭނުންވާކަން އިސްވެރިންނަށް އަންގާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ފެބުރުއަރީ 2023 | ބުރާސްފަތި 02:21
ރޮނާލްޑޯ އަލް ނަޞްރުގެ ކުޅުންތެރިންނާއި ސަލާމް ކުރަނީ

ރޮނާލްޑޯ އަލް ނަޞްރުގެ ކުޅުންތެރިންނާއި ސަލާމް ކުރަނީ

އަލް ނަޞްރު ދޫކޮށްލުމާއި، ދާދި ފަހުން އެ ޓީމަށް ބަދަލުވި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ވިންސެންޓް އަބޫބަކާރު ބުނެފި އެވެ.

އަލް ނަޞްރު ދޫކޮށްލުމަށްފަހު އަބޫބަކާރު ބަދަލުވީ އޭނާގެ ކުރީގެ ކުލަބް ބެސިކްޓާސް އަށެވެ. އަލް ނަޞްރުން އަބޫބަކާރު ދޫކޮށްލީ ރޮނާލްޑޯ ރަޖިސްޓްރީ ކުރުމަށެވެ. އަބޫބަކާރު ވަނީ އޭނާ އަލް ނަޞްރަށް ކުޅެދިން 39 މެޗުގައި 13 ލަނޑު ޖަހައިފަ އެވެ. މިދިޔަ އަހަރު ނިމުނު ފީފާ ވޯލްޑް ކަޕް މުބާރާތުގައި ވެސް އޭނާ ވަނީ ކެމަރޫނާއެކު މޮޅު ކުޅުމެއް ދައްކާފައެވެ. އަބޫބަކާރު ދާދި ފަހުން ދިން އިންޓަވިޔުއެއްގައި ބުނީ އެއީ ރޮނާލްޑޯ ކުލަބަށް އައުމާ އެއްވެސް ވަރަކަށް ގުޅުން އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ. އޭނާ ބުނީ ރޮނާލްޑޯ އަލް ނަޞްރަށް އައުމުގެ ކުރިން އޭނާ ވާނީ ކުލަބް ދޫކޮށްލަން ބޭނުންވާކަން އިސްވެރިންނަށް އަންގާފައި ކަމަށެވެ. ރޮނާލްޑޯ އަލް ނަޞްރަށް ބަދަލުވުމަށް ފަހު އޭނާ ގާތު ކުލަބުގައި މަޑުކުރަން ވެސް އެދުނު ކަމަށެވެ. ރޮނާލްޑޯގެ އިތުރުން ކުލަބުން އޭނާ ގާތު އެދުނު ކަމަށާއި، އެންމެ ކުޑަމިނުން މި ސީޒަން ނިމެންދެން މަޑުކޮށްދިނުމަށް އެދުނު ކަމަށެވެ. ނަމަވެސް އޭނާ ބޭނުންވީ ކުލަބް ދޫކޮށްލަން ކަމަށާއި، ކުލަބުން އޮތީ އޭނާ އަށް ސީޒަން ނިމެންދެން މުސާރަ ދިނުމަށް ތައްޔާރަށް ކަމަށެވެ.

އަބޫބަކާރު ތުރުކީގެ ބެސިކްޓާސް އަށް ބަދަލުވީ ދެ އަހަރާ ބައިގެ މުއްދަތަކަށެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ބެސިކްޓާސް އަށް ކުޅެފަ އެވެ. އެ ކުލަބަށް އޭނާ އެންމެ ފުރަތަމަ ކުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއަށްފަހު އެ ކުލަބާއެކު ދާއިމީ އެއްބަސްވުމެއް ހަދައި، އަބޫބަކާރު ވަނީ 2021 ވަނަ އަހަރާ ހަމައަށް އެ ކުލަބަށް ކުޅެފަ އެވެ. އެއަށްފަހު އޭނާ ބަދަލުވީ ސައުދީ އަރަބިއްޔާގެ އަލް ނަޞްރަށެވެ. ބެސިކްޓާސް އަށް ކުޅެދިން 68 މެޗުގައި އަބޫބަކާރު ވަނީ އެ ޓީމަށް 35 ލަނޑު ޖަހައިދީފަ އެވެ.

ކެމަރޫންގެ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ އުމުރުން 30 އަހަރުގެ އަބޫބަކާރު ވަނީ ޤައުމީ ޓީމަށް ކުޅެދިން 94 މެޗުގައި 35 ލަނޑު ޖަހައިދީފަ އެވެ. ޤައުމީ ޓީމާއެކު އަބޫބަކާރު ވަނީ 2017 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްފަ އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު އޮތް މުބާރާތުގެ ތިން ވަނަ ވަނީ ހޯދައިފަ އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

4

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

05 ޖޫން 2017

މާޝިއަލް ބޭނުންވަނީ އެއްބަސްވުމުގައި އޮތް ދެއަހަރު ޔުނައިޓެޑްގައި މަޑުކުރަން

05 ޖޫން 2017
މާޝިއަލް ބޭނުންވަނީ އެއްބަސްވުމުގައި އޮތް ދެއަހަރު ޔުނައިޓެޑްގައި މަޑުކުރަން
03 ޖޫން 2017

ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި

03 ޖޫން 2017
ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި
30 މެއި 2017

އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް

30 މެއި 2017
އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް
29 މެއި 2017

އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި

29 މެއި 2017
އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި
19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
26 މާރިޗު 2017

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

26 މާރިޗު 2017
ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި
15 މާރިޗު 2017

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް