Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް

72 ޒުވާނުން އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާލައިފި

8 ފެބުރުއަރީ 2023 | ބުދަ 13:48

މިއީ އެޗްޑީސީގެ ފަސްވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 8 ފެބުރުއަރީ 2023 | ބުދަ 13:48
އެޗްޑީސީ ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ބައެއް ބައިވެރިން

އެޗްޑީސީ ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ބައެއް ބައިވެރިން

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިދިޔަ އަހަރު ކުރިއަށްގެންދިޔަ އެޕްރެންޓިސްޝިޕް ޕްރިގްރާމުގެ ދަށުން 72 ޒުވާނުން ތަމްރީނުކޮށްފިއެވެ.

ތަފާތު ގިނަ ދާއިރާތަކުން ފަންނީ، ހުނަރުވެރި، ގާބިލް ޒުވާނުން ބިނާކޮށް ކުރިއެރުވުމަށް ކޮންމެ އަހަރަކު އެޗްޑީސީގެ ފަރާތުން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި މަސައްކަތުގެ ތަޖުރިބާ ލިބި ގައުމީ ފެންވަރުގެ ސަނަދެއް ހާސިލުކުރުމުގެ ފުރުސަތު ފޯރުކޮށްދެއެވެ. އެގޮތުން މިދިޔަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމު ފުރިހަމަ ކުރުމަށްފަހު 72 ޒުވާނުން ވަނީ އެ ސަނަދު ހާސިލުކޮށްފައެވެ.

Advertisement - newsAdvertisement

އެޗްޑީސީން ބުނި ގޮތުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މަގުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް އިހްތިޔާރު ނުކުރެވި ނުވަތަ ކުރިއަށް ދާންބޭނުންވާ ދާއިރާއިން ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް ފުރުސަތުތަކެއް ހުޅުވައި ދިނުމެވެ. އަދި ވަޒީފާގެ ބާޒާރުގައި ޒުވާނުންނަކީ ފަސްނުޖެހި، އެ ވަޒީފާއެއްގެ އަމަލީ މަސައްކަތްތައް ދަންނަ ގާބިލް ބަޔަކަށް ހެދުން ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާއިރު، 10 ދާއިރާއަކުން ބައިވެރިން ވަނީ ތަމްރީން ކޮށްފައެވެ. މީގެ ތެރޭގައި ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަނިންގ، މެކޭނިކް، ހެވީ ވެހިކަލް، ވެލްޑިންގ، މޭސަނަރީ، ގާރޑަނިންގ، އިލެކްޓްރިކަލް، ބިލްޑިންގ މެއިންޓެނަންސް، ކާޕެންޓްރީ، ޕްލަމްބިންގ، ކޮންސްޓްރަކްޝަން އަދި ސައިޓް ސުޕަވިޝަންގެ ދާއިރާތައް ހިމެނެއެވެ.

އެޗްޑީސީއާއި އިކޮނޮމިކް މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މި ޕްރޮގްރާމް ހިންގި މިއީ ފަސް ވަނަ އަހަރެވެ. މިއީ 3000 ޒުވާނުން ތަމްރީނުކުރުމަށް އަމާޒު ކޮށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމްއަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ހިންގާ ޕްރޮގްރާމްތަކެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

18 މެއި 2017

ތަންފީޒުކޮށްފައިވާ މަހުލޫފްގެ ހަ މަސްދުވަހު ހުކުމްގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި

18 މެއި 2017
ތަންފީޒުކޮށްފައިވާ މަހުލޫފްގެ ހަ މަސްދުވަހު ހުކުމްގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި
12 މެއި 2017

އެގާރަ ކަމަކަށް އިގުރާރުވެ އޭސީސީގެ ގައުމީ މަހާސިންތާ ނިންމާލައިފި

12 މެއި 2017
އެގާރަ ކަމަކަށް އިގުރާރުވެ އޭސީސީގެ ގައުމީ މަހާސިންތާ ނިންމާލައިފި
05 މެއި 2017

ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ނިންމާލައިފި

05 މެއި 2017
ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ނިންމާލައިފި
13 އެޕްރީލު 2017

ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި

13 އެޕްރީލު 2017
ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި
22 މާރިޗު 2017

ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މާރިޗު 2017
ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި
21 މާރިޗު 2017

އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

21 މާރިޗު 2017
އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި
28 ފެބުރުއަރީ 2017

ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި

28 ފެބުރުއަރީ 2017
ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް