Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން

ވަކި ބޭފުޅުންކޮޅެއް ބޭނުންވާ ލިސްޓެއް ނޯންނާނެ - އަސްލަމް

ލިސްޓެއް ނެތް، އެއީ ހަގީގަތާއި ހިލާފުވާހަކައެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2023 | ބުދަ 08:22
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކުރާ މަސައްކަތުގައި ވަކި ބޭފުޅުންކޮޅެއް ބޭނުންވާ ލިސްޓެއް ނޯންނާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ސުވާލާއި ގުޅިގެންނެވެ. މެންބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ސުވާލަކީ، ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި މަޖިލީހުގައި ހިމެނޭ ސަރުކާރުގެ މެންބަރުން، އެ ބޭފުޅުން ގެންގުޅުއްވާ ވަކި ލިސްޓަކަށް އެކަން ކުރައްވާނެ ކަމަށް މާލެ ތެރޭގައި ހަބަރު ފަތުރަމުން ގެންދާ ކަމަށާއި، އެއީ ސަރުކާރުން ނިންމަވާފައިވާ ގޮތްތޯއެވެ.

Advertisement - newsAdvertisement

މެންބަރުގެ ސުވާލާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ ވަކި ބޭފުޅުންކޮޅެއް ބޭނުންވާ ލިސްޓެއް ނޯންނާނެ ކަމަށެވެ. އަދި އެބޭފުޅުން އެގޮތަށް ވާހަކަ ދައްކަވާ ކަމެއް ވެސް އަދި އެކަން އެނގިވަޑައިގެންފައި ވެސް އަދި އަޑުއިވިވަޑައިގެންފައިވެސް ނުވާ ކަމަށެވެ.

އަންނަ އޭޕްރިލް މަސް ނުވަތަ މެއި މަހުގެ ތެރޭގައި ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ހުޅުމާލެއިންނާއި ގުޅީފަޅުން ގޯތި ދޫކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ ބުނެފައެވެ.

ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓެއް މާޗު މަހުގެ ނިޔަލަށް ނެރެވޭނެއެވެ. އަދި ދާއިމީ ލިސްޓު ނެރުމަށްފަހު ވަގުތުން ބިން ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި އެގޮތުން، އަންނަ އޭޕްރިލް ނުވަތަ މެއި މަސް ތެރޭގައި ގޯތި ދޫކުރެވޭނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

ގުޅީފަޅުގެ ބައެއް މިހާރު ވެސް ހިއްކާފައިވާއިރު އިތުރަށް ހިއްކަން ޖެހޭ ސަރަހައްދު ހިއްކުމަށް ސަރުކާރުން މިހާރު ވަނީ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްފައެވެ. ގާތްގަނޑަކަށް 120 މިލިއަން ޔޫރޯގެ މި މަޝްރޫއުގެ ދަށުން ގުޅީފަޅު ތަރައްގީކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާއިރު، ގުޅީފަޅުގެ ފުރަތަަމަ ފިޔަވަހީގެ މަސައްކަތްވެސް ކޮށްފައިވަނީ އެ ކުންފުނިންނެވެ.

ބިންވެރިޔާ ޕްރޮގްރާމުގެ މިފަހަރު ޖުމްލަ 3000 ގޯތި ދޫކުރާނެއެވެ. އެއީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅީފަޅުން 2000 ގޯއްޗެވެ. މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ދޭ މި ގޯތިތައް ދިނުމަށް ހުޅުމާލެއިން ކަނޑައަޅާފައިވާ ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ހުޅުމާލެއިން ބިން ދޫކުރުމަށް 1،250،000 (އެއްމިލިއަން ދެލައްކަ ފަންސާސްހާސް) އަކަފޫޓުގެ ބިން ވަނީ ޕްލޭނިންގ މިނިސްޓްރީއަށް ހަވާލު ކުރެވިފައެވެ. މިއީ 62 ސަރަހައްދަކުން ލިބިފައިވާ ބިންތަކެއް ކަމަށާއި، ބިން ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކުރެވެންވާއިރަށް މި ސަރަހައްދުތައް ސާފުކޮށް ނިންމައި، ކަޑަޖަހައި، ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ގެދޮރުވެރިންމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގިރާވަރު ފަޅު ހިއްކާ ޑްރެޖަރު މި މަހުގެ 23 ގައި މާލެއަށް ވަންނާނެ: ރައީސް މުއިއްޒު

ގިރާވަރު ފަޅު ހިއްކާ ޑްރެޖަރު މި މަހުގެ 23 ގައި މާލެއަށް ވަންނާނެ: ރައީސް މުއިއްޒު

15 ނޮވެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު