Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން

ޑްރަގް އެތެރެކުރާ ބިދޭސީން ފޮނުވާލަނީ މައްސަލަ ސާބިތުކުރަން ހެކި ހުރި މިންވަރާއި އޭނާ ބެހެއްޓުމަށް ދާނެ ޚަރަދަށްވެސް ބަލާފައި

ޤަވާއިދު ގެޒެޓުކޮށް އެއަށް އަމަލުކުރަން ފަށާފައިވަނީ ޖެނުއަރީ މަހުގެ ތެރޭގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2023 | ބުދަ 07:20
ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މެތޯފަން

ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މެތޯފަން

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 2.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެ، އެތަކެތި ގެނަައި މީހާ ރާއްޖެ އެތެރެވިޔަ ނުދީ ވަނީ ފޮނުވާލުމާއި ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން އެކަމާ ނުރުހުން ފާޅު ކުރަން ފަށައިފިއެވެ.

އެމީހާ އެގޮތަށް ފޮނުވާލާފައިވަނީ ކޮން އުސޫލަކުންތޯ ބައެއް ފަރާތްތަކުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

Advertisement - newsAdvertisement

ޑްރަގް އެތެރެކުރާ ބިދޭސީން ފޮނުވާލަނީ މައްސަލަ ސާބިތުކުރަން ހެކި ހުރި މިންވަރާއި، އެ މީހަކު ބެހެއްޓުމަށް ދާނެ ޚަރަދަށްވެސް ބަލާފައިކަން "ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެގޮތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވެއެވެ.

މި ޤަވާއިދު ގެޒެޓުކޮށް އެއަށް އަމަލުކުރަން ފަށާފައިވަނީ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އެއީ ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކު ކުރެވޭނަމަ، އެ ފަރާތެއް ރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާއި ގުޅޭގޮތުން ގޮތެއް ކަނޑައެޅުމުގައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ޤަވާއިދެވެ.

ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީންގެ ތެރެއިން، އެ މީހެއްގެ ލަގެޖުން ނުވަތަ ހަށިގަނޑުގެ ތަނަކުން މަސްތުވާތަކެތި ފެންނަ ޙާލަތްތަކުގައި ތަންފީޒީ އިދާރާތަކުން ކަނޑައަޅާ ފޯކަލް ޕޮއިންޓުންގެ މެދުގައި މަޝްވަރާކޮށް، އެ މީހަކު އެތެރެވުމުގެ ހުއްދަ ދީފިނަމަ ދިމާވެދާނެ ކަންކަމުގެ މައްޗަށް ބަލައި، އެންމެ ރަނގަޅުގޮތަކީ އެ މީހާ ދިވެހިރާއްޖެ އެތެރެވުމުގެ ފުރުޞަތު ނުދީ އެ މީހާ އައި ފްލައިޓުން އެ މީހާ އަނބުރާ ފޮނުވައިލުން ކަމަށް ފެނިއްޖެނަމަ، އެކަން އެގޮތަށް ކުރުމުގެ އިޚްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވެއެވެ.

ޤަވާއިދުގައި "ފޯކަލް ޕޮއިންޓް" ކަމަށް ބަޔާންކޮށްފައި ވަނީ، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ދިވެހި ފުލުހުންގެ ޚިދުމަތުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛުކުރުމަށް ކުރަންޖެހޭ މަޝްވަރާތައް ކުރުމަށް ކަނޑައަޅައިފައިވާ ފަރާތްތަކަށެވެ. އެގޮތުން ތަންފީޛީ އިދާރާތަކުން ކަނޑައަޅާ ފޯކަލް ޕޮއިންޓުންގެ މަޢުލޫމާތު، އެއް އިދާރާއިން އަނެއް އިދާރާއަށް އަންގަންވާނެ ކަމަށާއި، އަދި އެ މަޢުލޫމާތު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށާއި ތަންފީޛީ ކޮންމެ އިދާރާއެއްގެ ބެލެނިވެރި ވުޒާރާއަށް އަންގަންވާނެކަމަށްވެސް ޤަވާއިދުގައި ބުނެއެވެ.

އެ ނިންމުން ނިންމުމުގައި ބަލަންޖެހޭ ކަންތައްތަކެއް ހުރެއެވެ. އެގޮތުން އެފަދަ ފަރާތެއް ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދޭނަމަ، ތުހުމަތު ކުރެވޭ މަސްތުވާތަކެތީގެ މައްސަލަ ސާބިތު ކުރުމަށް އެކަށީގެންވާ ހެކި ލިބެން ހުރިތޯ ބަލަން ޖެހެއެވެ.

އަދި އެފަދަ މީހަކު ބަހައްޓައިގެން މައްސަލަ ބެލުމަށް ހިނގާނެ ޚަރަދު ފަދަ ކަންކަންވެސް ބަލަން ޖެހެއެވެ.

ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ވައިގެމަގުން ރާއްޖެއަށް އަންނަ ބިދޭސީއަކު ރާއްޖެއަށް އެތެރެވިޔަނުދީ ހިފެހެއްޓުމަށްޓަކައި އެ ޙާލަތްތަކުގައިވެސް އަމަލުކުރެވޭ 2 ގޮތެއް އޮވެއެވެ. އެއް ގޮތަކީ އެމީހަކު ކޮށްފައިވާ ޖިނާއީ ކުށް ތަހުގީގު ކުރުމަށާއި، ހައްޔަރު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލު ކުރުމެވެ.

އަނެއް ގޮތަކީ އެމީހަކު އައި އެއަރލައިންއާ މަޝްވަރާކޮށްގެން އެމީހަކު އަނބުރާ ރާއްޖެއިން ފޮނުވާލުމެވެ.

އެހެންނަމަވެސް، އެމީހަކު ރާއްޖެއައީ ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ނުވަތަ ދިރުވާލައިގެންކަމަށްވާނަމަ، އޭނާ "ކޮންޓްރޯލްޑް ޑެލިވަރީ" ފަދަ ފުލުހުންނަށް އެއްބާރުލުން ދިނުމުގެ މަސައްކަތްތަކަށް އެއްބަސްވާނަމަ، އެއާލައިންއާ މަޝްވަރާކޮށްގެން އޭނާ އަނބުރާ ފޮނުވާލުމުގެ އިންތިޒާމު ހަމަޖެއްސުމަށްފަހު ވެސް އޭނާއަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދިނުމަކަށް މި ޤަވާއިދު ހުރަހެއް ނާޅައެވެ.

މަސްތުވާތަކެތި

ކޮމެންޓް

އިތުރަށް ކިޔާލަން

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި

02 ފެބުރުއަރީ 2025
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން

24 ޑިސެމްބަރު 2024
ފުލުހުންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 48 މީހަކަށް ފިޔަވަޅު އަޅާފައިވޭ، 17 ފުލުހުން ވަޒީފާ އިން ވަނީ ވަކިކޮށްފައި- ސީޕީ

ފުލުހުންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 48 މީހަކަށް ފިޔަވަޅު އަޅާފައިވޭ، 17 ފުލުހުން ވަޒީފާ އިން ވަނީ ވަކިކޮށްފައި- ސީޕީ

22 އޮކްޓޯބަރު 2024
ނ އަދި ޅ އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާ ހޯދާފައިވޭ: ފުލުހުން

ނ އަދި ޅ އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާ ހޯދާފައިވޭ: ފުލުހުން

18 ސެޕްޓެމްބަރު 2024
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ

20 ޖުލައި 2024

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު