Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ7 ފެބްރުއަރީގެ ހާދިސާ

7 ފެބްރުއަރީއާމެދު ރައީސް ނަޝީދު: "ތެދު، ދޮގު އޮޅޭގޮތަށް އެމްޑީޕީގެ ތެރެއިން ވާހަކަދެއްކުމަކީ ހިތާމައެއް"

8 ފެބުރުއަރީ 2023 | ބުދަ 07:18

އެއްވެސް އިރެއްގައި އެމްޑީޕީން ރަސްމީކޮށް ފެބްރުއަރީ 7ގައި ހިނގީ ބަޣާވާތެއް ނޫން ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށް ޝަހީމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ފެބުރުއަރީ 2023 | ބުދަ 07:18
ރައީސް މުހައްމަދު ނަޝީދު

ރައީސް މުހައްމަދު ނަޝީދު

2012 ފެބްރުއަރީ ހަތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާމެދު ތެދާއި ދޮގު އޮޅޭ ގޮތަށް އެމްޑީޕީގެ ތެރެއިން ވާހަކަދައްކާފައިވާ ކަމަށާއި އެއި ހިތާމަކުރައްވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައި މިހާރު ހުންނެވި ރައީސް ނަޝީދު އެފަދައިން ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ވާހަކަފުޅުދައްކަވަމުންނެވެ. އެމްޑީޕީ އިން ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތެއްގެ ތެރެއިންނެވެ. ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ތެރެއިން ފެބްރުއަރީ 7ގެ ހަގީގަތް އޮޅޭގޮތަށް ވާހަކަދައްކަމުންދާ ކަމަށް ވިދާޅުވެ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 7 ފެބްރުއަރީއާ ގުޅޭ ގޮތުން މެންބަރުން ދައްކަވާ ބައެއް ވާހަކަފުޅުތަކުން އެމަނިކުފާނު ބަދުނާމުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ބުދަ ދުވަހު މަޖިލީހުގައި ވާހަކަދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ފެބްރުއަރީ ހަތެއްގެ ހާދިސާއަށް ފަހު އެއީ ބަޣާވާތެއް ނޫން ކަމަށް އަބަދުވެސް ޕީޕީއެމް އިން އައި ބުނަމުން ކަމަށެވެ. އެހެންނަމަވެސް އޭރު އެމްޑީޕީން އެއީ ބަޣާވާތެއް ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު އެމްޑީޕީގެ ތެރެއިން އެއީ ބަޣާވާތެއް ނޫންކަމަށް ބުނާކަމަށާއި އެކަމާމެދު އޭނާ ވަނީ ސުވާލު އުފެދޭކަމަށް މެންބަރު ޝަރީފު ވިދާޅުވިއެވެ. އަދި ފެބްރުއަރީ 7ގައި ވެރިކަން ބަދަލުވުމާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގެ ޒިންމާ އެމްޑީޕީ އިން ނަގަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފްގެ ވާހަކައާއި ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެން) ވަނީ އޭނާ އަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ އެއްވެސް އިރެއްގައި އެމްޑީޕީން ރަސްމީކޮށް ފެބްރުއަރީ ހަތެއްގައި ހިނގާ ދިޔަ ކަންކަމަކީ ބަޣާވާތެއް ނޫން ކަމަށް ބުނެފައި ނުވާނެ ކަމަށެވެ. އެހެންކަމުން އެމްޑީޕީ އިން 7 ފެބްރުއަރީގެ ހާދިސާއާމެދު ދެކޭ ގޮތް ވަރަށް ސާފުކަމަށް އޭނާ ވިދާޅުވިއެވެ.

7 ފެބްރުއަރީ 2012ރައްޔިތުންގެ މަޖިލިސްކުރީގެ ރައީސް، މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
26 ޖޫން 2024

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
13 މެއި 2024

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
12 މެއި 2024

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

12 މެއި 2024
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް