Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ-ސީރިއާ ބިންހެލުން

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 7،900ށް

ތުރުކީގައި މަދުވެގެން 5،894 މީހުން މަރުވެ 34،810 މީހުން ޒަޚަމްވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ފެބުރުއަރީ 2023 | ބުދަ 02:39
ތުރުކީ-ސީރިއާ އަށް އައި ބިންހެލުމުގައި ތުރުކީގައި މަރުވި މީހުންތަކެއް

ތުރުކީ-ސީރިއާ އަށް އައި ބިންހެލުމުގައި ތުރުކީގައި މަރުވި މީހުންތަކެއް

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 7،900 އަށް އަރާފައިވާ އިރު، ސީރިއާގައި އަދަދުތައް އަދިވެސް އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ހޯމަ ދުވަހު ތުރުކީ އާއި ސީރިއާއަށް ރެކްޓަރ މިންގަނޑު 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މަދުވެގެން 7،926 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

"ވައިޓް ހެލްމެޓްސް" ގެ ނަމުން މަޝްހޫރު ސީރިއާގެ ސިވިލް ޑިފެންސް އިން އަންގާރަ ދުވަހު ބުނީ ސީރިއާގެ ހުޅަނގު އުތުރުގައި ސަރަހައްދުތަކުގައި މަރުވި މީހުންގެ އަދަދު 1،220ށް އަރާފައިވާއިރު، ޒަހަމްވި މީހުންގެ އަދަދު 2،600ށް އަރާފައިވާ ކަމަށެވެ.

އެ އަދަދުތައް ބޮޑުތަނުން އިތުރުވާނެ ކަމަށް ލަފާކުރެވެނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ސަތޭކަ އާއިލާއެއް ތިބުމުން ކަމަށް އެ ގްރޫޕުން އިތުރަށް ބުނެފައިވެއެވެ.

ވައިޓް ހެލްމެޓްސް ޓީމުތަކުން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ، ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށް އެ ގްރޫޕުން ބުނެއެވެ. އަދި ހެނދުނުގެ ވަގުތެއްގައި އައި ބިންހެލުމުގައި ގެއްލުން ލިބުނު 400ށް ވުރެ ގިނަ އިމާރާތާއި ވެއްޓުނު 1،300ށް ވުރެ ގިނަ އިމާރާތް އަދި އެތައް ހާސް އިތުރު ތަންތަން ހިމެނެއެވެ.

ސީރިއާގެ ސަރުކާރު ކޮންޓްރޯލްކުރާ ސަރަހައްދުތަކުން މަދުވެގެން 812 މީހަކު މަރުވެފައިވާ ކަމަށް ދައުލަތުގެ މީޑިއާ ސާނާ އިން ބުނެފިއެވެ.

ތުރުކީގައި މަދުވެގެން 5،894 މީހުން މަރުވެ 34،810 މީހުން ޒަޚަމްވެފައިވާ ކަމަށް ތުރުކީގެ ނައިބު ރައީސް ފުއަތު އޮކްޓައި އަންގާރަ ދުވަހު ވިދާޅުވެފައިވެއެވެ.

ތުރުކީސީރިޔާތުރުކީ-ސިރިއާ ބިންހެލުންބިން ހެލުން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި
27 ނޮވެމްބަރު 2025

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
14 ނޮވެމްބަރު 2025

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ
13 ނޮވެމްބަރު 2025

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު