Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

2030ގެ ވޯލްޑް ކަޕް ބޭއްވުމަށް ދެކުނު އެމެރިކާގެ ހަތަރު ޤައުމަކުން ބިޑުކޮށްފި

ދެކުނު އެމެރިކާގެ ޤައުމުތަކުން ދެކެނީ 100 އަހަރު ފުރޭ ވޯލްޑް ކަޕް ބާއްވަން ވާނީ އެ ސަރަހައްދުގައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2023 | ބުދަ 02:34
ދެކުނު އެމެރިކާގެ ހަތަރު ޤައުމުގެ ފުޓުބޯޅަ އިދާރާތަކުގެ އިސްވެރިން

ދެކުނު އެމެރިކާގެ ހަތަރު ޤައުމުގެ ފުޓުބޯޅަ އިދާރާތަކުގެ އިސްވެރިން

2030 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް މުބާރާތް ބޭއްވުމަށް ދެކުނު އެމެރިކާގެ ހަތަރު ޤައުމަކުން ބިޑުކޮށްފި އެވެ.

އެ އަހަރުގެ މުބާރާތް ބޭއްވުމަށް ބިޑު ކުރީ އާޖެންޓީނާ، އުރުގުއޭ، ޕެރެގުއޭ އަދި ޗިލީ އެކުވެގެންނެވެ. ރިޕޯޓުތަައް ބުނާ ގޮތުން މި ހަތަރު ޤައުމުގެ ފުޓުބޯޅަ އެސޯސިއޭޝަންގެ އިސްވެރިން ވަނީ އެކަމުގެ މަޝްވަރާތައް ކުރުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ގެންދިޔައީ އާޖެންޓީނާގައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މި ބައްދަލުކުރެއްވުމުގައި އެ ހަތަރު ޤައުމުގެ ފުޓުބޯޅައިގެ އިސްވެރިންގެ އިތުރުން ކޮންމެބޯލްގެ ރައީސް އަލެހާންޑްރޯ ޑޮމިންގުއޭޒް ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމާ ގުޅިގެން ޑޮމިންގުއޭޒް ވިދާޅުވީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ އާދައިގެ މުބާރާތެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ 100 އެއްހާ އަހަރު ކުރިން ވޯލްޑް ކަޕް އެންމެ ފުރަތަމަ ބޭއްވީ ދެކުނު އެމެރިކާގެ އުރުގުއޭގައި ކަމަށާއި، ވޯލްޑް ކަޕަށް 100 އަހަރު ފުރޭ އިރު، އެ އަހަރުގެ މުބާރާތް ބާއްވަން ވާނީ ދެކުނު އެމެރިކާގައި ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ޤަބޫލު ކުރެވޭ ގޮތުގައި ފީފާގެ އިސްވެރިން ވެސް އެެކަމަށް ވިސްނަވާނެ ކަމަށާއި، އެއީ ޝަރަފުވެރިކަަން ފީފާ އިން ޤަބޫލު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

2030 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތް ބާއްވާނެ ޤައުމެއް ފީފާ އިން ކަނޑައަޅާނީ އަންނަ އަހަރު އޮންނަ ފީފާގެ 74 ވަނަ ކޮންގްރެސްގަ އެވެ. މީގެ އިތުރުން އެ އަހަރުގެ މުބާރާތް ދެކުނު އެމެރިކާގައި ބޭއްވުމަށް އިސްނަގައި އެކަމުގެ ޚިޔާލު ފާޅު ކުރީ އާޖެންޓީނާ އާއި އުރުގުއޭ އިން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ދެކުނު އެމެރިކާގެ މި ހަތަރު ޤައުމުގެ އިތުރުން ސްޕެއިން، ޕޯޗުގަލް އަދި ޔުކްރެއިން އިން ވެސް އަންނަނީ އެ އަހަރުގެ މުބާރާތް ބޭއްވުމަށް ބިޑު ކުރުމަށް ތައްޔާރުވަމުންނެވެ. މީގެ އިތުރުން ގްރީސް، މިޞްރު އަދި ސައުދީ އަރަބިއާ އިން ވެސް އެ މުބާރާތް ބޭއްވުމަށް ބިޑު ކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. މީގެ ކުރިން 2021 ވަނަ އަހަރު ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ ދެކުނު އެމެރިކާގައި ވޯލްޑް ކަޕް މުބާރާތް ބޭއްވުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

އުރުގުއޭގައި 1930 ވަނަ އަހަރު ބޭއްވި އެންމެ ފުރަތަމަ ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުނީ ވެސް ދެކުނު އެމެރިކާގެ ދެ ޤައުމެވެ. ފައިނަލްގައި އާޖެންޓީނާ ބަލިކޮށް ވޯލްޑް ކަޕް އެންމެ ފުރަތަމަ ކާމިޔާބު ކުރުމުގެ ޝަރަފު ހޯދީ އުރުގުއޭ އިންނެވެ.

ފީފާ ވޯލްޑް ކަޕްފީފާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ވޯލްޑް ކަޕް ގެ ގުރު ނަގައިފި

ވޯލްޑް ކަޕް ގެ ގުރު ނަގައިފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު