Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަމްބާ ގޯލްޑް

ހަ ވަނަ ފަހަރަށް ސަމްބާ ގޯލްޑް ނޭމާ އަށް

މިދިޔަ އަހަރުގެ އެވޯޑާއެކު ނޭމާ ވަނީ ހަ ފަހަރު ސަމްބާ އެވޯޑު ކާމިޔާބުކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ފެބުރުއަރީ 2023 | ބުދަ 02:29
ސަމްބާ އެވޯޑާއެކު ނޭމާ

ސަމްބާ އެވޯޑާއެކު ނޭމާ

ސަމްބާ ގޯލްޑް އެވޯޑު ހަ ވަނަ ފަހަރަށް ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ ހޯދައިފި އެވެ.

ސަމްބާ އެވޯޑަކީ ޔޫރަޕުގައި ކުޅޭ ބްރެޒިލްގެ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑު އެންމެ ފުރަތަމަ ދޭން ފަށާފައި ވަނީ 2008 ވަނަ އަހަރު އެވެ. އެ އަހަރު އެ އެވޯޑު ހޯދާފައި ވަނީ އޭސީ މިލާނަށް ކުޅެމުން އައި ބްރެޒިލްގެ ލެޖެންޑް ކަކާ އެވެ. ނޭމާ އަށް އެންމެ ފުރަތަމަ މި އެވޯޑު ލިބުނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު އޭނާ އެ އެވޯޑު ހޯދީ ވޯޓު ދިން މީހުންގެ ރެކޯޑު އިންސައްތައަކާ އެކު އެވެ. އޭގެ ފަހުން 2015 ވަނަ އަހަރާއި، 2017 ވަނަ އަހަރާއި، 2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރު ވެސް ނޭމާ ވަނީ އެ އެވޯޑު ހޯދައިފަ އެވެ. މިދިޔަ އަހަރުގެ އެވޯޑާއެކު ނޭމާ ވަނީ ހަ ފަހަރު ސަމްބާ އެވޯޑު ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރު ނޭމާ ވަނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ބްރެޒިލާއެކު މިދިޔަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގައި ވެސް ނޭމާ ކުޅުނެވެ. ނަމަވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ބްރެޒިލް ވަނީ ކަޓައިފަ އެވެ.

ނޭމާގެ އިތުރުން މި އެވޯޑު ހާސިލްކޮށްފައިވާ ކުޅުންތެރިންނަކީ ލުއިސް ފަބިއާނޯ، މައިކޮން، ތިއާގޯ ސިލްވާ، ފިލިޕޭ ކުޓީނިއޯ، ރޮބާޓޯ ފިރްމީނޯ އަދި އެލިސަން ބެކާ އެވެ. މީގެ ތެރެއިން ސިލްވާ ވަނީ ޖެހި ޖެހިގެން ތިން ފަހަރު އެ އެވޯޑު ކާމިޔާބުކޮށްފަ އެވެ.

ސަމްބާ ގޯލްޑްނޭމާ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2025

ނޭމާ، ކުރީގެ ކުލަބުން ސަންޓޯސް އަށް ބަދަލު ވަނީ

28 ޖެނުއަރީ 2025
ނޭމާ، ކުރީގެ ކުލަބުން ސަންޓޯސް އަށް ބަދަލު ވަނީ
22 އޮކްޓޯބަރު 2024

އަލް ޙިލާލް މޮޅުވީއިރު، ނޭމާ އެނބުރި ކުޅުމުގެ ތެރެއަށް

22 އޮކްޓޯބަރު 2024
އަލް ޙިލާލް މޮޅުވީއިރު، ނޭމާ އެނބުރި ކުޅުމުގެ ތެރެއަށް
27 އޯގަސްޓު 2024

ނޭމާ ބާސެލޯނާ އަށް ދާން އުޅޭ ވާހަކަ އަކީ ދޮގެއް!

27 އޯގަސްޓު 2024
ނޭމާ ބާސެލޯނާ އަށް ދާން އުޅޭ ވާހަކަ އަކީ ދޮގެއް!
09 ޖޫން 2024

މެސީ ޙިއްސާ ކުރީ ސުއަރޭޒް އާއި ނޭމާއާ އޮންނަ ގާތް ގުޅުން!

09 ޖޫން 2024
މެސީ ޙިއްސާ ކުރީ ސުއަރޭޒް އާއި ނޭމާއާ އޮންނަ ގާތް ގުޅުން!
23 މާރިޗު 2024

އަލްވޭޒަށް ކުރިން އެހީވިން، މިހާރު ހުއްޓާލައިފިން: ނޭމާގެ ބައްޕަ

23 މާރިޗު 2024
އަލްވޭޒަށް ކުރިން އެހީވިން، މިހާރު ހުއްޓާލައިފިން: ނޭމާގެ ބައްޕަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު