Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސޫރިޔާ-ތުރުކީ ބިންހެލުން

ސޫރިޔާ-ތުރުކީ ބިންހެލުން: 18 މަހުގެ ރަޣަދު ސަލާމަތްވީ ބޮޑު ޒަޚަމަކާ ނުލައި، މަންމައާއި އާއިލާ މެންބަރުން ވަނީ މަރުވެފައި!

ރަޣަދުގެ މަންމަވެސް ހިމެނޭހެން އެ އާއިލާގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ މި ދުނިޔެ ދޫކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2023 | އަންގާރަ 11:59
18 މަހުގެ ރަޣަދު ސަލާމަތްވީ ބޮޑު ޒަޚަމަކާ ނުލައި

18 މަހުގެ ރަޣަދު ސަލާމަތްވީ ބޮޑު ޒަޚަމަކާ ނުލައި

ފެބުރުއަރީ 6 ވަނަ ދުވަހު، ތުރުކީވިލާތާއި ސޫރިޔާގެ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި ބޮޑު ސަރަހައްދެއް މުޅިންހެން ބިމާ ހަމަވެފައި ވާއިރު، ސޫރިޔާއިން ވެއްޓުނު ގެތަކުގެ ދަށުން ފުރާނަ ސަލާމަތްވި އެކަކީ، އުމުރުން އެންމެ 18 މަހުގެ ރަޣަދު އިސްމާއީލެވެ.

ސޫރިޔާގައި އޭނާގެ އާއިލާއާއެކު ދިރިއުޅެމުން ދިޔަ ގެ ބިމާ ހަމަވެގެންދިޔަ ބިންހެލުމުގެ ހާދިސާގައި (ރަޣަދުގެ މަންމަވެސް ހިމެނޭހެން) އެ އާއިލާގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ މި ދުނިޔެ ދޫކޮށްފައެވެ.

ފެބުރުއަރީ 6 ވަނަ ދުވަހަށް އަލިވިލެނިކޮށް، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުނު މީހެއްގެ އުރުގައި އޮވެގެން، ވެއްޓިފައި ވާ އިމާރާތުގެ ބައިތަކުގެ ތެރެއިން ރަޣަދު ނުކުމެގެން އައިއިރު، އެ ތުއްތު ތުއްތު ކުއްޖާގެ ހަށިގަނޑުގައި ބޮޑު ޒަޚަމެއް ނެތެވެ. އޭނާއާ ހަވާލުވީ އޭނާގެ ބޮޑުބޭބެއެކެވެ.

ބޮޑުބޭބެ ބުނިގޮތުގައި ރަޣަދްގެ އެއްބަނޑު އެއްބަފާ 2 ކުދިންނާއި މަންމަވެސް ވަނީ މަރުވެފައެވެ. މަންމަ މަރުވިއިރު ބަނޑުވެސް ބޮޑެވެ.

ގަދަ ފިނިން ސަލާމަތްވުމަށް ހީޓަރު ޖައްސާފައިވާ ސަރަހައްދުގައި ބިންމަތީގައި އިށީނދެލައިގެން އިން ރަޣަދް ކޭހާވެސް އެއްޗަކީ ޕާންކޮޅެކެވެ. ބެލެވޭ ގޮތުގައި ރަޣަދުގެ ބައްޕަގެ މައިބަދަ ވަނީ ބިނދިފައެވެ.

ރަޣަދުގެ އާއިލާއަކީ ސޫރިޔާގެ 11 އަހަރުވީ ދާޚިލީ ހަނގުރާމައިގެ ތެރޭގައި އަމިއްލަ ގެދޮރު ގެއްލުނު މީހުންގެ ތެރެއިން، ތުރުކީ ބޯޑަރު ސަރަހައްދަށް ބަދަލުވި އާއިލާއެކެވެ.

ސީރިޔާތުރުކީތުރުކީ-ސިރިއާ ބިންހެލުންބިން ހެލުން

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު