Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިލަފުށި ބިން ކުއްޔަށްދޭ މައްސަލަ

ތިލަފުށިން ބޭރު މީހުންނަށް 99 އަހަރަށް ބިން ކުއްޔަށް ދޭ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

7 ފެބުރުއަރީ 2023 | އަންގާރަ 07:22

99 އަހަރަށް ބިން ނުއަގުގައި ވިއްކުމަކީ އެކަމުގެ ނޭދެވޭ އަސަރު ދިވެހި ވިޔަފާރިވެރިންނަށާއި ރާއްޖޭގެ އިޤުތިޞާދަށް ވަރަށް ބޮޑަށް ކުރާނެ ކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ފެބުރުއަރީ 2023 | އަންގާރަ 07:22
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް

ސިނާއީ ބޭނުމަށް ކ. ތިލަފުށިން ބިން ވިއްކާއިރު، ބޭރު މީހުންނަށް 99 އަހަރަށް ބިން ކުއްޔަށް ދޭތީ އެކަމާ ދެކޮޅަށް އިދިކޮޅު ޕީއެންސީގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޝަރީފް ވިދާޅުވީ ގްރޭޓަރ މާލޭގެ ގޮތުގައި ބެލެވޭ ތިލަފުއްޓަކީ ދިވެހިންގެ ފިކުރާއި ހިޔާލާއި މިންނަތުން ދިވެހި ރައްޔިތުންގެ ބައިތުލްމާލުން ހަރަދުކޮށްގެން އުފައްދައި، ތަރައްޤީ ކުރަމުން އަންނަ ދިވެހިރާއްޖޭގެ ސިނާޢީ މަސައްކަތްތަކަށް ޚާއްޞަ ކުރެވިފައިވާ ރަށެއް ކަމަށެވެ.

Advertisement - newsAdvertisement

ބިމުގެ ދަތިކަން މާލެ ސަރަހައްދުގައި ދިވެހި ވިޔަފާރިވެރިންނަށް ނުހަނު ބޮޑަށް މިހާރުވެސް ކުރިމަތިވެ ފައިވާއިރު، ބީލަމުގެ އުޞޫލުން ބިދޭސީންނަށް 99 އަހަރަށް ބިން ނުއަގުގައި ވިއްކުމަކީ އެކަމުގެ ނޭދެވޭ އަސަރު ދިވެހި ވިޔަފާރިވެރިންނަށާއި ރާއްޖޭގެ އިޤުތިޞާދަށް ވަރަށް ބޮޑަށް ކުރާނެކަމެއް ކަމަށް މެންބަރު ޝަރީފް ވިދާޅުިވިއެވެ.

އަދި ބިންގަތުމުގެ ވާދަވެރިކަމުގެތެރޭގައި، ޚާއްޞަކޮށް ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިވެރިން، ބިދޭސީންނާ ވާދަކުރަންޖެހޭ ފަދަ އުޞޫލެއް އެކުލަވާލައި، ދިވެހިންނެކޭ އެއްފަދައިން ބިދޭސީންނަށް ބިން ގަނެވޭނެގޮތެއް ހެދުމަކީ ދިވެހިންނަށް ވިޔަފާރީގެ ފުރުޞަތުތައް ހަނިވެ، ކުރިމަގުގައި ރާއްޖޭގެ ވިޔަފާރިތައް ކޮންޓްރޯލު ކުރުމުގެ ބާރު ބޭރު މީހުންގެ އަތްމައްޗަށް ދިއުމުގެ ދޮރު ހުޅުވިގެންދާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.

އަދި ވަގުތީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ނުވަތަ ރިޔާސީ އިންތިޙާބަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ނިޔަތުގައި، ގްރޭޓަރ މާލެއިން ބިދޭސީންނަށް 99 އަހަރަށް ބިން ނުއަގުގައި ވިއްކުމަކީ ކުރިމަގުގައި ރާއްޖޭގެ އިޤުތިޞާދަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަކަށް ވާތީވެ، ކ. ތިލަފުށިން ބިދޭސީންނަށް 99 އަހަރަށް ބިން ވިއްކުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 170ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ ހުށަހަޅުއްވާ ކަމަށެވެ.

މި ކުއްލި މައްސަލަ ބަލައިގަތުމަށް ނެގުނު ވޯޓުގައި 45 މެންބަރުން ބައިވެރި ވަޑައިގަތެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް ވޯޓު ދެއްވީ 9 މެންބަރުންނެވެ. އަދި ނުފެންނަކަމަށް 36 މެންބަރުން ވޯޓު ދެއްވިއެވެ. ފާސްވުމަށް ބޭނުންވަނީ 23 ވޯޓުކަމުން ކުއްލި މައްސަލަ ބަލައިގަތުމަށް ފާހެއް ނުވިއެވެ.

އާދަމް ޝަރީފު އުމަރުހަސަން އަބްދުއްރަހްމާން ރައްޔިތުންގެ މަޖިލިސްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
22 އޮކްޓޯބަރު 2025

ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލަ: ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު އާއްމުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި

22 އޮކްޓޯބަރު 2025
ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލަ: ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު އާއްމުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި
22 އޮކްޓޯބަރު 2025

ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި

22 އޮކްޓޯބަރު 2025
ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް