Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ-ސީރިއާ ބިންހެލުން

ތުރުކީ އާއި ސީރިއާއަށް އައި ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 4372ށް އަރައިފި

ސީރިޔާއިން 1،451 މީހުން މަރުވެ، 3،531 މީހުން ޒަހަމްވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ފެބުރުއަރީ 2023 | އަންގާރަ 03:25
ތުރުކީއަށް އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތެއްގެ ދަށުން މީހުން ސަލާމަތްކުރަނީ

ތުރުކީއަށް އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތެއްގެ ދަށުން މީހުން ސަލާމަތްކުރަނީ

ހޯމަ ދުވަހުގެ ވަގުތެއްގައި ތުރުކީއާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމާއެކު 4،372 މީހުން މަރުވެފައިވާކަން ކަށަވަރުވެއްޖެއެވެ.

ސީއެންއެންގައި ބުނެފައިވަނީ ތުރުކީގެ ޑިޒާސްޓާ ސާވިސަސްގެ ހެޑް ޔޫނުސް ސެޒާރު ވިދާޅުވި ގޮތުގައި އަންގާރަ ދުވަހުގެ ހެނދުނުގެ ނިޔަލަށް ތުރުކީން މަރުވި މީހުންގެ އަދަދު ވަނީ 2،921 އަށް އިތުރުވެފައެވެ.

އަންކާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސެޒާރު ވިދާޅުވީ ޖުމްލަ 15،834 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

މި ބިންހެލުމުގައި ސީރިޔާއިން 1،451 މީހުން މަރުވެ، 3،531 މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ރިޕޯޓްކޮށްފައިވެއެވެ.

މި ދުވަސްވަރު އެ ޤައުމުގެ މޫސުމާއި ކާރިސާގެ ބޮޑުކަމުން އެހީދޭ ޓީމުތަކަށް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ހަޓޭ އިމަޖެންސީ ކޯޑިނޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ތުރުކީގެ ހެލްތު މިނިސްޓަރު ފަހްރެޓިން ކޮކާ ވިދާޅުވެފައިވެއެވެ.

މީހުން ސަލާމަތްކުރުމާއި އޮޕަރޭޝަންގެ މަސައްކަތުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް އެއްކޮށްފައިވާއިރު، އޭގެ ތެރޭގައި ފުލުހުންނާއި މުނިސިޕަލް މަސައްކަތްތެރިންނާއި ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ އަދި ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް އިންޓީރިއާ މިނިސްޓްރީގެ ބައެއް ކަމަށްވާ ހަތިޔާރު އެޅި އާންމު ގާނޫނު ތަންފީޒުކުރާ ޖަމިއްޔާއެއް ހިމެނެއެވެ.

ބިންހެލުމުގެ އަސަރު ކުރި ޕްރޮވިންސްތަކަށް މިހާތަނަށް މަދުވެގެން 2،256 އިމަޖެންސީ ހެލްތު ޕާސަނަލް ވޯކަރުން ވަނީ ފޯރާފައި ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އަވަށްޓެރި ސިޓީތަކުން މަދުވެގެން 602 އެމްބިއުލާންސާއި ދެ އެމްބިއުލާންސް މަތިންދާ ބޯޓު ވަނީ ފޮނުވާލާފައެވެ. އަދި ތުރުކީގެ ނޭޝަނަލް މެޑިކަލް ރެސްކިއު ޓީމް (ޔޫއެމްކޭއީ) ގެ ބައެއްގެ ގޮތުގައި ހިމެނޭ 187 ޓީމެއް ވެސް ވަނީ ފޮނުވާލާފައެވެ.

ތުރުކީ-ސިރިއާ ބިންހެލުންތުރުކީސީރިޔާބިން ހެލުން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި
27 ނޮވެމްބަރު 2025

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
14 ނޮވެމްބަރު 2025

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ
13 ނޮވެމްބަރު 2025

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު