Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީއާއި ސީރިޔާއަށް އައި ބިންހެލުން

ތުރުކީއާއި ސީރިޔާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1000ން މައްޗަށް

ބިންހެލުމުގެ ސަބަބުން ސީރިޔާއިން މަރުވި މީހުންގެ އަދަދު ވަނީ 430ށް އަރާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 6 ފެބުރުއަރީ 2023 | ހޯމަ 14:52
ތުރުކީއާއި ސީރިޔާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1000ން މައްޗަށް އަރައިފި

ތުރުކީއާއި ސީރިޔާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1000ން މައްޗަށް އަރައިފި

ހޯމަދުވަހު ތުރުކީއާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،700ށް އަރާފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ހޯމަ ދުވަހު ގެ ފަތިހު އެތާގަޑިން 4 ޖަހާއެހާކަންހާއިރު 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުން އަސަރު ކޮށްފައި ވަނީ ތުރުކީގެ މެދުތެރޭގެ ސަރަހައްދުތަކަށާއި ސީރިއާގެ ހުޅަނގުއުތުރުގެ ސަރައްހަދުތަކަށެވެ.

މިބިންހެލުމަކީ ފާއިތުވި ގަރުނުގެ ތެރޭގައި ތުރުކީގެ މެދުތެރެއަށް އައި މިފަދަ އެންމެ ނުރައްކާތެރި ބިންހެލުމަށް ވެގެންދިޔަ އިރު، ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި 7.7 މެގްނިޓިއުޑްގެ ދެވަނަ ބިން ހެލުމެއްވެސް ތުރުކީއަށް ވަނީ އައިސްފައެވެ.

ހޯމަ ދުވަހުގެ ދެ ވަނަ ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް އަދި ބުނެދޭން ނޭނގޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދެވަނަ ބިންހެލުމާއެކު މިހާދިސާގައި މަރުވި މީހުންގެ އަދަދު ތުރުކީގައި ވަނީ 1،014ށް އަރާފައިކަމަށް އެގައުމުގެ ޑިޒާސްޓަރ އެޖެންސީގެ އިސްވެރިޔާ ހަވާލާދީ ރޮއިޓަރސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ވަނީ މިހާދިސާގައި އަނިޔާލިބުނު މީހުންގެ އަދަދު މިހާތަނަށް އައިރު 5،383ށް އަރާފައިވާކަމަށް ވިދާޅުވެފައެވެ. 2،818 އިމާރާތެއް ބިމާހަމަވެފައިވާއިރު، އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި ހާދިސާގައި މަރުވި މީހުންގެ އަދަދު އަރާނެ ހިސާބު ބުނެދޭން ނޭނގޭކަމަށްވެސް އުރުދުޣާން ވަނީ ވިދާޅުވެފައެވެ.

ހަނގުރާމައިގެ ސަބަބުން ވިރާނާވެފައިވާ ސީރިޔާއަށް މިބިންހެލުމުގެ ސަބަބުން އިތުރު ގެއްލުންތަކެއް ވަނީ ލިބިގެންގޮސްފައެވެ. އެ ގައުމުގެ ހުޅަނގުއުތުރު ސަރަހައްދުތަކުގައި ހުރި އެތައް އިމާރާތެއް ވަނީ ބިމާހަމަވެފައެވެ.

ސީރިޔާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން ބިންހެލުމުގެ ސަބަބުން އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 430ށް އަރާފައެވެ. މިހާދިސާގައި 1،000ށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށްވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މިހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެކުވެރި ގައުމުތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ދެގައުމުން ވަނީ ބުނެފައެވެ. އެހީތެރިކަމަށް އެދި އުރުދުޣާން ގޮވާލެއްވުމާއިގުޅިގެން އީޔޫގެ ބާރަޔަށް ވުރެ ގިނަ ގައުމުން އެހީގެ ޓީމްތައް ފޮނުވާނެކަން ވަނީ ޔަގީންކޮށްދީފައެވެ. އަދި ވަނީ ޓީމްތައް ފޮނުވަން ފަށާފައެވެ.

މިދުވަސްވަރަކީ އެހިސާބަށް ވަރަށް ފިނިގަދަ ދުވަސް ކޮޅަކަށް ވުމާއި އެކު މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅޭގޮތްވެސް ވެފައެވެ.

ތުރުކީސީރިޔާބިން ހެލުން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި
27 ނޮވެމްބަރު 2025

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
14 ނޮވެމްބަރު 2025

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ
13 ނޮވެމްބަރު 2025

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު