Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިވަޕޫލް

ބޮޑު ބައްޔާއެކު ކްލޮޕް ބުނީ ދައްކާނެ ބަހަނާއެއް ނެތް ކަމަށް

އޭނާ ބުނީ މެޗުގެ ފުރަތަމަ 15 މިނެޓު ވެސް ދިޔައީ ވަރަށް ގޯސްކޮށް ކަމަށާއި، އެގޮތަށް އެކަން ވެގެން ނުވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2023 | ހޯމަ 04:17
ލިވަޕޫލްގެ ކޯޗު ކްލޮޕް ބެންޗުގައި

ލިވަޕޫލްގެ ކޯޗު ކްލޮޕް ބެންޗުގައި

އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް އަތުން ބަލިވުމުން ދައްކާނެ އިތުރު ބަހަނާއެއް ނެތް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

މި ސީޒަންގައި ލިވަޕޫލްގެ ފަރާތުން ދަށް ކުޅުމެއް ފެންނަމުން އަންނައިރު، ވުލްވްސްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅެ ލިވަޕޫލް ބަލިވެފައި ވަނީ 3-0 އިންނެވެ. މެޗުން ބަލިވުމާއެކު ލިވަޕޫލް މިހާރު އޮތީ ލީގު ތާވަލްގެ 10 ވަނައިގަ އެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ، މެޗުގެ ނަތީޖާއާ ގުޅޭ ގޮތުން އޭނާ ދޭނެ މާ ބޮޑު ތަފްސީލެއް ނެތް ކަމަށާއި، ވަރަށް ބޮޑަށް ކަންކަން ބަދަލުވާން ޖެހޭ ކަމަށެވެ. އޭނާ ބުނީ މެޗުގެ ފުރަތަމަ 15 މިނެޓު ވެސް ދިޔައީ ވަރަށް ގޯސްކޮށް ކަމަށާއި، އެގޮތަށް އެކަން ވެގެން ނުވާނެ ކަމަށެވެ. އެކަން ބަދަލުވާން ޖެހޭނެކަން ފާހަގަކޮށް ކްލޮޕް ބުނީ، އެކަމަށް އޭނާ ދައްކާނެ ބަހަނާއެއް ވެސް ނެތް ކަމަށެވެ. މީގެ އިތުރުން އާސެނަލާ ދެކޮޅަށް ކުޅެ، އެވަޓަން މޮޅުވީ އެމީހުންގެ ކަންކަން ވަރަށް ބޮޑަށް ރަނގަޅުކޮށްފައި އޮތުމުން ކަމަށާއި ލިވަޕޫލް އިން ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް އަދި އެކަންކަން ރަނގަޅު ކުރަން ޖެހެނޭ ކަމަށް ކްލޮޕް ބުންޏެވެ.

މީގެ އިތުރުން ކްލޮޕް ބުނީ ލިވަޕޫލްގެ ކުޅުންތެރިންނާމެދު އޭނާގެ އިތުބާރު ނުގެއްލޭ ކަމަށެވެ. ނަމަވެސް ރަނގަޅު ކުރަން ހުރި ކަންކަން އެންމެން އެކުވެގެން ރަނގަޅު ކުރަން ޖެހޭނެ ކަމަށެވެ. ކްލޮޕް ބުނީ އޭނާގެ ޒިންމާ އެނގޭ ކަމަށާއި، ބޭނުންވަނީ ކަންކަން ރަނގަޅުކޮށް ލިވަޕޫލްއާއެކު ކުރިއަށް ދާން ކަމަށެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގައި ލިވަޕޫލް ވަނީ މިހާތަނަށް 20 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އަށް މެޗުންނެވެ. ފަސް މެޗު އެއްވަރިވެފައިވާއިރު، ހަތް މެޗުން ވަނީ ބަލިވެފަ އެވެ. މި ސީޒަންގައި ލިވަޕޫލް ނެރެމުން އަންނަ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކްލޮޕަށް އޮތް ޕްރެޝަރު ބޮޑު ކަމަށް ބޭރުގެ މީޑިއާ ތަކުގައި އަންނަނީ ރިޕޯޓުކުރަމުންނެވެ.

ލިވަޕޫލްޔާގެން ކްލޮޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު