Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޗައިނާގެ "ޖާސޫސީ" ފުއްޕާހަން

"ގޮތް ނޭނގޭ" ފުއްޕަހަމަކާ ހެދި، ބޮނބިނަރެއްހާ ހިމަ ފަށަކުން ގުޅިފައި އޮތް ގުޅުން އިތުރަށް ހީނަރު!

އެމެރިކާގެ ވައިގެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ ޗައިނާގެ ފުއްޕާހަން، މޮންޓޭނާ މަތިން ވައްޓާލުމަށްވެސް އެމެރިކާގެ އަސްކަރީ އޮފިޝަލުން ވިސްނި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 5 ފެބުރުއަރީ 2023 | އާދީއްތަ 07:29
އެމެރިކާގެ ވައިގެ ސަރަޙައްދުން ދަތުރު ކުރަމުން ދާތީ އާންމުންނަށްވެސް ފެނުނު ފުއްޕާހަމަކީ، މަގުން ކަސިޔާރުވެފައިވާ "މަދަނީ ވައިގެ އުޅަނދެއް" ކަމަށް ޗައިނާއިން ދަނީ ބުނަމުން

އެމެރިކާގެ ވައިގެ ސަރަޙައްދުން ދަތުރު ކުރަމުން ދާތީ އާންމުންނަށްވެސް ފެނުނު ފުއްޕާހަމަކީ، މަގުން ކަސިޔާރުވެފައިވާ "މަދަނީ ވައިގެ އުޅަނދެއް" ކަމަށް ޗައިނާއިން ދަނީ ބުނަމުން

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 2 ޤައުމުގެ ގޮތުގައި އޮތް އެމެރިކާއާއި ޗައިނާގެ ކޯޅުންތަކަކީ ބަޔަކު ހީވެސް ނުކުރާ ފަދަ ހަތަރު އަނގޮޅިތަކެއްގައި ކުރިއަށްދާ ކަމަކަށް އޮންނަނީ ވެފައެވެ. މި ފަހަރުގެ ކޯޅުންގަނޑު ފެށުނީ، އެމެރިކާއިން ބުނާ ގޮތުން ނަމަ، ޗައިނާގެ "ޖާސޫސީ" ފުއްޕާހަމެއް، އެމެރިކާގެ ވައިގެ ސަރަޙައްދުން ދަތުރު ކުރާތީ ފެނުނު ހިސާބުންނެވެ. އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި އެއީ އެމެރިކާގެ ސިޔާދަތަށް އަރައިގަތުމުގެ އަމަލެކެވެ.

އެމެރިކާގެ ވައިގެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ ޗައިނާގެ ފުއްޕާހަން، މޮންޓޭނާ މަތިން ވައްޓާލުމަށްވެސް އެމެރިކާގެ އަސްކަރީ އޮފިޝަލުން ވިސްނެވިއެވެ. ނަމަވެސް، ފުއްޕާހަން ހަލާކުވެގެން ފައިބާ ކުނޑިތަކުގެ ސަބަބުން ގެއްލުމެއް ވެދާނެ ކަމަށް ބަލާ، އެކަން އެގޮތަށް ނުކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް އެންމެ ފަހުން ލަފާ އަރުވާފައި ވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެމެރިކާގެ ވައިގެ ސަރަޙައްދުން ދަތުރު ކުރަމުން ދާތީ އާންމުންނަށްވެސް ފެނުނު ފުއްޕާހަމަކީ، މަގުން ކަސިޔާރުވެފައިވާ "މަދަނީ ވައިގެ އުޅަނދެއް" ކަމަށް ޗައިނާއިން ދަނީ ބުނަމުންނެވެ. ނަމަވެސް އެ ފުއްޕާހަން ދަތުރު ކުރަމުންދާ ގޮތާއި ޤާބިލުއްޔަތު ކަން ހުރި ގޮތް ކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނާ ވާހަކަތަކަށް ބަލާއިރު، ޗައިނާގެ ވާހަކަތަކަށް ގޮންޖަހައެވެ.

ގޮތް ނޭނގޭ ފުއްޕާހަމެއްގެ މައްސަލަ ފެންމަތިވެފައި މި ވަނީ، ޗައިނާގެ ރައީސް ޝީ ޖީންޕިންގްއާއި ބައިޑަންއާއި ދެމެދު މިދިޔަ ނޮވެމްބަރު މަހު އެއްބަސްވެވަޑައިގެންފައި ވާ ގޮތަށް، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކަން، ޗައިނާއަށް ދަތުރު ކުރެއްވުމުގެ ވަޤުތު ޖެހިފައި ވަނިކޮށެވެ. ނަމަވެސް ފުއްޕާހަމުގެ މައްސަލާގައި، ބްލިންކަން މިހާރު ވަނީ ޗައިނާ ދަތުރު ފަސް ކުރައްވާފައެވެ. ބޮނބިނަރެއްހާ ހަނި މަގެއްގައި ދަތުރު ކުރަމުންދިޔަ އެމެރިކާއާއި ޗައިނާގެ ހީނަރު ގުޅުމަށް އަނެއްކާވެސް އިތުރު ހުރަހަކާ ކުރިމަތިވީއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރަކު އެންމެ ފަހުން ޗައިނާއަށް ދަތުރެއް ކުރެއްވީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

މި ދަނޑިވަޅަކީ އެމެރިކާއާއެކު ހަމަޖެހޭ ގުޅުމެއް ދެމެހެއްޓުމަށް ޗައިނާއިން ފާރަވެރިވެ އޮތް ދަނޑިވަޅެކެވެ. ސަބަބެއް ކަމަށް ވެފައި ވަނީ ކޮވިޑް-19އާ ގުޅިގެން އެޤައުމުން ގެންގުޅުނު ޒީރޯކޮވިޑް ސިޔާސަތާއެކު އިނދަޖެހިފައިވާ އިޤްތިޞާދު ނަގަހައްޓާ، ބޭރުގެ އިންވެސްޓަރުންގެ ނަޒަރުން ކަސިޔާރުވެފައިވާ ޗައިނާގެ ބާޒާރުތައް އަލުން ދިރުވުމަށްޓަކާ އެ ގުޅުން އިޔާދަ ވުން މުހިންމުވުމެވެ.

ފާއިތުވެދިޔަ  މަސްތަކަށް ބަލާއިރު ޝީ ވަނީ، ދުނިޔޭގެ ފެންވަރުގެ އެކި ލީޑަރުންނާ ބައްދަލު ކުރައްވާ، ޗައިނާއާ  އެ ޤައުމުތަކުގެ ގުޅުން ބަދަހި ކުރައްވަން ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރެއްވުމަށްވެސް މަސައްކަތްޕުޅު ކުރައްވާތީ ވަނީ ފެނިފައެވެ.

ކަން މިހެން އޮތް އިރު، ޗައިނާ ސަރަޙައްދުގައި އެމެރިކާއިންވެސް ސަރވޭލަންސް ހަރަކާތްތައް ކުރިއަށް ގެންދާ ކަމުގެ ޝަކުވާ، ޗައިނާއިންވެސް އުފުލައެވެ. އެގޮތުން ޗައިނާއިން އަސްކަރީ ތަމްރީނުތައް ކުރިއަށް ސަރަޙައްދުތަކުގައި އެމެރިކާގެ އަސްކަރިއްޔާއިން ހަރަކާތްތެރިވާ ކަމަށް ޗައިނާއިން ބުނެއެވެ.

ޗައިނާއެމެރިކާޗައިނާގެ "ޖާސޫސީ" ފުއްޕާހަންދުނިޔެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު