Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕާކިސްތާން

ބާގަނޑެއްގެ ތެރެއިން ސަލާމަތްވުމަށް މާތްﷲ އަހަރެންނަށް މަގު ތަނަވަސްކޮށްދެއްވި: ޢަބްދުއްރަޙްމާން

އެތައް ސަތޭކަ ބަޔަކު މެންދުރު ނަމާދަށް ތިބި އެ މިސްކިތުގެ މަތީ ފަންގިފިލާ މުޅިން ސުންނާފަތިކޮށް، ބިމާ ހަމަކޮށްލި އެ ވަރުގަދަ ބޮމުގެ ހަމަލާގައި ޒަޚަމްވީ މީހުންގެ ޢަދަދު 170 އަށް އަރާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 5 ފެބުރުއަރީ 2023 | އާދީއްތަ 04:01
ޕާކިސްތާނުގެ ޕެޝާވަރު މިސްކިތަކަށް ދިން ބޮމުގެ ހަމަލާއިން ސަލާމަތްވި ޢަބްދުއްރަޙްމާން ހޮސްޕިޓަލުގައި

ޕާކިސްތާނުގެ ޕެޝާވަރު މިސްކިތަކަށް ދިން ބޮމުގެ ހަމަލާއިން ސަލާމަތްވި ޢަބްދުއްރަޙްމާން ހޮސްޕިޓަލުގައި

އެއީ ޖެނުއަރީ 30 ވީ ހޯމަ ދުވަހެވެ. ދުވަސްތަކެއްގެ ހިމޭން ކަމަށް ފަހު ޕާކިސްތާނުގެ ޕެޝާވަރު ގުޑުވާލީ މިސްކިތަކަށް ދިން ބޮމުގެ ވަރުގަދަ ހަމަލާގެ އަޑުފަށްގަނޑަށެވެ. 100 މީހެއްގެ ފުރާނަ ގެއްލިދޔަ އެ ހާދިޘާއިން ޒަޚަމްތަކަކާއެކު ފުރާނަ ސަލާމަތްވި 2 މީހަކު ވަނީ، ހޮސްޕިޓަލުގެ އެނދުގައި އޮވެގެން، އެ ދުވަހުގެ ތަޖުރިބާތައް، ބައިނަލްއަޤުވާމީ މީޑިއާއާ ހިއްސާކޮށްފައެވެ.

އެ ބިރުވެރި ހާދިޘާއިން ސަލާމަތްވުމަށް، މާތް ﷲގެ ޙަޟްރަތުން ވާތްގަށް އެދެމުން އޭނާ ކުރަމުން ދިޔަ ހިތްވަރުގަދަ ދަތުރުގެ ވާހަކަ ޢަބްދުއްރަޙްމާން އިތުރަށް ތަފްސީލު ކޮށްދިނެވެ.

އަފްޣާނިސްތާނާ ޕާކިސްތާނު ހިއްސާ ކުރާ ބޯޑަރާއި ދާދި ކައިރީގައި އޮންނަ ޕޮލީސް ލައިންސް ޑިސްޓްރިކްޓްގައި ދިން ބޮމުގެ ހަމަލާއަކީ، މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެ ސަރަޙައްދުގައި ދިން އެފަދަ އެންމެ ވަރުގަދަ ހަމަލާއެވެ. މި ދަނޑިވަޅަކީ، ޕާކިސްތާނުގައި އެ ޤައުމުގެ ފުލުހުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންދާ މިންވަރު، އިތުރު ވެފައި ވާ ދަނޑިވަޅެއްކަން ފާހަގަ ކުރަން ޖެހެއެވެ.

އެތައް ސަތޭކަ ބަޔަކު މެންދުރު ނަމާދަށް ތިބި އެ މިސްކިތުގެ މަތީ ފަންގިފިލާ މުޅިން ސުންނާފަތިކޮށް، ބިމާ  ހަމަކޮށްލި އެ ވަރުގަދަ ބޮމުގެ ހަމަލާގައި ޒަޚަމްވީ މީހުންގެ ޢަދަދު 170 އަށް އަރައެވެ. އެފަދަ އެކަކީ، ޕޮލީސް ކޮންސްޓަބަލް ރަބް ނަވާޒްއެވެ.

ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ދާޚިލީ ވަޒީރު ރަނާ ސަނާއުއްލާ ވިދާޅުވި ގޮތުގައި، މަރުވި 100 މީހުންގެ ތެރެއިން 97 މީހުންނަކީ ފުލުސް އޮފިޝަލުންނެވެ.

ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ ފުލުހުންނާއި އަސްކަރިއްޔާއިން ވަރުގަދަ ޗެކްޕޮއިންޓްތަކެއް އަޅާފައިވާ ޕޮލީސް ލައިންސް ޑިސްޓްރިކްޓަށް، ބޮން ގޮއްވާލި މީހާ ކާމިޔާބު ކަމާއެކީ ވަނީ ކިހިނެއް ކަން ބުނަން ނޭނގޭ ކަމަށެވެ. ބޮން ގޮއްވާލި ސަރަޙައްދަކީ ޕާކިސްތާނުގެ ފުލުހުންގެ ތެރެއިން ދަށް އަދި މެދު ފަންތީގެ ފުލުހުންނާއި އެމީހުންގެ އާޢިލާތަކުން ވަޒަންވެރިވެގެން ދިރިއުޅެމުންދާ ސަރަޙައްދެކެވެ.

ޕެޝާވަރުގެ ސަލާމަތީ ހާލަތަށް ރިޢާޔަތް ކޮށް، މިސްކިތްތައް އަޅާފައި ހުންނަނީ ނަމާދު ކުރުމަށްޓަކާ، ފުލުހުން އެ ސަރަޙައްދު ދޫކޮށް ދާން ނުޖެހޭ ގޮތަށެވެ.

ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވީ، ބޮން ގޮއްވާލި މީހާ އެ ޖަރީމާ ހިންގީ ނަމާދު ޖަމާޢަތުގެ އެންމެ ފުރަތަމަ ސަފުގައި ހުރެގެން ކަމަށެވެ.

ހަމަލާގެ ޒިންމާ، ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން އުފުލި ކަމުގެ ކަށަވަރު މަޢުލޫމާތެއް އަދި ނުލިބެއެވެ. ނަމަވެސް ތަހްރީކީ ޠާލިބާން ޕާކިސްތާނުން ކަފިވި ގޮތްޕެއް ކަމަށްވާ ޚޫރަސާނީއިން އެ ހަމަލާގެ ޒިންމާ އުފުލާފައި ވާ ކަމަށް ސަނާއުއްލާ ވިދާޅުވި ކަމަށް ރޮއިޓަރޒްއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ޕާކިސްތާންޕާކިސްތާނުގެ ޕެޝާވަރުދުނިޔެ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 ސެޕްޓެމްބަރު 2025

ސެކިއުރިޓީ ކައުންސިލްގެ ޖަލްސާއެއްގައި ޕާކިސްތާނުން އިސްރާއީލަށް ކުރުދޮށިން ދީފި

12 ސެޕްޓެމްބަރު 2025
ސެކިއުރިޓީ ކައުންސިލްގެ ޖަލްސާއެއްގައި ޕާކިސްތާނުން އިސްރާއީލަށް ކުރުދޮށިން ދީފި
18 ޖުލައި 2025

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެއް ދުވަސް ތެރޭ 63 މަރު

18 ޖުލައި 2025
ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެއް ދުވަސް ތެރޭ 63 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު