Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީފާއާ ބެހޭ ޓްރައިބިއުނަލް

ޝަމްއާ މީޑިއާތަކުގައި ދެއްކި ވާހަކަތައް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ދޮގުކޮށްފި

މީޑިއާތަކުން މިކަން ރިޕޯޓް ކޮށްފައިވަނީ ހަމައެކަނި އެއްފަރާތެއްގެ މައުލޫމާތުތައް ހިމަނައިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 ފެބުރުއަރީ 2023 | ހޮނިހިރު 17:14
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު މަރިޔަމް ޝަމްއާ އިބްރާހީމް އޭނާގެ ދަރިފުޅު ގޮވައިގެން އޮފީހުގައި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު މަރިޔަމް ޝަމްއާ އިބްރާހީމް އޭނާގެ ދަރިފުޅު ގޮވައިގެން އޮފީހުގައި

ވިހެއުމާ ގުޅިގެން ޗުއްޓީ އިތުރުކޮށް ނުދިންކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު މަރިޔަމް ޝަމްއާ އިބްރާހީމް މީޑިއާތަކުގައި ދެއްކި ވާހަކަތައް އެ ޓްރައިބިއުނަލުން ދޮގުކޮށްފިއެވެ.

ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަން ހިނގާފައިވާ ގޮތާ ޚިލާފަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ އަގު ވެއްޓޭގޮތަށް މީޑިއާތަކަށް ޝަމްއާ މައުލޫމާތުދީފައިވާ ކަމަށެވެ. މީޑިއާތަކުން އެކަން ރިޕޯޓްކޮށްފައިވަނީ، ހަމައެކަނި އެއްފަރާތެއްގެ މައުލޫމާތުތައް ހިމަނައިގެން ކަމަށާއި، ޓްރައިބިއުނަލްގެ ބަހެއް ނުހޯދައި އެ ޚަބަރު މީޑިއާތަކުން ރިޕޯޓްކުރުމުން ހިތާމަކުރާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

Advertisement - newsAdvertisement

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބުނެފައިވަނީ، ރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނާއި، ޓްރިބިއުނަލުގައި ހެދިފައިހުރި ޤަވާއިދުތައް ބުނާގޮތަށް މިހާތަނަށް ޝަމްއާ އަށް ޗުއްޓީތަކާއި، ވަޒީފާގައި ދޭ ލުއިފަސޭހަތައް ދެމުން އައިސްފައިވާކަމަށެވެ.

މެމްބަރުގެ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީއާގުޅޭ ކަންކަމުގައި ޓްރައިބިއުނަލުން އަމަލުކޮށްފައިވަނީ ޤާނޫނުތަކާއި އުސޫލްތަކާ އެއްގޮތަށް ކަމަށާއި، އެ ޗުއްޓީ އިތުރުކޮށްދިނުމަށް އެދި ހުށަހެޅި ނަމަވެސް އޭނާ އެދުނު ފަދައިން ޗުއްޓީ އިތުރުކޮށްދީފައިނުވަނީ، އެ ބާރު ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ ރައީސްއަށް ލިބިފައި ނުވާތީކަމަށެވެ.

ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ މެމްބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލްތައް އެކުލަވާލާފައިވަނީ، މެމްބަރު ޝަމްއާ ހިމެނޭހެން މިވަގުތު އެ އިދާރާގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އޭރު އެކަން އެގޮތަށް ނިންމެވީ ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ ހަތް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންނަކީ ކަނބަލުންކަމަށް ވެފައި، ހުރިހާ މެމްބަރުން ހަ މަސްދުވަހުގެ މެޓާނިޓީ ލީވެއް ނަގައިފިނަމަ އެތަނުގެ މަސައްކަތްތަކަށް ބުރޫއަރައި އެތަކެއް އާއްމު ރައްޔިތުންގެ ހައްގުތަކަށް އެކަމުގެ ސަބަބުން ސީދާ ގޮތެއްގައި އަސަރުކުރާނޭކަމަށް މެމްބަރުންނަށް ޤަބޫލުކުރެވިގެންކަމަށްވެސް ޓްރައިބިއުނަލުން ފާހަގަކުރިއެވެ.

ވިހެއުމާ ގުޅިގެން މެމްބަރުންނަށް ދެ މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް އޮތްނަމަވެސް، އެ ޓްރައިބިއުނަލްގެ މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ ޗުއްޓީ ނެގެން އޮންނަ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބުންޏެވެ.

ވަޒީފާއާ ބެހޭ ޤާނޫނުން ހައްޤުވާ އެކިއެކި ހުސްވަގުތުގެ ބޭނުން ހިފުމުން ދުވާލެއްގެ މައްޗަށް ޝަމްއާ އޮފީހުގައި މަސައްކަތްކުރަން ޖެހެނީ ޖުމްލަ ތިން ގަޑިއިރާއި 30 މިނެޓް ކަމަށެވެ. މެމްބަރަށް ހައްގުވާ އަހަރީ ޗުއްޓީގެ 30 ދުވަހާއި އާއިލީ ޒިންމާގެ 10 ދުވަސް ނެގެން އޮތްއިރު، އެޗުއްޓީތަކުން ޗުއްޓީއަކަށް އަދި މިހާތަނަށް އެދިފައި ނުވާކަމަށްވެސް ޓްރިބިއުނަލުން ބުންޏެވެ.

މެމްބަރު ގޭގައި ހުންނަވައިގެން މަސައްކަތްކުރުމުގެ ފުރުސަތު ނުދެވެނީ ޒާތީގޮތުން މައްސަލައެއް އޮވެގެން ނޫންކަމަށާއި، ވަޒީފާގެ މަސްއޫލިއްޔަތަށް ބަލައި، ގޭގައި ހުރެގެން އެ މަސައްކަތްތައް ކުރުމަށް ތަން ނުދޭތީކަމަށް އެ ޓްރައިބިއުނަލުން ބުންޏެވެ.

ދަރިފުޅު ގޮވައިގެން އޮފީހަށް ދިއުމުން މެމޯއެއް ނެރެގެން އެކަން ހުއްޓުވުމާ ގުޅޭގޮތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބުނީ އެ ޓްރައިބިއުނަލަކީ ތުއްތުކުދިން ބޭތިއްބޭނޭ ފަދަ ތަނަކަށް ނުވާތީވެ، ރަސްމީ ގަޑީގައި ތުއްތުކުދިން ބައިތިއްބާގޮތަށް ތުއްތުކުދިން އޮފީހަށް ނުގެނައުމަށް އިރުޝާދު ދެވިފައިވާނެ ކަމަށެވެ.

ބަޔާން ނިންމާލަމުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ބުނީ މި ހުރިހާ ކަމަކީވެސް ޝަމްއާއަށް ޓްރައިބިއުނަލްގެ މެމްބަރެއްގެ ހައިސިއްޔަތުން އެނގިލައްވާނޭ ކަންތައްތަކެއްކަމަށް ވީއިރު، ކަމުގެ ހަގީގަތް އޮޅޭގޮތަށް ސޯޝަލް މީޑިއާ އާއި މީޑިއާގެ އެކި ތަންތަނަށް މައުލޫމާތު ދިނުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް

އިތުރަށް ކިޔާލަން

11 މެއި 2024

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުންނަށް 6 މަހުގެ މެޓަރނިޓީ ލީވް ލިބޭކަމަށް އުސޫލުގައިވެސް ހިމަނައި، އައު އުސޫލަށް އަމަލުކުރަން ފަށައިފި

11 މެއި 2024
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުންނަށް 6 މަހުގެ މެޓަރނިޓީ ލީވް ލިބޭކަމަށް އުސޫލުގައިވެސް ހިމަނައި، އައު އުސޫލަށް އަމަލުކުރަން ފަށައިފި
10 އޯގަސްޓު 2021

ވަޒީފާއާބެހޭ ޓްރަބިއުނަލްގެ މެންބަރުކަމަށް ރިޝްފާ ދެވަނަ ދައުރަކަށް އައްޔަންކޮށްފި

10 އޯގަސްޓު 2021
ވަޒީފާއާބެހޭ ޓްރަބިއުނަލްގެ މެންބަރުކަމަށް ރިޝްފާ ދެވަނަ ދައުރަކަށް އައްޔަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު