Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހޮންގކޮންގއަށް ދިޔުމަށް ހިލޭ ޓިކެޓް ދިނުން

ހޮންގކޮންގއަށް ފަތުރުވެރިން ގެންދިއުމަށް ފަސްލައްކަ އެއާލައިން ޓިކެޓް ހިލޭ ދެނީ

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މާރޗް އެއްވަނަ ދުވަހުން ފެށިގެން "ވަރލްޑް އޮފް ވިނަރސް" ކިޔާ ޕޭޖަށް އޮންލައިންކޮން ގޮސް، ލޮޓަރީ ނުވަތަ ގުރުއަތުގައި ބައިވެރިވުމަށް ނަން ދޭން ޖެހޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2023 | ހޮނިހިރު 22:10
ހޮންގކޮންގ

ހޮންގކޮންގ

ހޮންގކޮންގުގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ދިރުވުމަށް ކުރެވޭ މަސައްކަތުގެ ދަށުން ފަސްލައްކަ އެއާލައިން ޓިކެޓް ހިލޭ ބެހުމަށް އެގައުމުން ނިންމައިފިއެވެ.

"ހެލޯ ހޮންގކޮންގ" ގެ ނަމުން ނަންދީފައިވާ ޚާއްސަ އިނީޝިއޭޓިވްގެ ތަފްސީލު ހާމަކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް މިކަން ރާވާ އިންތިޒާމުކުރުމުގެ ކަންތައް ކުރިޔަށް ދާތާ ދެ އަހަރުވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ހޮންގކޮންގއަށް ދިއުމަށް ހިލޭ ޓިކެޓް ދެމުންގެންދާނީ އެސިޓީގެ މައި ތިން އެއާލައިން ކަމަށްވާ ކެތޭ ޕެސިފިކް، އެޗްކޭ އެކްސްޕްރެސް އަދި ހޮންކޮންގ އެއާލައިންސްއިންނެވެ. މި އަދަދަށް ހިލޭ ޓިކެޓް ދިނުމަށް ނިންމާފައިވާއިރު ޓިކެޓްތަކުގެ ޖުމްލަ އަގަކީ 254.8 މިލިއަން ޑޮލަރެވެ.

މި ހިލޭ ޓިކެޓް ބޭނުންކޮށްގެން ހޮންގކޮންގއަށް ދަތުރު ކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން މާރޗް އެއްވަނަ ދުވަހުން ފެށިގެން "ވަރލްޑް އޮފް ވިނަރސް" ކިޔާ ޕޭޖަށް އޮންލައިންކޮށް ގޮސް، ލޮޓަރީ ނުވަތަ ގުރުއަތުގައި ބައިވެރިވުމަށް ނަން ދޭނީއެވެ.

ޓިކެޓްތައް ދޫކުރުމަށް ނިންމާފައިވަނީ ތިން ބުރެއްގެ މަތިންނެވެ. އެއީ ސަރަހައްދީ ގޮތުން ބަހާލުމަށް ފަހުއެވެ. މިގޮތުން ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުން ބައިވެރިވި މީހުންނަށް ޓިކެޓް ދޫކުރުން އޮންނާނީ މާރޗް އެކަކުން ފެށިގެންނެވެ. މައި ރަށް ޗައިނާގައި ދިރިއުޅޭ މީހުންނަށް އެޕްރީލް އެކަކުން ފެށިގެން ޓިކެޓް ދޫކުރާއިރު އެހެން ހުރިހާ ގައުމެއްގެ މީހުންނަށް ޓިކެޓް ދޫކުރާނީ މޭމަހުގެ އެކަކުން ފެށިގެންނެވެ.

މި ޕްރޮގްރާމްގެ ތެރެއިން ޓިކެޓް ދޫކުރާއިރު ހޮންގކޮންގގެ އަމިއްލަ ރައްޔިތުންނަށް ވެސް ޚާއްސަ ބައެއް ކަނޑައަޅާފައި ވެއެވެ. އެގޮތުން ގައުމުގެ އެތެރޭގަ ވެސް ދަތުރު ކުރުމުގެ ފުރުސަތު ނުލިބޭ ނުވަތަ މަދުން ލިބިފައިވާ މީހުންނަށް އެތެރޭގެ އެކި ތަންތަނަށް ދަތުރު ކުރުމުގެ ފުރުސަތު ދެވޭނެއެވެ.

އެހެން ގައުމުތަކުގެ މީހުންގެ ތެރެއިން ކުރިން ހޮންގކޮންގއަށް ގޮސްފައިވާ މީހުންނަށް ދޭނީ ތަފާތު ތަނެއް ބަލާލުމުގެ ފުރުސަތު ކަމަށް ވެއެވެ.

ކޮރޯނާ ވައިރަސް ދުނިޔޭގައި ފެތުރެން ފެށުމާއެކު ހޮންގކޮންގއިން ކޮވިޑާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށި ކުރީ ތަންކޮޅެއް ލަހުންނެވެ. ނަމަވެސް ޖެނުއަރީ 2020 އިން ފެށިގެން އާންމުން އެއްވާ ހަރަކާތްތައް ގެންދިޔައީ ކެންސަލު ކުރަމުންނެވެ.

ފަހުން ހޮންގކޮންގގެ ބޯޑަރު ބަންދުކޮށްލި ވަރުން ގިނަ މީހުންނަށް އެ ގައުމަށް އެތެރެވުން ވެސް އަދި އެ ގައުމުން ބޭރުވުމަށް ވެސް މާލީ ގޮތުން ވީ ބޮޑު ބުރައަކަށެވެ. ދަތުރުކުރާ ފަރާތްތަކަށް 21 ދުވަހުގެ ކަރަންޓީން މުއްދަތެއް މަޖްބޫރުކޮށްފައި ވާއިރު އެތައް ފަހަރަކު ޕީސީއާރު ޓެސްޓުތައް ހަދަން ޖެހެއެވެ. އެތެރެވާ އެންމެން ވެސް ކަރަންޓީނުވާންޖެހޭއިރު ޚަރަދު ކުރަން ޖެހެނީ ފަސިންޖަރުން އަތުންނެވެ. ސަރުކާރު މަރުކަޒުތަކަށް ގެންދަނީ ޕޮޒިޓިވްވާ މީހުންނެވެ. އޭރު އެ ގައުމަށް އެތެރެވެވެނީ ހަމައެކަނި ހޮންގކޮންގ މީހުންނަށެވެ. މިސަބަބުތަކާ ހުރެ ދަތުރުފަތުރު ކުރުން ވަނީ ގާތްގަޑަކަށް ހުއްޓިފައެވެ.

ކޮވިޑްގެ ކުރިން ހޮންގކޮންގއަށް އާންމު ގޮތެއްގައި އަހަރަކު އެވްރެޖް ގޮތެއްގައި 56 މިލިއަން މީހުން ޒިޔާރަތް ކުރާކަމަށް ވެއެވެ. 2022 އާހަމަޔަށް އައި އިރު އެއަދަދު ވަނީ އެއްލައްކަޔަށް ތިރިވެފައެވެ. ހޮންގކޮންގއަށް ނުގޮސް މަޑުކުރީ ހަމައެކަނި ބޭރު ގައުމުތަކުން ދާ މެހްމާނުންނެއް ނޫނެވެ. އެގައުމުގެ ރައްޔިތުން ވެސް ވަގުތީ ގޮތުން ނަމަވެސް އެހެން ގައުމުތަކުގައި މަޑުކުރުމުގެ ސަބަބަން އެ ގައުމުގެ އާބާދީ ވެސް 1961 އަހަރުގެ ފަހުން ވެއްޓުނު ކަމަށް ވެއެވެ. ކަރަންޓީން އުސޫލު އުވާލާކަން ސެޕްޓެމްބަރު 2022 ގައި އެ ޤައުމުގެ ޗީފް އެގްޒެކެޓިވް އިއުލާން ކުރެއްވުމުން، އެކަން ކުރަން މާލަސްވެއްޖެކަމުގެ ކަންބޮޑުވުން ވެސް ބައެއް ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.    

ހޮންގްކޮންގްދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮންކޮންގް ގެ އެޕާޓްމަންޓް ކޮމްޕްލެކްސް އެއް ގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި މަރުވި މީހުންގެ އަދަދު 44 އަށް އަރައި، ތިން ސަތޭކަ އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ

ހޮންކޮންގް ގެ އެޕާޓްމަންޓް ކޮމްޕްލެކްސް އެއް ގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި މަރުވި މީހުންގެ އަދަދު 44 އަށް އަރައި، ތިން ސަތޭކަ އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ

27 ނޮވެމްބަރު 2025
ހޮންކޮންގ ރަންވޭއިން ކައްސާލައިގެން ކާގޯ މަތިންދާބޯޓެއް މޫދަށް ވެއްޓި ދެމީހަކު މަރުވެއްޖެ

ހޮންކޮންގ ރަންވޭއިން ކައްސާލައިގެން ކާގޯ މަތިންދާބޯޓެއް މޫދަށް ވެއްޓި ދެމީހަކު މަރުވެއްޖެ

20 އޮކްޓޯބަރު 2025
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު