Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންސާނީ ވަގުފާރި ހުއްޓުވުން

ރާއްޖެއާ ސްރީލަންކާއާ ދެމެދު އިންސާނީ ވަގުފާރި ހުއްޓުވުމުގެ އެއްބަސްވުމެއް

މި އެއްބަސްވުމުގެ ދަށުން ދެ ގައުމު ގުޅިގެން އިމިގްރޭޝަންގެ އިންސާނީ، ފަންނީ އަދި ޓެކްނޮލޮޖީގެ ގާބިލްކަން އިތުރުކުރުމަށް މަސައްކަތް ކުރާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 ފެބުރުއަރީ 2023 | ހޮނިހިރު 09:45
ރާއްޖެއާ ސްރީލަންކާއާ ދެމެދު އިންސާނީ ވަގުފާރި ހުއްޓުވުމުގެ އެއްބަސްވުމެއް އެކުލަވައިލުން

ރާއްޖެއާ ސްރީލަންކާއާ ދެމެދު އިންސާނީ ވަގުފާރި ހުއްޓުވުމުގެ އެއްބަސްވުމެއް އެކުލަވައިލުން

ރާއްޖެއާ ސްރީލަންކާއާ ދެމެދު, އިންސާނީ ވަގުފާރި ހުއްޓުވުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ލަންކާގައި އޮތް ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ލަންކާއާއި ރާއްޖޭގެ ހާރިޖީ ވަޒީރުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިމިގްރޭޝަން ކޮންޓްރޯލަރ، މުހައްމަދު އަހްމަދު ހުސައިން (ހަނަފީ)އެވެ. އަދި ލަންކާ ލަންކާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ލަންކާގެ އިމިގްރޭޝަން ކޮންޓްރޯލަރ، ނިހާލް ރަނަސިންގާއެެވެ. ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، މި އެއްބަސްވުމާއެކު ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން ދެ ގައުމުގެ އިދާރާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށެވެ. އަދި މި ކުރިއެރުމަކީ އިމިގްރޭޝަން ދައިރާއަށް އާ ހަރުފަތެއްކަން ފާހަގަކުރައްވައި ޝާހިދު ވަނީ އެކަމަށް މަރުހަބާ ދަންނަވާފައެވެ.

Advertisement - newsAdvertisement

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މިފަދަ އެއްބަސްވުމެއް އެކުލަވާލުމަށް ނިންމާފައިވާކަން ވަނީ އިއުލާންކޮށްފައެވެ. ލަންކާގެ ސަރުކާރުން ބުނިގޮތުގައި މި އެއްބަސްވުމުގެ ދަށުން އިންސާނީ ވަގުފާރި ހުއްޓުވުމަށް މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން ބްލެކްލިސްޓް ކޮށްފައިވާ މީހުންނަށް ރާއްޖެއާ ލަންކާއާ ދެ ގައުމަށް އެތެރެ ނުވެވޭ ގޮތް ހަމަޖެއްސުމާއި، ގާނޫނާއި ގަވައިދާ ޚިލާފަށް މީހުން އެތެރެވުން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރަން ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން، ދެ ގައުމު ގުޅިގެން އިމިގްރޭޝަންގެ އިންސާނީ، ފަންނީ އަދި ޓެކްނޮލޮޖީގެ ގާބިލްކަން މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

އިންސާފުން ނޫން ގޮތަށް އެއްދުވަހު ޖަލުގައި އޮތުމަކީ ލާއިންސާނީވުން: މާރިޔާ

02 މެއި 2017
އިންސާފުން ނޫން ގޮތަށް އެއްދުވަހު ޖަލުގައި އޮތުމަކީ ލާއިންސާނީވުން: މާރިޔާ
15 އެޕްރީލު 2017

‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!

15 އެޕްރީލު 2017
‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!
08 އެޕްރީލު 2017

ޑިމޮކްރަސީ، އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އދ އިން ގޮވާލައިފި

08 އެޕްރީލު 2017
ޑިމޮކްރަސީ، އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އދ އިން ގޮވާލައިފި
07 އެޕްރީލު 2017

ޖަރުމަނީން ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށްފި

07 އެޕްރީލު 2017
ޖަރުމަނީން ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށްފި
30 މާރިޗު 2017

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު