Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާ

ހަމްޕުއާއި ދާދުވެސް މާޒިޔާގެ އެއްބަސްވުން އައުކޮށްފި

ހަމްޕުއާއި ދާދު ވަނީ އިތުރު ތިން އަހަރު އެ ކުލަބުގައި މަޑުކުރުމަށް ނިންމާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ފެބުރުއަރީ 2023 | ހޮނިހިރު 07:22
މާޒިޔާގެ އެއްބަސްވުން އައުކުރި ހަމްޕުއާއި ދާދު

މާޒިޔާގެ އެއްބަސްވުން އައުކުރި ހަމްޕުއާއި ދާދު

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އަންނަ ހަމްޒާ މުހައްމަދު (ހަމްޕު)އާއި ނާއިޒް ހަސަން (ދާދު) އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.

ދެ ކުޅުންތެރިންވެސް މާޒިޔާ އެއްބަސްވުން އައުކޮށްފައިވާކަން އެ ކުލަބުން ހާމަކުރީ ހޮނިހިރު ދުވަހުއެވެ. ހަމްޕުއާއި ދާދު ވަނީ އިތުރު ތިން އަހަރު އެ ކުލަބުގައި މަޑުކުރުމަށް ނިންމާފައެވެ. މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ ހަމްޕު މާޒިޔާއާ ގުޅުނީ 2019 ވަނަ އަހަރުއެވެ. ދާދު އަންނަނީ 2018 ވަނަ އަހަރުން ފެށިގެން މާޒިޔާއަށް ކުޅެމުންނެވެ. މި ދެ ކުޅުންތެރިންގެ އިތުރުން އެހެން ކުޅުންތެރިންވެސް ވަނީ މާޒިޔާގެ އެއްބަސްވުން އައުކޮށްފައެވެ.

މާޒިޔާއިން އިއުލާނު ނުކުރިނަމަވެސް ޓީމު އިތުރަށް ވަރުގަދަކުރުމަށް ގައުމީ ޓީމުގެ ކުޅުންތެރިންތަކެއްގެ ސޮއިވެސް ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި އަލީ ފާސިރު (ސެންޓޭ)އާއި، ކީޕަރު މުހައްމަދު ފައިސަލާއި ޑިފެންޑަރ ހުސެއިން ޝިފާއު ޔޫސުފާއި، އަހުމަދު ނުއުމާން އަދި ފޯވާޑް ހަންނަ ހިމެނެއެވެ. ކުރިއަށް އޮތް ސީޒަންގައި މާޒިޔާއިން ނުފެންނާނެ ކުޅުންތެރިންގެ ތެރޭގައި މިޑްފީލްޑަރު އިބްރާހީމް ވަހީދު ހިމެނެއެވެ. ކެޕްޓަން އަސަދުﷲ އަބްދުﷲ ކްލަބްގައި މަޑުކުރާކަން ކަށަވަރެއް ނޫނެވެ.

މިއަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ނިންމާފައިވަނީ އަންނަ މާޗު މަހުއެވެ.

އިތުރަށް ކިޔާލަން

06 ޖުލައި 2017

އެފްއޭއެމުން މާޒިޔާގެ ތިން އޮފިޝަލަކަށް ފިޔަވަޅު އަޅައިފި

06 ޖުލައި 2017
އެފްއޭއެމުން މާޒިޔާގެ ތިން އޮފިޝަލަކަށް ފިޔަވަޅު އަޅައިފި
06 ޖުލައި 2017

އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

06 ޖުލައި 2017
އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި
13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
04 އެޕްރީލު 2017

ފަހު ސިކުންތުގައި މާޒިޔާގެ މައްޗަށް ބެންގަލޫރު އެފްސީ ކުރިހޯދައިފި

04 އެޕްރީލު 2017
ފަހު ސިކުންތުގައި މާޒިޔާގެ މައްޗަށް ބެންގަލޫރު އެފްސީ ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު