Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕެޝާވަރު ބޮންގޮއްވާލުން

ޕާކިސްތާނު މިސްކިތުގައި ބޮން ގޮއްވާލި މީހާ ދިޔައީ "ޑްރާމާ ޖައްސަމުން"

ބޮމުގެ ހަމަލާއަކީ، މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެ ސަރަޙައްދުގައި ދިން އެފަދަ އެންމެ ވަރުގަދަ ހަމަލާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 3 ފެބުރުއަރީ 2023 | ހުކުރު 06:57
ޕާކިސްތާނު މިސްކިތުގައި ބޮން ގޮއްވާލި ހާދިސާގައި 100ށް ވުރެ ގިނަ މީހުން މަރުވި

ޕާކިސްތާނު މިސްކިތުގައި ބޮން ގޮއްވާލި ހާދިސާގައި 100ށް ވުރެ ގިނަ މީހުން މަރުވި

ޕާކިސްތާނު ފުލުހުންގެ ތެރެއިން ދަށް އަދި މެދު ފަންތީގެ ރޭންކުތަކުގެ ފުލުހުންނާއި އެމީހުންގެ ޢާއިލާތަކުން ދިރިއުޅެމުންދާ ޕެޝާވަރުގެ ޕޮލީސް ލައިންސް ޑިސްޓްރިކްޓްގެ މިސްކިތެއްގައި ޖެނުއަރީ 30 ވަނަ ދުވަހު ބޮމުގެ ވަރުގަދަ ހަމަލާއެއް ދިން މީހާއާ ބެހޭ ގިނަ މަޢުލޫމާތުތަކެއް އާންމު ކޮށްފިއެވެ.

100 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި ދިޔަ އެ ހާދިޘާގައި ބޮން ގޮއްވާލި މީހާ ހުރީ ފުލުހުންގެ ޔުނީފޯމެއް އަޅައިގެން ކަމަށާއި، ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ ކޮށްފައިވާ ސަރަޙައްދުގެ ތެރެއަށް އޭނާ ވަދެގެން ދިޔައީ ސައިކަލެއްގައި ކަމަށް، ޕްރޮވިންޝަލް ޕޮލީސް ޗީފް ވަނީ ފެބުރުއަރީ 2 ވަނަ ދުވަހު ވިދާޅުވެފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، ޚައިބަރު ޕަޝްތުންޚްވާ ޕްރޮވިންސްގެ ޕޮލީސް ޗީފް، މުޢައްޒަމް ޖާހް އަންޞާރީ ވިދާޅުވީ، ޖެނުއަރީ 30 ވަނަ ދުވަހު ބޮން ގޮއްވާލި މީހަކީ، ހަތިޔާރު އެޅި، ހަނގުރާމަވެރި ނެޓްވަރކެއްގެ މެންބަރެއްކަން މިހާރު ދެނެގަނެވިފައި ވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ މަންޒަރުތައް ސިފަކޮށްދެއްވަމުން އަންޞާރީ ވިދާޅުވީ، ޕޮލިސް ލައިންސް ޑިސްޓްރިކްޓްގެ މައި ޗެކްޕޮއިންޓްގެ ތެރެއިން، ބޮން ގޮއްވާލި މީހާ، ސައިކަލުގައި ވަދެގެން ދިޔައިރު އިނީ ހެލްމެޓްއަކާއި މާސްކެއްވެސް އަޅައިގެން ކަމަށެވެ. ސައިކަލު ޕާކު ކުރުމަށްފަހު، މިސްކިތައް ދެވެން އޮތް މަގަކީ ކޮބައިތޯ ސުވާލު ކުރުމަށްފަހު، މިސްކިތައް ދިޔައީ ފައި މަގުގައި ކަމަށްވެސް އަންޞާރީ ވިދާޅުވިއެވެ.

ބޮން ގޮއްވާލި މީހަކީ ފުލުހުންގެ ފައުޖުގެ މެންބަރެއް ކަމަށް، މައި ދޮރޯށީގައި ތިބި ފުލުހުންގެ ގާޑުންނަށް ޤަބޫލު ކުރެވުނު ކަމަށާއި، އެހެން ކަމުން ބޮން ގޮއްވާލި މީހާ ޗެކް ކޮށްފައި ނުވާ ކަމަށް އަންޞާރީ ވިދާޅުވިއެވެ. އަންޞާރީ ވަނީ އެ ފެއިލްވުމުގެ ޒިންމާ އުފުއްލަވާފައެވެ.

އަފްޣާނިސްތާނާ ޕާކިސްތާނު ހިއްސާ ކުރާ ބޯޑަރާއި ދާދި ކައިރީގައި އޮންނަ ޕޮލީސް ލައިންސް ޑިސްޓްރިކްޓްގައި ދިން ބޮމުގެ ހަމަލާއަކީ، މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެ ސަރަޙައްދުގައި ދިން އެފަދަ އެންމެ ވަރުގަދަ ހަމަލާއެވެ. މި ދަނޑިވަޅަކީ، ޕާކިސްތާނުގައި އެ ޤައުމުގެ ފުލުހުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންދާ މިންވަރު، އިތުރު ވެފައި ވާ ދަނޑިވަޅެކެވެ.

ޖެނުއަރީ 30 ވަނަ ދުވަހު ބޮން ގޮއްވާލީ މެންދުރު ނަމާދަށް ހަމަ ފެށިތަނާއެވެ. އޭރު، އެތައް ސަތޭކަ ބަޔަކު ނަމާދުގެ ޖަމާޢަތުގައި ތިއްބެވެ. ބޮމުގެ ޙަމަލާގައި ޒަޚަމްވި މީހުންގެ ޢަދަދު 170 އަށް އަރައެވެ. މަރުވި 100 މީހުންގެ ތެރެއިން 97 މީހުންނަކީ ފުލުހުން ކަމަށް މަޢުލުމާތު ލިބެއެވެ. ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވީ، ބޮން ގޮއްވާލި މީހާ އެ ޖަރީމާ ހިންގީ ނަމާދު ޖަމާޢަތުގެ އެންމެ ފުރަތަމަ ސަފުގައި ހުރެގެން ކަމަށެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި

05 މާރިޗު 2017
ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
16 ފެބުރުއަރީ 2017

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު