Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އޯޓީއެމް މުމްބާއީ

އިންޑިއާގެ މާކެޓުގައި މަޤުބޫލުކަން އިތުރުކުރުމަށް އެމްއެމްޕީއާރުސީ އެނބުރި އޯޓީއެމް މުމްބާއީއަށް

މި ހަރަކާތް ކުރިއަށްދަނީ ފެބްރުއަރީ މަހުގެ 2 އިން 4 އަށް މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2023 | ހުކުރު 04:24
އިންޑިއާ މާކެޓްގައި ރާއްޖޭގެ މަގްބޫލުކަން އިތުރުކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުން

އިންޑިއާ މާކެޓްގައި ރާއްޖޭގެ މަގްބޫލުކަން އިތުރުކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުން

އިންޑިއާގެ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ އިތުރަށް ވަރުގަދަކޮށް، ހަރުދަނާކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި 64 އިންޑަސްޓްރީ މަންދޫބުންގެ ޓީމެއް އޯޓީއެމް މުމްބާއީގައި ބައިވެރިވެއްޖެއެވެ.

މި ހަރަކާތް ކުރިއަށްދަނީ ފެބްރުއަރީ މަހުގެ 2 އިން 4 އަށް މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައެވެ.

Advertisement - businessAdvertisement

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ހާއްސަކޮށް ބާއްވާ ތިން ދުވަހުގެ މި އިވެންޓަކީ ފަތުރުވެރިކަމުގެ ހިދުމަތްތައް ވިއްކާ އަދި ގަންނަ ޕްރޮފެޝަނަލް ފަރާތްތަކަށް ހާއްސަކޮށް، އިންޑިއާގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ. މި އިވެންޓަކީ އިންޑިއާ އާއި އެ ގައުމުން ބޭރުގެ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާ ބައްދަލުކޮށް، މިހާރު ހުރި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ހުރިހާ ފަރާތަކަށް ވެސް ފައިދާ ހުރި އައު ގުޅުންތައް އުފެއްދުމުގެ ފުރުސަތު އެގްޒިބިޓަރުންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާ އިވެންޓެކެވެ. މި ފެއަރގައި އެމްއެމްޕީއާރުސީ އާއެކު އިންޑަސްޓްރީގެ 34 ކުންފުންޏަކުން ޖުމްލަ 64 މަންދޫބުން ބައިވެރިވެއެވެ.

އެމްއެމްޕީއާރުސީގެ އަމާޒަކީ މި އިވެންޓް މެދުވެރިކޮށް އިންޑިއާ މާކެޓުގެ ޓްރެވަލް ޓްރޭޑާ ގުޅުން ބަދަހިކޮށް، ރާއްޖޭގެ އެންމެ ފަހުގެ އަޕްޑޭޓްތަކާއި، ރާއްޖޭގެ ޕްރޮޑަކްޓްތަކާއި، ހިދުމަތްތަކާއި، ތަޖުރިބާތަކުގެ މައުލޫމާތު ހިއްސާކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ. މި ހަރަކާތަކީ އިންޑަސްޓްރީ ޕާޓްނަރުންނަށް އެ ފަރާތްތަކުގެ ވަކިވަކި އުފެއްދުންތަކާއި ޕްރޮޕަޓީތައް ޕްރޮމޯޓް ކުރުމުގެ ފުރުސަތު ވެސް ފޯރުކޮށްދޭ ހަރަކާތެކެވެ.

މި ފެއަރގައި ހާއްސަ ގުރުއަތުލުމެއް ބާއްވާ، ދެ ނަސީބުވެރިއަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ރެފަލްތައް ސްޕޮންސަރކޮށްފައިވަނީ އަދާރަން ކްލަބް ރަންނާޅި އަދި ފުރާވެރި މޯލްޑިވްސްއިންނެވެ. މި ރެފަލްގައި ބައިވެރިވެވޭނީ ފެއަރއަށް ދާ ފަރާތްތަކުން ސަރވޭ ފޯމެއް ފުރައިގެންނެވެ. އަދި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށް ސްޓޭންޑުގައި، ތްރީސިކްސްޓީ-ރިވޮލްވިން ކެމެރާ ޓެކްނޮލޮޖީ މެދުވެރިކޮށް ފޮޓޯ އާއި ވީޑިއޯ ނެގުމަށް ހާއްސަ ބޫތެއް ވަނީ ގާއިމްކުރެވިފައެވެ. މީގެ ޒަރިއްޔާއިން ރާއްޖޭގެ ރީތިކަން ފެންނަފަދަ ފޮޓޯއާއި ވީޑިއޯ ނެގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މިދިޔަ އަހަރު އިންޑިއާ ވެގެންދިޔައީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޓޮޕް ސޯސް މާކެޓަށެވެ. އެގޮތުން 31 ޑިސެމްބަރު 2022 ގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 241،369 ފަތުރުވެރިން އައިސްފައިވާއިރު، މިއީ އަހަރުގެ މުޅި ޖުމްލަ އެރައިވަލްސްގެ %14.4 މާކެޓް ހިއްސާއެވެ.

ރާއްޖޭގެ މަގުބޫލުކަން މި މާކެޓުގައި ދެމެހެއްޓުމަށް އެމްއެމްޕީއާރުސީއިން ވަނީ މިދިޔަ އަހަރު މި މާކެޓަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. މި މާކެޓަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް މި އަހަރުވެސް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ ވިސްތާރާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

އިންޑިއާގެ ވިސްތާރާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

04 މާރިޗު 2021
އޮކްޓޯބަރުގެ ނިޔަލަށް 94 އިންސައްތަ ރިސޯޓް ހުޅުވިގެންދާނެ: އެމްއެމްޕީއާރުސީ

އޮކްޓޯބަރުގެ ނިޔަލަށް 94 އިންސައްތަ ރިސޯޓް ހުޅުވިގެންދާނެ: އެމްއެމްޕީއާރުސީ

19 ސެޕްޓެމްބަރު 2020
އެއަރ އިންޑިއާގެ ޝެޑިއުލް ދަތުރުތައް އަލުން ފަށައިފި

އެއަރ އިންޑިއާގެ ޝެޑިއުލް ދަތުރުތައް އަލުން ފަށައިފި

25 އޯގަސްޓު 2020
އެމްއެމްޕީއާރުސީ އިން ވެބިނަރ އެއް ބާއްވައިފި

އެމްއެމްޕީއާރުސީ އިން ވެބިނަރ އެއް ބާއްވައިފި

27 އެޕްރީލު 2020
ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ތައްޔާރުވުމަށް އެމްއެމްޕީއާރުސީން ވެބިނާރ އެއް ބާއްވަނީ

ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ތައްޔާރުވުމަށް އެމްއެމްޕީއާރުސީން ވެބިނާރ އެއް ބާއްވަނީ

25 އެޕްރީލު 2020

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު