Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޓްރެވަލް ބުލެޓިން އިންޑިއަން އޯޝަން ޝޯކޭސް

ޓްރެވަލް ބުލެޓިން އިންޑިއަން އޯޝަން ޝޯކޭސް 2023ގައި ދިވެހިރާއްޖެ ޕްރޮމޯޓުކޮށްފި

އެމްއެމްޕީއާރުސީއިން ވަނީ މިތަނަށް ޒިޔާރަތްކުރި ފަރާތްތަކާއެކު 30 މިނެޓުގެ ބީ2ބީ ނެޓްވޯކިންގ ސެޝަންއެއް ކުރިއަށް ގެންގޮސްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ފެބުރުއަރީ 2023 | ހުކުރު 03:57
ޓްރެވަލް ބުލެޓިން އިންޑިއަން އޯޝަން ޝޯކޭސް 2023ގެ ތެރެއިން

ޓްރެވަލް ބުލެޓިން އިންޑިއަން އޯޝަން ޝޯކޭސް 2023ގެ ތެރެއިން

އިނގިރޭސިވިލާތުގެ އެސެކްސްގެ ޗެލްމްސްފޯޑް ސިޓީގައި ބޭއްވި ޓްރެވަލް ބުލެޓިން އިންޑިއަން އޯޝަން ޝޯކޭސް 2023ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި އޮފަރތައް ޕްރޮމޯޓްކޮށްފިއެވެ.

10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޔޫކޭގެ ޓްރެވަލް ބުލެޓިން އަކީ ޓްރެވަލް އެޖެންޓުންނަށް އަމާޒުކޮށް ފަތުރުވެރިކަމުގެ ޚަބަރުތަކާއި ތަމްރީނުތަކާއި ނެޓްވޯކިން އިވެންޓްތައް އިންތިޒާމްކޮށް، ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް އަދި އެކްސްޕީރިއަންސް (މަންޒިލްތައް ހިމެނޭހެން) ޕްރޮމޯޓްކުރުމުގެ ފުރުސަތު ފަހިކޮށްދޭ ބަޔެކެވެ. މިގޮތުން ޓްރެވަލް ބުލެޓިން އިންޑިއަން އޯޝަން ޝޯކޭސް 2023 ހަރަކާތަކީ ފަތުރުވެރިކަމުގެ ހިދުމަތްތައް ގަނެވިއްކާ ފަރާތްތަކުން އެއްތަނަކުން ބައްދަލުކޮށް، ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، ނެޓްވޯކް ކުރުމުގެ ފުރުސަތު ފޯރުކޮށްދޭ ހަރަކާތެކެވެ. މި ހަރަކާތުގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ އެމްއެމްޕީއާރުސީއިން ޔޫކޭއަށް ކަޑައަޅާފައި ހުންނަ ޕީއާރު އެޖެންސީއިންނެވެ.

މި ހަރަކާތް ފެށުމުގެ ކުރިން އެމްއެމްޕީއާރުސީއިން ވަނީ މިތަނަށް ޒިޔާރަތްކުރި ފަރާތްތަކާއެކު 30 މިނެޓުގެ ބީ2ބީ ނެޓްވޯކިންގ ސެޝަންއެއް ކުރިއަށް ގެންގޮސްފައެވެ. އަދި އިވެންޓުގެ ތެރެއިން، އަށަކާއި ދިހައަކާ ދެމެދުގެ އަދަދަކަށް ކޮންމެ ގްރޫޕެއްގައި ޓްރެވެލް އެޖެންޓުން ހިމެނޭ ގޮތަށް، ފެއަރގައި ބައިވެރިވި ޓްރެވަލް އޭޖެންޓުން ގްރޫޕްތަކަށް ބަހާލާ، މަންޒިލްގެ ޕްރެޒެންޓޭޝަން އާއި އެންމެ ފަހުގެ މައުލޫމަތު ރައުންޑް ޓޭބަލް ސެޓިންނެއްގައި، ސްޕީޑް ނެޓްވޯކިން ސްޓައިލްގައި ވަނީ ފޯރުކޮށްދީފައެވެ. މި ހަރަކާތުގެ ތެރެއިން ރޭގަނޑުގެ ޙާއްސަ ކެއުމެއްގެ އިތުރުން މި އިވެންޓްގެ ބައިވެރިންވަނީ ނަސީބުވެރި ފަރާތްތަކަކަށް ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތާއި ގިފްޓް ހެމްޕަރތައް، އަދި ގިފްޓް ވައުޗަރތައްވެސް އިވެންޓަށް ޒިޔާރަތްކުރި ފަރާތްތަކަށް ހަދިޔާކޮށްފައެވެ.

މި އިވެންޓުގައި އެމްއެމްޕީއާރުސީއިން ބައިވެރިވުމުގެ ބޭނުމަކީ މި ސަރަޙައްދުގެ މަތީ ފެންވަރުގެ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާ ބައްދަލުކޮށް، ނެޓްވޯކްކޮށް، މާކެޓުގައި ރާއްޖޭގެ ބްރޭންޑްގެ މަޤުބޫލުކަން ދަމަހައްޓާ ހަރުދަނާކުރުމާއި ރާއްޖެގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ހިދުމަތްތައް، އަދި ތަފާތު ތަޖުރިބާތަކުގެ އެންމެ ފަހުގެ މައުލޫއްމާތު ހިއްސާކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.

މިދިޔަ އަހަރު އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އެއް ޓޮޕް ސޯސް މާކެޓެވެ. މިގޮތުން 31 ޑިސެމްބަރު 2022 ގެ ނިޔަލަށް އިނގިރޭސިވިލާތުން ރާއްޖެއަށް 179،312 ފަތުރުވެރިން އައިސްފައިވާއިރު، މިއީ އަހަރުގެ މުޅި ޖުމްލަ އެރައިވަލްސްގެ %10.7 މާކެޓް ހިއްސާއެވެ. އެމްއެމްޕީއާރުސީއިން ވަނީ މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް 2022 ވަނަ އަހަރު ހިންގާފައެވެ. މިގޮތުން ޑަބްލިއުޓީއެމް ލަންޑަން 2022 ފަދަ ފެއަރތަކުގައި ބައިވެރިވުމާއި، އިނގިރޭސިވިލާތުގެ ލަންޑަން، މެންޗެސްޓާ އަދި ނިއުކާސަލްގައި ރޯޑްޝޯތަކެއް ވަނީ މިދިޔަ އަހަރު ބައްވާފައެވެ. އަދި ބްރިޓިޝް އެއަރވޭސްއާއެކު ޖޮންއިންޓް މާކެޓިންގ ކެމްޕޭނެއް ހިންގާ، ޓްރެވަލް އެޖެންޓުން، ޓުއަރ އޮޕަރޭޓަރުން އަދި މީޑިއާތަކާއެކު މާކެޓިންގ އަދި ބްރޭންޑް އެވެއަރނަސް ކެމްޕޭންތައް ހިންގުމުގެ އިތުރުން ފެމިލިއަރައިޒޭޝަން ދަތުރުތައް ވަނީ ހިންގާފައެވެ. މީގެއިތުރުން މި މާކެޓަށް އަމާޒުކޮށްގެން މިފަދަ ގިނަ ހަރަކާތްތަކެއް 2023 ވަނަ އަހަރު ކުރިއަށް ގެންދިއުމަށްވެސް ވަނީ ރާވާފައިވާކަމަށް ވެސް އެމްއެމްޕީއާރްސީއިން ބުނެއެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2018

މޯލްޑިވްސް ޝޯކޭސް ސްޕޮންސަރކުރުމުގެ ފުރުސަތު ހުޅުވާލައިފި

06 މާރިޗު 2018
މޯލްޑިވްސް ޝޯކޭސް ސްޕޮންސަރކުރުމުގެ ފުރުސަތު ހުޅުވާލައިފި
14 ފެބުރުއަރީ 2018

ޓްރެވަލް އެޑްވައިޒަރީތަކާ އެކު ފަތުރުވެރިންގެ މިސްރާބު އެހެން މަންޒިލްތަކަށް

14 ފެބުރުއަރީ 2018
ޓްރެވަލް އެޑްވައިޒަރީތަކާ އެކު ފަތުރުވެރިންގެ މިސްރާބު އެހެން މަންޒިލްތަކަށް
24 ނޮވެމްބަރު 2017

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑްތައް ދީފި

24 ނޮވެމްބަރު 2017
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑްތައް ދީފި
21 ނޮވެމްބަރު 2017

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް އެއްލައްކަ މީހުން ވޯޓް ދީފި

21 ނޮވެމްބަރު 2017
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް އެއްލައްކަ މީހުން ވޯޓް ދީފި
19 ނޮވެމްބަރު 2017

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން ބާއްވަނީ

19 ނޮވެމްބަރު 2017
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު