Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

އެމްޑީޕީގެ ޕްރައިމަރީގައި މައްސަލަ ހުރިކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރި: އެމްޑީޕީ

2 ފެބުރުއަރީ 2023 | ބުރާސްފަތި 06:37

ދާއިމީ ދައްކާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޕްރައިމަރީ ކާމިޔާބު ކުރެއްވީ 61 އިންސައްތަ ވޯޓުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 ފެބުރުއަރީ 2023 | ބުރާސްފަތި 06:37
އިންތިކާބާއި ބެހޭ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އިންތިކާބާއި ބެހޭ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދިޔަ އިރު އެމްޑީޕީގެ ޕްރައިމަރީގައި މައްސަލަ ހުރިކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރި ކަމަށް އެ ޕާޓީ އިން ބުނެފިއެވެ.

އެމްޑީޕީގެ ޗެއާރޕަރސަންގެ ނައިބު އަދި ޝަކުވާ ބަލާ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ އެ އިންތިޚާބާއި ގުޅޭގޮތުން ބުދަ ދުވަހުގެ ރޭގެ ނިޔަލަށް ހުށަހަޅާފައިވާ ހުރިހާ ޝަކުވާ އެއް ބަލާފައިވާ ކަމަށާއި ބުރާސްފަތި ދުވަހު ޝަކުވާ ހުށަހެޅި ހުރިހާ ފަރާތްތަކަށް ޖަވާބުދީ ނިމޭނެ ކަމަށެވެ. އެހެންނަމަވެސް ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދިޔަ އިރު އެ އިންތިޚާބުގެ ތެރޭގައި ނެތް މައްސަލަތަކެއް ހުރިކަމަށް ދައްކަން ބައެއް ފަރާތްތަކުން މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބައެއް ވޯޓު ފޮށިތަކަށް ވޯޓުލީ މީހުންގެ ތެރޭގައި ވޯޓާސް ލިސްޓުގައި ނުހިމެނޭ މީހުން ހިމެނޭ ކަމަށް ބުނެ، ބައެއް ދާއިރާތަކުގެ ވޯޓުލުން ހުއްޓުވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އެ ޝަކުވާތައް ބަލާލުމުން ވޯޓަރސް ލިސްޓުގައި ނަން ނުހިމެނޭ މީހަކު ވޯޓުލާފައި ނުވާކަން ޔަގީންވެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން މެދުކަނޑާލުމަށް މަޖުބޫރުވާ ގޮތަށް ކުރި ކަންކަމަކީ "ސީން އެއް ކްރިއޭޓް ކުރުން" ނުވަތަ މައްސަލަ އުޅޭ ކަަމަށް ދެއްކުމަށް ހިންގި އަމަލެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ. އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިންތިޚާބުތައް ބާއްވާ އިރު ވެސް ކަމެއް ގޯސްކޮށް ހިނގިކަމަށް ބެލެވުމުން ވަގުތުން ވޯޓުލުން ހުއްޓުވުމުގެ ބަދަލުގައި ސުލްހަވެރިކަމާއެކު މަސައްކަތްކުރުމަށް އިސްކަންދިނުން މުހިންމުކަމަށެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ޝަކުވާ ބަލާ ކޮމިޓީގެ މުޤައްރިރު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ ރަސްމީ ޕޯޓަލަށް 50 ޝަކުވާ ހުށަހަޅާފައިވާއިރު ފޯނަށް ލިބުނީ 10 ޝަކުވާ ކަމަށެވެ. އަދި ބޮޑަށް ފާހަގަވެފައި ހުރީ ވޯޓް ލިސްޓްގައި މެމްބަރުންގެ ނަން ނެތުމުގެ ޝަކުވާ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ފަހުން އޮންލައިންކޮށް އިތުރު ހަތަރު ޝަކުވާ ލިބިފައިވާ ކަމަށް ބުރާސްފަތި ދުވަހު އިބްރާހީމް ވަހީދު ވަނީ ވިދާޅުވެފައެވެ.

މި އިންތިހާބުގެ ދާއިމީ ނަތީޖާ ބުރާސްފަތި ދުވަހު އިޢުލާންކުރި އިރު ދާއިމީ ދައްކާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޕްރައިމަރީ ކާމިޔާބު ކުރެއްވީ 61 އިންސައްތަ ނުވަތަ 24،566 ވޯޓުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 38 އިންސައްތަ ނުވަތަ 15،641 ވޯޓެވެ. 57،255 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، މި އިންތިޚާބުގައި ޖުމްލަ ވޯޓުލާފައިވަނީ 40،887 މީހުންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް