Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނިމެނޭޖް ކުރުން

އައްޑޫ ސިޓީގައި ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރަނީ

1 ފެބުރުއަރީ 2023 | ބުދަ 13:29

ގޭބީސީ ތަކަށްގޮސް މައުލޫމާތު ދޭނެ ގޮތުގެ އަމަލީ ތަމްރީނު ސެޝަނެއްވެސް ޑަބްލިއުޑީސީ މެމްބަރުންނަށް ދިނުމަށް ވަނީ ރާވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ފެބުރުއަރީ 2023 | ބުދަ 13:29
އައްޑޫ ސިޓީ ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ތެރެއިން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރާނެ

އައްޑޫ ސިޓީ ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ތެރެއިން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރާނެ

އައްޑޫ ސިޓީގައި ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން އައްޑޫ ސިޓީގެ ޢާއްމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އައްޑޫ ސިޓީގައި އެކި ފަންތިތަކުގައާއި އެކި ފެންވަރުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ތަކެއް ހިންގުމުގެ މަޤްސަދުގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އިން އިސްނަގައިގެން އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި ގުޅިގެން ކުރިއަށްގެންދާ މަސައްކަތުގެ ފަހުމުނާމާގައި ސޮއި ކޮށްފައިވާ ކަމަށެވެ.

މި ރަސްމިޔާތުގައި ސޮއި ކުރައްވާފައި ވަނީ މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަންސާރު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން މެނޭޖިންގް ޑިރެކްޓަރ، ޔޫސުފް ސިރާޖް އަދި އައްޑޫ ސިޓީގެ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީގެ ފަރާތުން ރައީސާ، ނުސްރަތު ރަޝީދުއެވެ.

މި ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީގެ ޑަބްލިއުޑީސީގެ ހުރިހާ މެންބަރުންނަށް އަމާޒުކޮށްގެން 3 ދުވަހުގެ މުއްދަތައް (ޓްރެއިނިންގ އޮފް ދަ ޓްރެއިނަރސް) ޓީ.އޯ.ޓީ ސެޝަނެއް ހިންގޭނެވެ. މި ސެޝަންތަކުގައި ކުނި މެނޭޖް ކުރުމުގެ ޤާނޫނާއި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމުގެ އިތުރުން ސިންގަލް ޔޫސް ޕްލާސްޓިކު ދިވެހިރާއްޖޭގައި މަދުކުރުމަށް ކުރެވެމުންދާ މަސައްކަތާ ގުޅޭ ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

މީގެ އިތުރުން އައްޑޫގެ ކުނި މެނޭޖްކުރުމުގައި ގެންގުޅޭ ނިޒާމާއި އައްޑޫ ސިޓީގައި ކުނި މެނޭޖްކުރުމަށް ވެމްކޯ އިން ކުރެވުމުންދާ މަސައްކަތުގެ އިތުރުން އައްޑޫ ސިޓީގައި މިނިސްޓްރީން ހިންގާ ސަރަހައްދީ ފެންވަރުގެ ޕްރެޖެކްޓްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލަށް ފަރުމާކުރެވެމުންދާ އައްޑޫ ސިޓީގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ޒިޔާރަތްކޮށް މި މަސައްކަތާއި ގުޅޭ މައުލޫމާތުވެސް ދިނުމަށްވެސް ވަނީ ރާވާފައެވެ.

މި ޓީއޯޓީ ސެޝަންގެ ތެރޭގައި އައްޑޫގެ ގޭބީސީ ތަކަށްގޮސް މައުލޫމާތު ދޭނެ ގޮތުގެ އަމަލީ ތަމްރީނު ސެޝަނެއްވެސް ޑަބްލިއުޑީސީ މެމްބަރުންނަށް ދިނުމަށް ވަނީ ރާވާފައެވެ. މި ޓީއޯޓީ ސެޝަންތަކަށް ފަހު ޑަބްލިއުޑީސީ މެމްބަރުން ގެ ފަރާތުން އެކުލަވާލާ ވަކި ޙާއްސަ ޕްލޭންއެއްގެ ދަށުން އައްޑޫ ސިޓީގެ ގޭބީސީތަކަށް ދޮރުން ދޮރަށް މި މައުލޫމާތު ދިނުމަށް ވެސް މި ޕްރޮގްރާމް ގެ ދަށުން ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް ހިންގޭނީ މިނިސްޓްރީން މުޅިރާއްޖެއަށް އަމާޒުކޮށް ހިންގާ "ފަސްގަނޑު" ކެމްޕޭންގެ އިތުރުން ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރުމަށް ހިންގާ "ޕްލާސްޓިކާނުލައި" ކެމްޕޭންގެ ދަށުންނެވެ. ކުނިން ނަފާ ލިބޭ ގޮތުގައި ކުނިމެނޭޖްކުރުމަކީ މިސަރުކާރުން ޙާއްސަ އިސްކަމެއްދެއްވައިގެން ކުރަމުންދާ މަސައްކަތަކެވެ. މިކަމަކީ ރާއްޖޭގެ ރައްޔިތުންގެ ދުޅަހެޔޮ ސިއްޙަތަށާއި ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި އެންމެ ފައިދާ ކުރަނިވި އެއްކަންތަކެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް