Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ އެކްސްކޯއަށް

އޭއެފްސީގެ އެކްސްކޯއަށް ބައްސާމް އިންތިޚާބުކޮށްފި

ބައްސާމްގެ ދައުރު ނިމޭނީ 2017 ވަނަ އަހަރު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 1 ފެބުރުއަރީ 2023 | ބުދަ 13:03
ބައްސާމް އަދީލް ޖަލީލް

ބައްސާމް އަދީލް ޖަލީލް

އޭޝިޔަން ފުޑްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އެކްސްކޯއަށް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އިންތިޚާބުކޮށްފިއެވެ.

އޭއެފްސީގެ އެކްސްކޯ ނުވަތަ އެގްޒެކްޓިވް ކޮމިޓީއަށް ބައްސާމް އިންތިޚާބުކުރީ މިއަދު ބަހުރެއިންގައި އޮތް އެޖަމާއަތުގެ 33 ވަނަ ކޮންގްރެސްގައެވެ. އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީގެ ގޮނޑިއެއް ބައްސާމަށް ލިބިވަޑައިގަތީ 2027 ވަނަ އަހަރާ ހަމައަށެވެ. އޭޝިޔާގެ ފުޓްބޯޅައިގެ މުހިއްމު ނިންމުންތައް ނިންމާ އެގްޒެކްޓިވް ކޮމިޓީގައި ބައްސާމް އަދީލް ޖަލީލް މަސައްކަތްކުރައްވާނީ 2023-2027އަށެވެ. މީގެ ކުރިން އެފްއޭއެމްގެ ދެ ރައީސުން ވަނީ އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީއަށް އިންތިޚާބުވެ, މަސައްކަތްކުރައްވާފައެވެ. އެއީ އެފްއޭއެމްގެ ފުރަތަމަ އިންތިޚާބީ ރައީސް އަލީ އާޒިމާއި މުހައްމަދު ޝަވީދެވެ.

ބައްސާމް އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީގެ ގޮނޑިއެއް ކާމިޔާބުކުރެއްވިއިރު ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮތީ ބޮޑު އަޑިގަނޑަކަށް ވެއްޓިފައެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަން އެންމެ ފަހުން ނިމުނުތާވެސް ހަ މަސްދުވަސް ވަނީއެވެ. އާސީޒަން ފަށާނެކަމަށް މައުލޫމާތުލިބިފައިވަނީ އަންނަ މާރޗް މަހުގެ ތެރޭގައެވެ. އަދި ބިދޭސީ ކޯޗުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ފީފާއިން ދަނީ އަންގަމުންނެވެ. ރާއްޖޭގެ ކޯޓްތަކުންވެސް އެފްއޭއެމްގެ މައްޗަށް ފައިސާ ދެއްކުމުގެ ހުކުމް ދަނީ ކުރަމުންނެވެ.

ބައްސާމް އެފްއޭއެމްގެ ރައީސްކަމަށް ފުރަތަމަ އިންތިޚާބުވެވަޑައިގަތީ 2016 ވަނަ އަހަރުއެވެ. މިއީ ބައްސާމްގެ ދެވަނަ ދައުރެވެ. 2016 ވަނަ އަހަރުގެ ކުރިން އޭނާ ހުންނެވީ އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީގެ މަގާމްގައެވެ. 2003 ވަނަ އަހަރު ވެލެންސިޔާގެ ކުޅުންތެރިއެއްގެ ގޮތުގައި ފުޓްބޯޅައިގެ ތެރެއަށް ވެންނެވުމަށްފަހު, އެ ކްލަބްގެ އިދާރީ މަސައްކަތްތައް ބެލެހެއްޓެވިއެވެ. އަދި ފަހުން ވެލެންސިޔާގެ ނައިބު ރައީސްކަންވެސް ކުރެއްވިއެވެ. މިހާރުވެސް (ކަރުދާހުން ފެންނަން ނެތްނަމަވެސް) ވެލެންސިޔާ ހިންގަނީ ބައްސާމްގެ ބެއްލެވުމުގެ ދަށުންނެވެ.

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2017

ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި

25 ޑިސެމްބަރު 2017
ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި
28 ނޮވެމްބަރު 2017

ފަލަސްތީން މެޗަށް ވަގުތު ހޯދަން އުޅުނިން، ބައްސާމް އަޅާ ނުލެއްވި: ގައުމީ ކޯޗު

28 ނޮވެމްބަރު 2017
ފަލަސްތީން މެޗަށް ވަގުތު ހޯދަން އުޅުނިން، ބައްސާމް އަޅާ ނުލެއްވި: ގައުމީ ކޯޗު
12 ޖުލައި 2017

އޭއެފްސީގެ މާކެޓިން ކޮމެޓީގެ ޗެއާޕާސަނަކަށް ޝަވީދު އައްޔަންކުރައްވައިފި

12 ޖުލައި 2017
އޭއެފްސީގެ މާކެޓިން ކޮމެޓީގެ ޗެއާޕާސަނަކަށް ޝަވީދު އައްޔަންކުރައްވައިފި
21 މެއި 2017

ބައްސާމް އާއި އެފްއޭއެމް ބަދުނާމުކުރުމަށް ހިންގާ އަމަލު އެ އިދާރާ އިން ކުށްވެރިކޮށްފި

21 މެއި 2017
ބައްސާމް އާއި އެފްއޭއެމް ބަދުނާމުކުރުމަށް ހިންގާ އަމަލު އެ އިދާރާ އިން ކުށްވެރިކޮށްފި
02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު