Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔޯގާ ދުވަހުގެ ހަމަނުޖެހުން

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝެއިހް ނިޝާންއާއި ފަޒްލޫން އެދުނީ ޝަރީއަތް ލައިވްކޮށްދޭން

ކްރިމިނަލް ކޯޓުގައި މި މައްސަަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ފެބުރުއަރީ 2023 | ބުދަ 04:50
ޝެއިހް އާދަމް ނިޝާންއާއި، ޝެއިހް މުހައްމަދު ފަޒްލޫނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން

ޝެއިހް އާދަމް ނިޝާންއާއި، ޝެއިހް މުހައްމަދު ފަޒްލޫނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން

ޔޯގާ ހަރަކާތުގައި ހަމަނުޖެހުން އުފެއްދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝެއިހް އާދަމް ނިޝާންއާއި، ޝެއިހް މުހައްމަދު ފަޒްލޫނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އެމީހުންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

މި މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުވަލިބޭ ފަރާތްތަކުން ވަނީ ވަކީލެއްގެ ފުރުސަތަކަށް އެދިފައެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި އެ ދެމީހުންގެ ވަކީލު ބުނީ، މައްސަލައާ ގުޅޭ ލިއެކިއުންތައް ލިބިފައިވާ ކަމަށާއި، ދައުވާއަށް ޖަވާބުދާރީ ވުމުގެ ކުރިން ލިއެކިއުންތައް ދިރާސާ ކުރަން ބޭނުންވާ ކަމަށެވެ.

މައްސަަލަ ދިރާސާ ކުރުމަށް ވަގުތު ދެއްވުމަށް ދައުލަތުގެވެސް އިއުތިރާޒެއް ނެތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. ދިފާއީ ވަކީލު ވަނީ މިއީ އާންމު މަސްލަޙަތުވެސް ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވައި، މި މައްސަލަ ލައިވް ކޮށްގެން ކުރިއަށް ގެންދިއުމަށްވެސް އެދިލައްވާފައެވެ.

އެކަމާ ގުޅޭގޮތުން ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މާރޗު 13 ގައި ކަމަށް ގާޒީ ވިދާޅުވިއެވެ.

މި މުޅި މައްސަލައާ ގުޅިގެން ދައުލަތުން 18 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވާއިރު، ހެކި ރައްކާތެރި ކުރުމުގެ އަމުރު ހުށައަޅާފައިވަނީ އެ އެންމެންގެ މައްޗަށް އެކުއެކީގައެވެ. ވުމާއެކު ދައުލަތުން ވަނީ އެ ބައި ކުރިއަށް ގެންދަވާއިރު، އެންމެންގެ ބައިވެސް އެކުގައި ކުރިއަށް ގެންދިއުމަށް އެދިލައްވާފައެވެ.

މި ދެ ޝެއިޚުން ވެސް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އަދި ޤަވާއިދުގެ 5 ވަނަ މާއްދާގެ (ޅ) އާ ޚިލާފުވެފައި ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން ވަނީ އެ ފަރާތްތަކުގެ ދީނީ ތަޤުރީރު ކުުރުމުގެ ހުއްދަވެސް ހިފަހައްޓާފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު