Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނައުން

މުދަލު ޒަކާތުގެ ނިޞާބު ބޮޑުކޮށްފި

31 ޖެނުއަރީ 2023 | އަންގާރަ 10:43

30 ޖެނުއަރީ އިން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ، ނިޞާބަކީ، 7062.65 ރުފިޔާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 31 ޖެނުއަރީ 2023 | އަންގާރަ 10:43
ޒަކާތް ދިނުން

ޒަކާތް ދިނުން

މުދަލު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ނިޞާބު އިސްލާމިކް މިނިސްޓްރީން އިއްޔެ ބޮޑުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި 30 ޖެނުއަރީ އިން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ، ނިޞާބަކީ، 7062.65 ރުފިޔާއެވެ. މިއީ އެންމެ ފަހުން ކަނޑައެޅި ނިޞާބާ އަޅާ ބަލާއިރު 1285.2ރުފިޔާގެ ބޮޑު އަދަދެކެވެ. މިދިޔަ ސެޕްޓެމްބަރު މަހު ކަނޑައަޅާފައިވާ މުދަލު ޒަކާތުގެ ނިޞާބު ހަމަވާ މިންވަރަކީ، 5777.45 ރުފިޔާއެވެ.

Advertisement - newsAdvertisement

އާންމު ގޮތެއްގައި މުދަލުގެ ނިސާބަށް ބަދަލު އަންނަނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުންނެވެ. ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ މިންވަރުވެސް ބަދަލުވެގެންދެއެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް (އެމްއެމްއޭ)އިންނެވެ. އިލްމުވެރިން ވިދާޅުވާގޮތުގައި ރާއްޖެފަދަ ގައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ.

ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާހުރެ އަހަރެއް ހަމަވެއްޖެނަމަ އޭގެ ސާޅީސްބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ދެއްކުމަކީ ދީނީ ގޮތުން ވާޖިބެކެވެ. ޒަކާތްދިނުމަކީ ދީނުގެ ފަރުޟުތަކުގެ ތެރެއިންވާ ފަރުޟެކެވެ. އަދި އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ތިންވަނަ ރުކުންވެސް މެއެވެ. އެހެންކަމުން ޒަކާތް ދެއްކުމުގެ ޝަރުތު ފުރިހަމަވާ ކޮންމެ މުސްލިމަކު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ.

މީގެ ކުރިން މުދަލު ޒަކާތް އިސްލާމިކް މިނިސްޓްރީން ބަލައިގަތް ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއިންނެވެ.

މިރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު މުދަލު ޒަކާތުގެގޮތުގައި 91.5 މިލިއަން ރުފިޔާ ވަނީ އެ އިދާރާއިން ބަލައިގެންފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު މުދަލު ޒަކާތުގެ ގޮތުގައި 91،539،895ރ. (ނުވަދިހަ އެއް މިލިއަން ފަސްލައްކަ ތިރީސް ނުވަ ހާސް އަށްސަތޭކަ ނުވަދިހަ ފަސް ރުފިޔާ) ވަނީ ބަލައިގެންފައެވެ. މިއީ 2021 ވަނަ އަހަރު ބަލައިގަތް އަދަދަށްވުރެ 0.4 އިންސައްތަ އިތުރު އަދަދެކެވެ. 2021 ވަނަ އަހަރު ނިމުނުއިރު މީރާއިން މުދަލު ޒަކާތުގެ ގޮތުގައި ބަލައިގެންފައިވަނީ 91،519،250ރ. (ނުވަދިހަ އެއް މިލިއަން ފަސް ލައްކަ ނަވާރަ ހާސް ދުއިސައްތަ ފަންސާސް ރުފިޔާ)އެވެ.

މިދިޔަ އަހަރު މީރާއިން ބަލައިގެންފައިވާ މުދަލުޒަކާތުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، 91.4 މިލިއަން ރުފިޔާ ބަލައިގެންފައިވަނީ ދިވެހި ފައިސާއިންނެވެ. އަދި 8،315 ޑޮލަރު ވަނީ ބަލައިގެންފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2017

އެންވަޔަރަމަންޓް މިނިސްޓްރީގެ ހަރުމުދަލާއި ހަރުމުދަލުގެ ހިސާބްތައް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

22 ސެޕްޓެމްބަރު 2017
އެންވަޔަރަމަންޓް މިނިސްޓްރީގެ ހަރުމުދަލާއި ހަރުމުދަލުގެ ހިސާބްތައް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
17 ސެޕްޓެމްބަރު 2017

މުދަލުގެ އަގު އޮޅުވާލާފައިވާ މައްސަލަތަކުގައި ދައުލަތަށް 7.6 މިލިއަން ރުފިޔާ ލިބެންޖެހޭ!

17 ސެޕްޓެމްބަރު 2017
މުދަލުގެ އަގު އޮޅުވާލާފައިވާ މައްސަލަތަކުގައި ދައުލަތަށް 7.6 މިލިއަން ރުފިޔާ ލިބެންޖެހޭ!
10 އޯގަސްޓު 2017

މޫސުން ގޯސްވުން:ރައްޔިތުންނާއި މުދަލުގެ ރައްކާތެރިކަމަށް ސަމާލުވޭ!

10 އޯގަސްޓު 2017
މޫސުން ގޯސްވުން:ރައްޔިތުންނާއި މުދަލުގެ ރައްކާތެރިކަމަށް ސަމާލުވޭ!
24 ޖޫން 2017

ހުރާގައި ފަގީރަކު ނެތް، ޒަކާތުގެ ފައިސާ ހިންމަފުއްޓަށް

24 ޖޫން 2017
ހުރާގައި ފަގީރަކު ނެތް، ޒަކާތުގެ ފައިސާ ހިންމަފުއްޓަށް
24 ޖޫން 2017

މިހާތަނަށް 4.3 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފައި

24 ޖޫން 2017
މިހާތަނަށް 4.3 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފައި
18 ޖޫން 2017

ޒަކާތުގެ ގޮތުގައި 2.2 މިލިއަން ރުފިޔާ ދައްކައިފި

18 ޖޫން 2017
ޒަކާތުގެ ގޮތުގައި 2.2 މިލިއަން ރުފިޔާ ދައްކައިފި
05 ޖޫން 2017

ރައީސްގެ ގެކޮޅުގެ ހަރުމުދަލުގެ ރެކޯޑްތައް ބެލެހެއްޓުމުގައި މައްސަލަތަކެއް ހުރި: އޮޑިޓް ރިޕޯޓް

05 ޖޫން 2017
ރައީސްގެ ގެކޮޅުގެ ހަރުމުދަލުގެ ރެކޯޑްތައް ބެލެހެއްޓުމުގައި މައްސަލަތަކެއް ހުރި: އޮޑިޓް ރިޕޯޓް
31 މެއި 2017

ޓޫރިޒަމް މިނިސްޓްރީގެ ހަރުމުދަލުގެ އަގުގެ ސައްހަކަން ކަށަވަރެއް ނުވޭ: އޮޑިޓަރ ޖެނެރަލް

31 މެއި 2017
ޓޫރިޒަމް މިނިސްޓްރީގެ ހަރުމުދަލުގެ އަގުގެ ސައްހަކަން ކަށަވަރެއް ނުވޭ: އޮޑިޓަރ ޖެނެރަލް
30 މެއި 2017

ބްރޮޑްކާސްޓިން ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އެއް ލައްކަ ރުފިޔާ ފަރަގު އެބަހުރި: އޮޑިޓް ރިޕޯޓް

30 މެއި 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އެއް ލައްކަ ރުފިޔާ ފަރަގު އެބަހުރި: އޮޑިޓް ރިޕޯޓް
02 މާރިޗު 2017

ސިނގިރެޓާއި އެނާޖީ ޑްރިންކްގެ ޑިއުޓީ ބޮޑުކޮށްފި

02 މާރިޗު 2017
ސިނގިރެޓާއި އެނާޖީ ޑްރިންކްގެ ޑިއުޓީ ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް