Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެސްއެސް ނެޓްގެ ހިދުމަތް ފެށުން

އެސްއެސް ނެޓްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ދިރާގު ޓީވީގެ ކަސްޓަމަރުން އެސްއެސް ނެޓަށް އޮންބޯޑު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2023 | އަންގާރަ 09:32
އެސްއެސް ނެޓް

އެސްއެސް ނެޓް

އެސްއެސްނެޓްގެ ކޭބަލް ޓީވީ ޚިދުމަތް ރަސްމީކޮށް ދޭން ފަށައިފިއެވެ.

އެސްއެސްނެޓްވޯކް ޕްރައިވެޓް ލިމިޓެޑަށް ބްރޯޑްކާސްޓިން ލައިސަންސް ލިބިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. މިއީ މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ދޫކޮށްފައިވާ ލައިސަންސެކެވެ.

އެސްއެސްނެޓްގެ ހިދުމަތާއި ގުޅޭގޮތުން ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އެސްއެސްނެޓްގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ އެސްއެސްނެޓްގެ ޚިދުމަތް ފޯރުކޮށްދެނީ ދިރާގުގެ ޒަމާނީ އައިޕީޓީވީ/އޯޓީޓީ ނެޓްވޯކާއި ޕްލެޓްފޯމް މެދުވެރިކޮށް ކަމަށެވެ.

އާސިފް ވިދާޅުވީ ނެޓްގެ ހިދުމަތް ރަސްމީކޮށް ފެށޭނީ ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ހޯމަ ދުވަހުގެ ދަންވަރު 12:00 އިން ފެށިގެން ހިދުމަތް ލިބެމުންދާނެ ކަމަށާއި، 108 ޗެނަލް މިހާރު ވެސް ފެންނަން ހުންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޗެނަލްތައް އިތުރުކުރަމުންދާނެ ކަމަށެވެ.

އާސިފް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ ދިރާގު ޓީވީ ބޭނުންކުރަމުން އައި ކަސްޓަމަރުން އޮންބޯޑް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް ކާމިޔާބުކޮށް ދާ ކަމަށާއި، ދިރާގު ޓީވީގެ ހުރިހާ ކަސްޓަމަރުން ކަހަލަ ގޮތަކަށް ގުޅިއްޖެ ކަމަށެވެ.

އާސިފް ވިދާޅުވީ ދިރާގު ޓީވީ ބޭނުންކުރަމުންދިޔަ ކަސްޓަމަރުންގެ ތެރެއިން މިހާތަނަށް އެސްއެސްނެޓަށް ބަދަލުނުވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބަދަލުވުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާ ކަމަށެވެ. އަދި ދިރާގު ކަސްޓަމަރުންގެ ތެރެއިން ދިރާގު ޖޯއި ބޮކްސް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް އެ ޖޯއި ބޮކްސް ބޭނުންކޮށްގެން ހިދުމަތް ލިބޭނެ ކަމަށެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް އެސްއެސް ނެޓުން ޖޯއިބޮކްސް ދޫކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އަލަށް ގުޅެން ބޭނުންވާ ގިނަ ކަސްޓަމަރުން އެބަތިބި ކަމަށާއި، ފެބްރުއަރީ ފުރަތަމަ ހަފްތާ ތެރޭގައި އައު ކަސްޓަމަރުން ނަގަން ފަށާނެ ކަމަށެވެ. އަދި މި ހިދުމަތަކީ މުޅި ރާއްޖެއަށް ދެވޭނެ ހިދުމަތެއް ކަމަށާއި، ހިދުމަތް ދިނުމާއި ފޯރުކޮށްދިނުމުގައި އެއްވެސް ތަފާތެއް ނޯންނާނެ ކަަމަށެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ)ން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެން، ކުރިއަށް ނުގެންދެވޭނެތީ، ދިރާގުޓީވީއާއި ދިރާގުޕްލޭގެ ޚިދުމަތް ހުއްޓާލުމަށް ދިރާގު ބޯޑުން ނިންމާ، އާދީއްތަ ދުވަހުގެ ދަންވަރުން ފަށައިގެން ހިދުމަތް ވަނީ އެއްކޮށް ހުއްޓާލާފައެވެ.

މިކަމާގުޅޭގޮތުން ދިރާގުން ބުނީ، ދިރާގުޓީވީ ޚިދުމަތުގެ ލައިސަންސްގެ މުއްދަތު 29 ޖަނަވަރީ 2023ގައި ހަމަވާތީ، ލައިސަންސް އައުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް (އެމްބީސީ) ހުށަހެޅި ކަމަށެވެ. އަދި ޖަނަވަރީ 2022ގައި އެމްބީސީން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2022/R-01)އަށް ގެނައި އިސްލާހަށް ހަވާލާދީ، ދިރާގަކީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ޝަރުތު ފުރިހަމަނުވާ ކުންފުންޏެއްކަމަށް  އެމްބީސީން ވަނީ  ނިންމާފައިކަމަށް ދިރާގުން ބުނެއެވެ.

ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ދިރާގުޓީވީގެ ޚިދުމަތް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް 100ށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތަކާއެކު، ރާއްޖޭގެ 95 ރަށް ހިމެނޭގޮތަށް، ރާއްޖޭގެ %85 ގޭބިސީއަށް ދިރާގުޓީވީގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ.​ 

ކޮމެންޓް

އިތުރަށް ކިޔާލަން

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު