Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު 2023

ރިޔާސީ އިންތިޚާބާ ގުޅިގެން އީސީގެ އެކި މަސައްކަތްތަކަށް 203 މުވައްޒަފުން ހޯދަނީ

2023 އެޕްރީލް 30 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 ޖެނުއަރީ 2023 | އަންގާރަ 02:25
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން

ރިޔާސީ އިންތިޚާބު 2023 އާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިއުލާނުކޮށްފިއެވެ.

އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ވަނީ އިންތިޚާބުގެ އެކި އިދާރީ މަސައްކަތްތަކާއި ގުޅިގެން 203 ކޮންޓްރެކްޓު މުވައްޒަފުން ބޭނުންވާކަމަށް އިއުލާނުކޮށްފައެވެ. އެގޮތުން ނަގާ މުވައްޒަފުންގެ އަސާސީ މުސާރައަކީ މަހަކު 4465 ރުފިޔާއެވެ. ސަރވިސް އެލަވަންސް ގޮތުގައި މަހަކު 1500 ރުފިޔާ ލިބޭއިރު، ދުވަހު އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 155 ރުފިޔާ ލިބެއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ލިބެއެވެ.

އީސީން މައުލޫމާތު ދޭ ގޮތުގައި އެ މުވައްޒަފުން ކޮމިޝަނުގައި މަސައްކަތް ކުރަން ޖެހެނީ ރިޔާސީ އިންތިޚާބު 2023 ގެ މަސައްކަތްތައް ނިމެންދެނެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރަން ޖެހެއެވެ.

މި ވަޒީފާއަށް ކުރިމަތިލުމުގެ ފެންވަރު ނުވަތަ ޝަރުތުތަކުގެ ތެރޭގައި ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ހިމެނެއެވެ.

ނުވަތަ އޮފިސަރ ލެވެލް މަޤާމެއް ނުވަތަ މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއެއްގެ އެއަށްވުރެއް މަތީ މަޤާމެއްގައި މަސައްކަތްކޮށް 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާނަމަވެސް މި ވަޒީފާއަށް ކުރިމަތިލެވެއެވެ.

އަދި ވޭތުވެދިޔަ އިންތިޚާބެއްގައި، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއެއްގައި ޖީ.އެސް 3 ރޭންކެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަވެސް މި ވަޒީފާއަށް ކުރިމަތިލުމަށް ޝަރުތު ހަމަވެއެވެ.

އޭގެ އިތުރުން، މި ވަޒީފާއަށް މުވައްޒަފުން ނެގުމުގައި ކޮމިޝަނުން ބަލާ ކަންކަމުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުމާއި، މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުމާއި، ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން ހިމެނެއެވެ.

އަދި ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުމާއި، ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުމާއި، މަޤާމްގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުންވެސް ހިމެނިފައިވެއެވެ.

މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 އެޕްރީލް 30 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަނުގެ އީމެއިލް (jobs@elections.gov.mv) މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އީމެއިލް ކުރާއިރު ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީއެއްފައިލެއްގެ ގޮތުގައި 10mbއަށް ވުރެ ކުޑަ ފައިލް ސައިޒަކަށް އެޓޭޗްކުރެވިފައިކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު