Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ލެވަކޫސަން ބަލިކޮށް ޑޯޓްމަންޑު ހަތަރު ވަނަ އަށް

ޑޯޓްމަންޑު ހަތަރު ވަނައިގައި އޮތީ ކުޅުނު 18 މެޗުން 34 ޕޮއިންޓާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖެނުއަރީ 2023 | ހޯމަ 06:43
މެޗަށްފަހު ޑޯޓްމަންޑުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗަށްފަހު ޑޯޓްމަންޑުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޖަރުމަނު ލީގުގައި ބަޔާ ލެވަކޫސަނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ބޮރޫޝިއާ ޑޯޓްމަންޑް ލީގު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ލެވަކޫސަންގެ ދަނޑުގައި ކުޅުނު މެޗު ޑޯޓްމަންޑުން ކާމިޔާބުކުރީ 2-0 އިންނެވެ. މެޗުގައި ޑޯޓްމަންޑުގެ ފުރަތަމަ ލަނޑު، މެޗުގެ ފުރަތަމަ ހާފުގައި ޖެހީ ކަރީމް އަޑޭމީ އެވެ. 33 ވަނަ މިނެޓުގައި އޭނާ ލަނޑު ޖެހީ ހޫލިއަން ބްރަންޑްޓް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗުގައި ޑޯޓްމަންޑުގެ ދެ ވަނަ ލަނޑަކީ ލެވަކޫސަންގެ ކުޅުންތެރިޔެއްގެ އަތުން ބައި ކޮޅަށް ވަން ލަނޑެކެވެ. އެއީ ދެ ވަނަ ހާފު ފަށައިގެން މެޗުގެ 53 ވަނަ މިނެޓުގައި ލެވަކޫސަންގެ ޑިފެންޑަރު އެޑްމޮންޑް ޓަޕްސޮބާ އަތުން ވަން ލަނޑެކެވެ.

މެޗުން މޮޅުވެ ޑޯޓްމަންޑު ހަތަރު ވަނައިގައި އޮތީ ކުޅުނު 18 މެޗުން 34 ޕޮއިންޓާއެކު އެވެ. ފަސް ވަނައިގައި އޮތް ފްރެއިބާގަށް ވެސް ލިބެނީ 34 ޕޮއިންޓެވެ. ނަމަވެސް ފައިދާ ގޯލުން ކުރި ހޯދަނީ ޑޯޓްމަންޑެވެ. ލީގު ތާވަލްގެ ތިން ވަނައިގައި އާރްބީ ލެއިޕްޒިގް އޮތީ 35 ޕޮއިންޓާއެކު އެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު