Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޓޮމާޓޯ ދަނޑު

ޓޮމާޓޯއެއްގައި ލާން ބޭނުން ވަނީ ކޮން ރަހައެއް؟

33.6 ހެކްޓަރަށް ފެތުރިފައިވާ ގްރީންހައުސް ނުވަތަ ބިއްލީރުޖެހި ދަނޑުގައި، ތަފާތު އެކި ރަހަރަހައިގެ 3 ލައްކައެއްހާ ޓޮމާޓޯ ގަސް އެބަހުރި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2023 | ހޯމަ 05:35
ޝެންޑޯންގް ޕްރޮވިންސްގައި އޮޕަރޭޓް ކުރަމުންދާ މި ދަނޑަކީ، ޗައިނާއިން ބުނާ ގޮތުން ނަމަ، "ސްމަރޓް ފަރމް" އެއް

ޝެންޑޯންގް ޕްރޮވިންސްގައި އޮޕަރޭޓް ކުރަމުންދާ މި ދަނޑަކީ، ޗައިނާއިން ބުނާ ގޮތުން ނަމަ، "ސްމަރޓް ފަރމް" އެއް

އުފެއްދުންތެރިކަމުގެ ވާހަކަ ދައްކާ ނަމަ، ޗައިނާ ޖަހާލާފަ ކުރިއެރާނެ ދެވަނަ ޤައުމެއް ނެތް ކަމަށް އިއްތިފާޤުވާނެ މީހުން މަދެއް ނުވާނެއެވެ. އެހެން އެކަން ވަނީ، ސަބަބެއް ނެތިއެއް ނޫނެނެވެ. ދިރިއުޅުމުގެ މައިދާނުގައި ބޭނުން ކުރާ އެކިއެކި ސާމާނުގެ އަޣުލަބިއްޔަތުގައި، ގިނަ ފަހަރަށް ޖަހާފައި އޮންނަނީ ޗައިނާގައި އުފެއްދި ކަމުގެ ސިއްކައެވެ. އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަމުގެ ރޭހުގައި ޗައިނާއިން ކުރި ހޯދަމުން ދާ ދިއުމަކީވެސް މިކަމުގެ އެއް ސަބަބެވެ. ޗައިނާގެ އުފެއްދުންތެރިކަން އިތުރު ކުރުމުގައި އެ ޤައުމުން ޒަމާނީ ޓެކްނޮލޮޖީއަށް ބަރޯސާވެއެވެ. މި ފަހަރުވެސް އެކަހަލަ ކަމެއްގެ ވާހަކައެވެ. ޖެހިލަން ޖެހެނީ ކާ ސުފުރާގެ މައްޗަށެވެ.

ރޭގަނޑުގެ ކޭމަކަށް ތައްޔާރު ކޮށްފައި ވާ ޗައިނާގެ ސުފުރާ މައްޗަށް ބަލާއިރު، އިތުރު ތަޢާރަފަކަށް ބޭނުން ނުވާ ސްކްރޭމްބްލްޑް އެގްސްއާއެކު ޓޮމާޓޯ ހުރެއެވެ. އެއީ ޗައިނާގައި މަޤުބޫލު ޑިޝްއެކެވެ. މި ޓޮމާޓޯއަކީ ތަފާތު ޓޮމާޓޯއަކަށް ހެދުމަށް ޗައިނާއިން މަސައްކަތް ކުރީ، ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައެވެ. ޝެންޑޯންގް ޕްރޮވިންސްގައި އޮޕަރޭޓް ކުރަމުންދާ މި ދަނޑަކީ، ޗައިނާއިން ބުނާ ގޮތުން ނަމަ، "ސްމަރޓް ފަރމް" އެކެވެ. މި ދަނޑުގައި ހައްދާ ޓޮމާޓޯތަކަކީ ރަހައާއި ކޮލިޓީގެ ގޮތުން ބަލާއިރު އެންމެ "ފެންވަރުގެ" ޓޮމާޓޯތަކެއްކަން ކަށަވަރު ކުރަނީ، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި، ސެންސަރުތަކާއި ކޮންޓްރޯލަރުތައް ބޭނުންކޮށްގެންނެވެ.

33.6 ހެކްޓަރަށް ފެތުރިފައިވާ ގްރީންހައުސް ނުވަތަ ބިއްލީރުޖެހި ދަނޑުގައި، ތަފާތު އެކި ރަހަރަހައިގެ 3 ލައްކައެއްހާ ޓޮމާޓޯ ގަސް އެބަހުއްޓެވެ. ޓިއާންގޫ ނިއު އޭރިއާ ސްމަރޓް އެގްރިކަލްޗަރ އިންޑަސްޓްރިއަލް ޕަރކްގައި އިންޖިނޭރެއްގެ ގޮތުގައި މަސައްކަތް ކުރާ ފޫ ވެންޗީ ބުނި ގޮތުގައި، ބޭނުން ކޮންމެ ރަހައެއްލާ ޓޮމާޓޯ ހައްދާލެވިދާނެއެވެ.

ޓޮމާޓޯގައި ލާ ރަހަ ބަރޯސާ ވަނީ އޭގައި ހަކުރާއި އެސިޑް އެކުލެވޭ މިންވަރުގެ މައްޗަށެވެ. ޓޮމާޓޯގައި ހަކުރު އެކުލެވޭ މިންވަރު، މައިގަނޑު ގޮތެއްގައި ބަރޯސާ ވަނީ ފެނާއި ގަސްކާނާގެ އިތުރު ދޭ އަވީގެ މައްޗަށެވެ.

މިކަންކަން ކޮންޓްރޯލް ކުރުމަށްޓަކާ، އިރު އަރާ ހިސާބުން ފެށިގެން، އިރުގެ އަލި ލިބެމުންދާ ގޮތް ޓްރެކް ކުރުމަށްޓަކާ، ރޭޑިއޭޝަން ސެންސަރުތައް މަސައްކަތް ކުރެއެވެ. ކޮންމެ އަކަ ސެންޓިމީޓަރަކަށް ލިބޭ އިރުގެ އަލި، 100 ޖޫލްސްއާ ހިސާބަށް އެރުމުން، ފެންދޭ ނިޒާމު އަމިއްލަ "އޮންވެ" ފެންޖެހެން ފަށާފައެވެ. އެ ފެނަކީ، ގަސްތަކަށް ބޭނުންވާ ނިއުޓްރިޝަންގެ މާއްދާތަކުން މުއްސަނދި ކޮށްފައިވާ ފެނެކެވެ. ގާތްގަނޑަކަށް 3  މިނެޓެއްހާއިރުގެ ތެރޭގައި 100 މިލިލީޓަރުގެ ފެން، ގަސްތަކަށް ޖަހާ ނިންމާލައެވެ.

ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ބަދަލު ގެނެވެނީ ހަމައެކަނި ރަހައަކަށް ނޫނެވެ. ދަނޑުގައި ޓޮމާޓޯ ހެއްދޭ މިންވަރަށްވެސް ހެޔޮ ބަދަލެއް ގެނެވެއެވެ.

މިކަން ކުރަނީ، ގްރީންހައުސްގެ ތެރޭގައި ކާބަންޑައިއޮކްސައިޑް އެކުލެވޭ މިންވަރަށް ބަދަލުތަކެއް ގެނެސްގެންނެވެ. މިއީ ގަސްގަހާގެހީގެ އުފެއްދުންތެރިކަމާ ވަރަށް ބޮޑަށް ގުޅިފައި ވާ ކަމެކެވެ. ދަނޑުގައި ހަރުކޮށްފައިވާ ސެންސަރުތަކުގެ އެހީގައި ވައިގެ ބާރުމިންވެސް ރެކޯޑް ކުރެއެވެ. ގްރީންހައުސްގެ އެތެރެއާއި ބޭރުގެ ވައި އެއްކޮށް ދައުރުކޮށް، ވަކި ކޮންޓްރޯލެއްގެ ތެރެއިން ވައި ދައުރުވާ ގޮތް ހަދައެވެ.

ގަހުގައި އަޅާ މޭވާ ދޮންވެ ފައްކާވާ މަރުހަލާއަށް އެންމެ ބޮޑު އަސަރެއް ކުރަނީ ތަނުގެ ފިނިހޫނުމިން ހުންނަ ގޮތަކުން ކަމަށް ވާއިރު، މި ދަނޑުގައި ވަރަށް ގާތުން އެކަންވެސް މޮނިޓަރ ކުރެއެވެ. ގްރީންހައުސްގެ ފިނިހޫނުމިން ރެކޯޑް ކުރަމުން ގޮސް، ގަސްތަކަށް ބޭނުންވާ ހިޔާވެސް ހޯދާދެއެވެ. ރޭގަނޑުގެ ވަޤުތުތަކުގައި އާދަޔާ ޚިލާފަށް ފިނިވެދާނެ ކަމަށް ބަލާ، އެކަމުންވެސް ގަސްތައް ރައްކާތެރި ކޮށްދޭނެ ގޮތަށް ގްރީންހައުސްގެ ވެށި ބަދަލު ކޮށްލައެވެ.

ޒަމާނީ ޓެކްނޮލީގެ އެހީގައި ދަނޑުތަކުގެ އުފެއްދުންތެރިކަން އިތުރުވެ، ބޭނުން ރަހައެއްލާ ޓޮމާޓޯތަކެއް ލިބުނު ކަމުގައި ވީ ނަމަވެސް، މިފަދަ ޓޮމާޓޯތަކުގެ ސިއްހީ ފައިދާތަކާ ބެހޭ މާ ބޮޑު ތަފްސީލެއް އަދި ނުލިބެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުކުޅެއް ރޭޕްކުރި ކުށުގައި ކެންޔާ މީހަކު 15 މަހަށް ޖަލަށްލާން ހުކުމް ކޮށްފި

ކުކުޅެއް ރޭޕްކުރި ކުށުގައި ކެންޔާ މީހަކު 15 މަހަށް ޖަލަށްލާން ހުކުމް ކޮށްފި

05 މާރިޗު 2017
"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

26 ފެބުރުއަރީ 2017
"އަމާނާތް" ބަލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އުފާވެރި ޚަބަރެއް

"އަމާނާތް" ބަލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އުފާވެރި ޚަބަރެއް

26 ފެބުރުއަރީ 2017
އެމް ޓީވީ ލަވް ސްކޫލް ސީޒަން 2 ގެ ނަސީބުވެރިން އިޢުލާންކޮށްފި

އެމް ޓީވީ ލަވް ސްކޫލް ސީޒަން 2 ގެ ނަސީބުވެރިން އިޢުލާންކޮށްފި

19 ފެބުރުއަރީ 2017
ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟

ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު