Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް: 10 ދާއިރާއަކުން ރިސަރޗް ހުށަހަޅާނެ

30 ޖެނުއަރީ 2023 | ހޯމަ 02:57

ކޮންފަރެންސްގައި މުޖުތަމައާ ގުޅިގެން ކުށްކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެ ކަމަށް ހޯމް މިނިސްޓްރީ އިން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 30 ޖެނުއަރީ 2023 | ހޯމަ 02:57
ފުލުހުންގެ ހަރަކާތެއް

ފުލުހުންގެ ހަރަކާތެއް

އަންނަ މާރޗް މަހު ބާއްވާ ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސަށް 10 ދާއިރާއަކުން ރިސަރޗް ހުށަހަޅާނެ ކަމަށް ޕޮލިސް ބޯޑުގެ ވައިސް ޗެއަރޕަރސަން އަހުމަދު ފަޔާޒް ހަސަން ވިދާޅުވެއްޖެއެވެ.

ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ފައިނޭންޝަލް ކްރައިމް، ރިހިބިލިޓޭޝަން، އޮފިސަރ ވެލްބިއިން، މެރިޓައިމް ސެކިއުރިޓީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ކްރައިމް ޕްރިވެންޝަން، ނޭޝަނަލް ސެކިއުރިޓީ އެންޑް އެންޓި ޓެރަރިޒަމް އަދި ސައިބަރ ކްރައިމްފަދަ ދާއިރާތަކުން އެ ކޮންފަރެންސަށް ރިސަރޗް ހުށަހަޅާނެ ކަމަށެވެ. ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ކުށްކުރުމާ ގުޅޭގޮތުންނާއި، ސަލާމަތީ ޚިދުމަތް އިތުރަށް ތަރައްގީކުރުމަށް މަޝްވަރާކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަހުމަދު ފަޔާޒް ހަސަން ވިދާޅުވީ އެފަދަ ކޮންފަރެންސެއްގެ ބޭނުމަކީ ފުލުހުންގެ ޚިދުމަތާމެދު ރިސަރޗްގެ ނަޒަރަކުން ބެލުން ކަމަށެވެ. އަދި މުޖުތަމައުގެ ސަލާމަތީ ޚިދުމަތްދޭ ހުރިހާ ފަރާތްތަކާއި އެކަމަށް ޝައުގުވެރިކަން ހުރި ފަންނީ އުސްތާޛުންނާއި، ޔުނިވަރސިޓީ އަދި ކޮލެޖުގެ އިތުރުން ޖަމިއްޔާތަކުގެ ބައިވެރިވުން ހިމެނޭހެން އެކުގައި މަސައްކަތްކުރުން ކަމަށެވެ. ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރެވިދާނެ ގޮތާ މެދު އެ ކޮންފަރެންސްގެ ތެރެއިން މަޝްވަރާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިއީ މިފަދަ ފުރަތަމަ ކޮންފަރެންސް ކަމަށް ވާއިރު މި ކޮންފަރެންސް ބާއްވަން ނިންމާފައިވަނީ އަންނަ މާރޗް މަހުގެ 18 އިން 20 އަށެވެ. އިލްމީ ބޭފުޅުންނާއި މިކަމާ ގުޅޭ ސްޓޭކްހޯލްޑަރުން އެއް މޭޒަކަށް ގެނެވިގެން މި ކޮންފަރެންސް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.

މި ކޮންފަރެންސް ކުރިއަށްގެންދާނީ 3 ބަޔަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ދުވަހު ތަފާތު ދާއިރާތަކުން ޕޭޕަރު ހުށަހެޅިގެންދާނެ ކަމަށާއި، ދެވަނަ ދުވަހު މުޖުތަމައާ ގުޅިގެން ކުށްކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެއެވެ. އަދި ސެކިއުރިޓީ ސެކްޓަރުގެ މަސައްކަތްތައް ޕަބްލިކަށް ދައްކާލުމަށް އެކްސްޕޯއެއް ބޭއްވިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

29 މާރިޗު 2017

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް
22 މާރިޗު 2017

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް

22 މާރިޗު 2017
ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް
14 މާރިޗު 2017

ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

14 މާރިޗު 2017
ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
21 ފެބުރުއަރީ 2017

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް