Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮންޓިނެންޓަލް ޖަޖު

ދިވެހިރާއްޖޭގެ 2 ވަނަ އަންހެން 'ކޮންޓިނެންޓަލް ޖަޖު' : މަރްޔަމް ޝިއުނާ

ރާއްޖޭގައި 3 ކޮންޓިނެންޓަލް ޖަޖުން ތިބޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2023 | އާދީއްތަ 15:42
މަރްޔަމް ޝިއުނާ

މަރްޔަމް ޝިއުނާ

ދިވެހިރާއްޖޭގައި ކަލިނަރީ ދާއިރާ މިވަނީ މިފަހަކަށް އައިސް ވަރަށް ކުރިއަށް ޖެހިފައެވެ. ކަލިނަރީ ދާއިރާއަށް ޤައުމީ ފެންވަރުގެ އެސޯސިއޭޝަނެއް އުފެދި، އަދި 2022 ވަނަ އަހަރު މިވަނީ ފުރަތަމަ ފަހަރަށް ކަލިނަރީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޤައުމީ ފެންވަރުގެ އެކިއެކި އެވޯޑްތަކާއި އިނާމްތައް ދެވިފައެވެ. ކަލިނަރީ ދާއިރާއަކީ ހަމައެކަނި ބަދިގޭގައި ކައްކާ ޝެފުންގެ އިތުރުން، އެއަށްވުރެ މާފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ، މުޖުތަމަޢުގެ އިޙްތިރާމް ލިބިފައިވާ ބަޔަކަށް ވެގެން ގޮސްފައި މިވަނީ މިދާއިރާއަށް 2014 ވަނަ އަހަރު އޮކްޓޯބަރ މަހު އުފަންވި ޤައުމީ ޖަމިއްޔާ "ޝެފްސް ގިލްޑް އޮފް މޯލްޑިވްސް" (ސީޖީއެމް) ގެ ވަރަށް ބުރަ އަދި މިންނެތް މަސައްކަތުގެ ސަބަބުންނެވެ.

ސީޖީއެމް ގެ ފަރާތުން މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ދިވެހި ޝެފުންނާއި އަދި މިދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް އެކިއެކި ގޮތްގޮތުން ކުރިއެރުންތައް ހޯދައިދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ސީޖީއެމް އަކީ ދުނިޔޭގެ ޝެފުންގެ މައި ޖަމިއްޔާ "ވޯލްޑް އެސޯސިއޭޝަންސް އޮފް ޝެފްސް ސޮސައިޓީސް" (ވެކްސް) ގެ ރަސްމީ މެމްބަރެއްގެ ހައިޘިއްޔަތުވެސް ވަނީ ލިބިގެންގޮސްފައެވެ.

މީގެ އިތުރުން، ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ބޭއްވޭ ކަލިނަރީ މުބާރާތްތަކުގައި ދިވެހިންނަށް ވާދަކުރުމުގެ ފުރުޞަތުތައް ހޯދައިދީ، ދިވެހިން ވަނީ މިފަދަ ބައިނަލްއަޤްވާމީ މުބާރާތްތަކުން ރަން ވަނަތައްވެސް ހާޞިލުކޮށްފައެވެ.

ދާދިފަހުން މިވަނީ ދުނިޔޭގެ ޝެފުންގެ މައި ޖަމިއްޔާ ވެކްސް ގެ ފަރާތުން ދިވެހި އަންހެން ޝެފެއްކަމުގައިވާ މަރްޔަމް ޝިއުނާއަށް 'ކޮންޓިނެންޓަލް ޖަޖު' ކަމުގެ ލައިސަންސް ހަވާލު ކޮށްފައެވެ.

'ކޮންޓިނެންޓަލް ޖަޖު' ކަމަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ބޭއްވޭ ކަލިނަރީ ޗެލެންޖުތަކުގައި ޖަޖުން ގެ ގޮތުގައި ހަރަކާތްތެރިވުމަށް، ދުނިޔޭގެ ޝެފުންގެ މައި ޖަމިއްޔާ ވެކްސް ގެ ފަރާތުން ދޭ ލައިސަންސްއެކެވެ. 'ކޮންޓިނެންޓަލް ޖަޖު' އަކަށް ވުމުގެ ކުރިން، 'ރޫކީ ޖަޖު' (އެސިސްޓެންޓް ޖަޖު) ގެ ގޮތުގައި ވަކި މުއްދަތެއްގެ ތެރޭގައި ވެކްސް އެންޑޯޒްކޮށްފައި ހުންނަ ކަލިނަރީ ޗެލެންޖުތަކުގައި މަސައްކަތްކޮށް، ތަޖުރިބާ ހޯދަންޖެހެއެވެ.

ވެކްސް ގައި ޖަޖުންގެ 3 ކެޓެގަރީއެއް އޮންނައިރު، އެއީ ރީޖަނަލް ޖަޖު، ކޮންޓިނެންޓަލް ޖަޖު އަދި އިންޓަނޭޝަނަލް ޖަޖު އެވެ.

ކެއްކުމުގެ ދާއިރާއިން މަރްޔަމް ޝިއުނާގެ އެންމެ ފުރަތަމަ ކާމިޔާބީތަކުގެ ތެރޭގައި 2010 ވަނަ އަހަރު ޓީވީއެމް ގެ ފަރާތުން ބޭއްވި ރަހަތަފާތު ޕްރޮގްރާމުން 1 ވަނަ ލިބިފައިއެވެ. އޭރު މި ޕްރޮގްރާމް ބާއްވަމުން ގެންގޮސްފައިވަނީ މުބާރާތެއްގެ ގޮތުގައެވެ.

މަރްޔަމް ޝިއުނާއަކީ ސިންގަޕޯރ އެއަރލައިންސް ގެ ކޭޓަރިންގ އެކެޑަމީ 'ސެޓްސް' ގައި ތަމްރީނުވާން ލިބުނު ފުރަތަމަ ދިވެހި ޝެފް އެވެ. ސެޓްސްއަކީ ސިންގަޕޫރުގެ އެންމެ މަޝްހޫރު އެއް ކަލިނަރީ އެކެޑަމީއެވެ. ޝިއުނާ ވަނީ ސިންގަޕޫރުގެ އިތުރުން، ތައިލެންޑް، މެލޭޝިއާ، ސްރީލަންކާ، ތުރުކީ އަދި އަބޫދާބީ ގައި އެކިއެކި ކަލިނަރީ ތަމްރީނު ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން، 2021 ވަނަ އަހަރު ބޭއްވުނު ސްވިޑްން މާސްޓަރޝެފް އެޕިސޯޑް 12 ގަ، ދިވެހިރާއްޖޭގެ ރެޒޯޓެއްގައި އެޕިސޯޑް ކުރިއަށް ދިޔައިރު، އެ ޕްރޮގްރާމަށް އެހީތެރިވުމަށް އެކުލަވާލި ދިވެހި ޝެފުންގެ ޓީމުގައި ވެސް މަރްޔަމްޝިއުނާ ވަނީ ހަރަކާތްތެރިވެ ތަޖުރިބާ ހޯދާފައެވެ.

ދާދިފަހުން ތުރުކީ ގެ މާޑިން ގަ ބޭއްވުނު ކަލިނަރީ ފެސްޓިވަލެއްގައި، މަރްޔަމް ޝިއުނާ ވަނީ ބައިވެރިވެ ދިވެހިރާއްޖޭގެ ކެއްކުންތައް ލައިވްކޮށް ދައްކާލާފައެވެ. މި ފެސްޓިވަލް ގަ ހަމައެކަނި އަންހެން ޝެފަކަށް މަރްޔަމް ޝިއުނާ ބައިވެރިވިއިރު، ދެން ތިބީ މުޅިންވެސް މިޑްލްއީސްޓް ގެ ވަރަށް މަޝްހޫރު ޝެފުންނެވެ. މިފެސްޓިވަލް ގައި އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ މަރްޔަމް ޝިއުނާ ތައްޔާރުކުރި ދިވެހި ކެއުންތަކަށެވެ.

މިވަގުތު މަރްޔަމް ޝިއުނާގެ އިތުރުން، ދިވެހިރާއްޖޭގައި 3 ކޮންޓިނެންޓަލް ޖަޖުން އެބަތިއްބެވެ. އެއީ އަބްދުﷲ ޞަބާހު، އިޝްހާޤު ޞާލިޙު އަދި އައިމިނަތު ޝާނީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަޅިކޮށްލަނީ މި އަންހެންވެރިންގެ ބުރަ މަސައްކަތުން!

މާލެ ސަޅިކޮށްލަނީ މި އަންހެންވެރިންގެ ބުރަ މަސައްކަތުން!

13 އޮކްޓޯބަރު 2019
ކެބިނެޓުގެ ހީވާގި އަންހެން ވަޒީރުންގެ މެސެޖެއް އަންހެން ކަނބަލުންނަށް!

ކެބިނެޓުގެ ހީވާގި އަންހެން ވަޒީރުންގެ މެސެޖެއް އަންހެން ކަނބަލުންނަށް!

08 މާރިޗު 2019
އަނިޔާ ލިބޭ މީހުންގެ 60 އިންސައްތަ އަކީ އަންހެނުންނާއި އަންހެންކުދިން

އަނިޔާ ލިބޭ މީހުންގެ 60 އިންސައްތަ އަކީ އަންހެނުންނާއި އަންހެންކުދިން

25 ނޮވެމްބަރު 2018
ރައީސް މައުމޫނުގެ ފަރާތުން ކެބިނެޓަށް ފުރަތަމަ ހުށަހެޅުއްވީ ހުސް އަންހެން ބޭފުޅުންގެ ނަން!

ރައީސް މައުމޫނުގެ ފަރާތުން ކެބިނެޓަށް ފުރަތަމަ ހުށަހެޅުއްވީ ހުސް އަންހެން ބޭފުޅުންގެ ނަން!

18 ނޮވެމްބަރު 2018
ވަންދޫ އަންހެންވެރިން ފައިސަލްއަށް ތައްޔާރުކުރި މަލާފަތް!

ވަންދޫ އަންހެންވެރިން ފައިސަލްއަށް ތައްޔާރުކުރި މަލާފަތް!

10 ސެޕްޓެމްބަރު 2018

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު