Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން

ރައީސް ސާލިހުގެ ފަރާތުންޕުޅުން އަނެއްކާވެސް ތަފާތު މަންޒަރެއް!

އިދިކޮޅު ޕީޕީއެމް ސަޕޯޓަރުން ކިތަންމެ އެއްޗެއް ގޮވިޔަސް "ރިއެކްޓެއް" ނުކުރައްވާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2023 | އާދީއްތަ 14:07
ޕީޕީއެމް އިން ބޭއްވި މުޒާހަރާ އަދި ރައީސް އުފާ ފާޅުކުރުމަށް ބޭއްވި އެއްވުން

ޕީޕީއެމް އިން ބޭއްވި މުޒާހަރާ އަދި ރައީސް އުފާ ފާޅުކުރުމަށް ބޭއްވި އެއްވުން

ފާއިތުވި ހަތަރު އަހަރު ވެސް ފެންނަމުންދިޔަ މަންޒަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ތަން މިނަށް ދީފައި އޮތް މަންޒަރެވެ. އެމަނިކުފާނާ އިދިކޮޅު މީހުން "ބޭނުން އެއްޗެއް ކިޔަން" އެ ފުރުސަތު އެމީހުންނަށް ވަނީ ދީފައެވެ. އިދިކޮޅު ޓީވީ ޗެނެލްތަކުން ވެސް އެމަނިކުފާނުގެ އަބުރު ކަތިލަމުންދާއިރު ވެސް އެކަމަކާއި މި ސަރުކާރުން އަޅައެއް ނުލައެވެ. އެމީހުން ވެސް ގެންނަން ބޭނުން ހުރިހާ ރިޕޯޓުތަކާއި "ދޮގު ޚަބަރު" ގެނައުމުގެ ފުރުސަތު ވެސް އޮވެއެވެ. ދެން އޮތީ އިދިކޮޅު ޕާޓީގެ ވާހަކައެވެ. އެމީހުންގެ ލޮބުވެތި ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ބާއްވާ މުޒާހަރާތަކުގައި ވެސް "އިބޫގެ އިސްތިއުފާ" އަށް ގޮވިޔަސް އެކަމާއި ވެސް މި ސަރުކާރުން އަޅައެއް ނުލައެވެ.

މުޒާހަރާތައް ކުރުމަށް ވެސް ފުރުސަތު އޮންނަނީ ދީފައެވެ. އެކަން ދާދި ފަހުން ވަރަށް ރަނގަޅަށް ފެނިއްޖެއެވެ. ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑިގެންނެވި ޖަލްސާއެއް އޮތް އެމްޑީޕީ ޖަގަހަ ކުރިމަތީގައި އިދިކޮޅުން އެއްވުމެއް ބޭއްވިއެވެ. ހަމަ ކުއްލި އަކަށެވެ. ނަމަވެސް އެކަމަށް ސަރުކާރުން ދެކޮޅު ހަދާފައެއް ނުވެއެވެ. އިދިކޮޅު ފަންސާހަކަށް މީހުން އެއްވެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ރައީސް ސާލިހުގެ އިސްތިއުފާ އަށް ގޮވަމުން ދިޔައީ ރައީސަށް ވެސް އަޑު އިވޭ ހިސާބުގައި ތިބެގެންނެވެ.

ފަހަތުން ދުވެ، މައިކު އަތުލައި، ފުލުހުންގެ ވެހިކަލަށް ޕޯޑިއަމް ލައިގެން ގެންދާކަށް އެރޭ ފުލުހުންނެއް ނޫޅެއެވެ. ނަމަވެސް ޕީޕީއެމްގެ ވެރިކަމުގައި އެމްޑީޕީގެ ޖަގަހަ އަށް ފުލުހުން ވަދެ، ޕޯޑިއަމް ދޮށު ވާހަކަ ދައްކަން ހުންނަ މީހާ ވެސް ހައްޔަރު ކުރެއެވެ. އޭރު ސްޕީކަރުތަކާއި ތަނުގައި އޮންނަ ޕިކަޕު ވެސް ކުށްވެރިވެއެވެ. އެތަކެތި ވެސް ގެންދަނީ ފުލުހުންގެ ބެލުމުގެ ދަށަށެވެ. ޖަގަހަގައި ޖަލްސާ އެއް ބާއްވާލަން ޕޯޑިއަމް ކައިރީގައި ވާހަކަ ދައްކަން ހުންނަ މީހާ ވެސް ހައްޔަރު ކުރެއެވެ. އޭރު ސްޕީކަރުތަކާއި ތަނުގައި އޮންނަ ޕިކަޕު ވެސް ކުށްވެރިވެއެވެ. އެތަކެތި ވެސް ގެންދަނީ ފުލުހުންގެ ބެލުމުގެ ދަށަށެވެ. ޖަގަހަގައި ޖަލްސާ އެއް ބާއްވާލަން ނުކެރޭ މިންވަރަށް ޖަގަހަ ދޮށަށް ފުލުހުން އަޅާލައެވެ. ޖަލްސާ ގަނޑެއް ބޭއްވިޔަކަ ނުވެސްދެއެވެ.

އެހެންނަމަވެސް މިހާރު މަންޒަރު މުޅިން ތަފާތެވެ. ރައީސް ޞާލިހުގެ ފަރާތްޕުޅުން އަނެއްކާވެސް ފެނިގެން މިދިޔައީ ތަފާތު މަންޒަރެކެވެ. ހިތްތިރިކަމާއި ކެތްތެރިކަމެވެ. ވައުދު ވެވަޑައިގެންނެވި ގޮތަށް މި ސަރުކާރުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދިންކަމެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން، އުފާ ފާޅުކުރެއްވުމުގެ ގޮތުން އެމަނިކުފާނުގެ ކެމްޕޭން ޓީމުން އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީ ޖަގަހަ ކުރިމަތީގައި އެއްވުމެއް ބޭއްވިއެވެ. މި އެއްވުމަށްފަހު އެމަނިކުފާނު ދެން ވަޑައިގަތީ އާޓިފިޝަލް ބީޗަށެވެ. އެއްވެ ތިބި، ސަޕޯޓަރުންނާއި ވާހަކަ ދައްކަވާ، ސަލާމް ކުރެއްވުމަށެވެ.

މާދުރު ނޫން ހިސާބެއްގައި އިދިކޮޅު ޕީޕީއެމްގެ މަދު ސަޕޯޓަރުން ކޮޅެއް ތިއްބެވެ. ފުލުހުން ތިބީ ބެރިކޭޑު ޖަހާ މަގު ބަންދުކޮށް، އެމީހުންނަށް މުޒާހަރާ ކުރުމަށް ފުރުސަތު ދީގެންނެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބޭއްވި މުޒާހަރާ ރޭގައި ބަދަލުވެގެން ދިޔައީ މުޅިން އެހެން ގޮތަކަށެވެ. އެތަނުން އިވެމުންދިޔައީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާ ގޮވުންތަކެއް ނޫނެވެ. "ޗޯރު އިބޫ" އޭ ކިޔާ ހުއްޓުމެއް ނެތި އެމީހުން ގޮވަމުން ދިޔައެވެ. ލަވައެއް ވެސް ޖަހަމުންދިޔައެވެ. އެއަޑު ރައީސަށް އިވިވަޑައިގަންނަވާނެއެވެ. އެ މަންޒަރުތައް ވެސް ފެނިވަޑައިގަންނަވާނެއެވެ. އެހެންނަމަވެސް މުޒާހަރާ ރޫޅާލުމަކަށް ފުލުހުންނަށް އަމުރެއް ނުކުރައްވައެވެ. އާރާއި ބާރެއް އޮވެމެ، ރައީސް އިސްކުރެއްވީ ކެތްތެރިކަމެވެ. އިދިކޮޅު މީހުން ކިތަންމެ އެއްޗެއް ގޮވިޔަސް "ރިއެކްޓެއް" ނުކުރައްވައެވެ. ރައީސް ޞާލިހަކީ ކަންކަމަށް ރިއެކްޓް ނުކުރެއްވި ނަމަވެސް، ރަނގަޅު ވަގުތުގައި ރަނގަޅު ނިންމެވުންތައް ނިންމަވާ ބޭފުޅެއް ކަން ފާއިތުވި އަހަރުތަކުގައި ވަނީ ސާބިތު ކޮށްދެއްވާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު