Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރ. ފުއްގިރި ޚިޔާނާތުގެ މައްސަލަ

ރ. ފުއްގިރި ޚިޔާނާތުގެ މައްސަލަ: ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހު

29 ޖެނުއަރީ 2023 | އާދީއްތަ 14:10

ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ އަޑު އެހުމެއް ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 ޖެނުއަރީ 2023 | އާދީއްތަ 14:10
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރ. ފުއްގިރީގެ ޚިޔާނާތުގެ މައްސަލައިގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހަށް ތާވަލްކޮށްފިއެވެ.

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް ހޯމަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސާފައި ވަނީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.މި މައްސަލާލައިގެ އަޑުއެހުންތައް ކޯޓުން ކުރިއަށް ގެންދަނީ އޮންލައިންކޮށްކަން ފާހަގަކޮށްލެވެއެވެ.

Advertisement - newsAdvertisement

 މި މައްސަލައިގައި ރައީސް ޔާމީނާއި އިތުރު ބައެއް މީހުންގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ. މި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވާއިރު، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިޔަރިންގ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށްވެސް ދައުވާ އުފުލާފައިވެއެވެ. އަދި އަހުމަދު ކްރިކް ރިޒާގެ މައްޗަށްވެސް މި މައްސަލައިގައި ވަނީ ދައުވާ އުފުލާފައެވެ.

ދައުލަތުން ވަނީ، މި އެންމެންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގގެ ދައުވާކޮށްފައެވެ. މި މައްސަލައަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދީގެން ރައީސް ޔާމީން 1.1 މިލިއަން ޑޮލަރު ނަންގަވައި، އެ ފައިސާ ލޯންޑަރ ކުރައްވާފައިވާ ކަަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނި، އަދި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށްވެސް ދައުވާކުރެއެވެ.

ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ އަޑު އެހުމެއް ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ ކުރިން މި މައްސަލަ ބެއްްލެވީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލުއެވެ. އެހެންނަމަވެސް މިހާރު މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ. މި މައްސަލަ ކުރިއަށް ދަނިކޮށް އިސްގާޒީ ޝަކީލު ތަނާޒުލްވެވަޑައިގެންނެވި ސަބަބަކީ ކޮބައިތޯ ސާފު ކުރަން ބޭނުންވާ ކަމަށާއި ގާޒީ އަލީ ނަދީމަކީ ކުރިން އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ފަރާތެއްކަމަށް ރިޒާގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

އެ ވާހަކަތަކާއި ގުޅިގެން ގާޒީ އަލީ ނަދީމް ވިދާޅުވީ، މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމުން އަަމަލު ކުރާނެ ގޮތް ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެކަން ދައުވާލިބޭ ފަރާތްތަކަށް ހިއްސާ ކޮށްދެއްވާނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

މި އަޑުއެހުމުގައި ޔާމީނުގެ ވަކީލު ވަނީ މި މައްސަލައާ ގުޅޭ އައު ހެކިތަކެއް މިހާރު ލިބިފައިވާ ކަމަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ހެކިތައް ހުށަހެޅުމަށް ފުރުސަތެއް ދިނުމަށް އޭނާ ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި ރިޒާގެ ވަކީލުވެސް ވަނީ ދައުލަތުން އައު ލިއުންތަކެއް ހުށަހަޅާފައިވާއިރު، ދިފާއަށްވެސް އެ ހުށަހެޅުންތަކަށް ރައްދު ދީ އައު ހުށަހެޅުންތަކެއް ހުށަހެޅުމަށް ފުރުސަތު ބޭނުންވާކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، ގާޒީ އަލީ ނަދީމް މި މައްސަލައިން ތަނާޒުލްވެވަޑައިގަންނަަވަން ޖެހޭކަމަށް ޤަބޫލު ކުރައްވާކަަމަށްވެސް އޭނާގެ ވަކީލު ވިދާޅުވިއެވެ. އެގޮތުން އޭރު އަދީބުގެ ވަކީލެއްގެ ގޮތުގައި އަލީ ނަދީމް މަސައްކަތް ކުރައްވާފައިވުމާއި، އަހުމަދު އަދީބަކީ މި މައްސަލައިގެ މައި ހެއްކަކަށްވާއިރުު، މަސްލަހަތު ފުށުއެރުންތަކެއް އަންނަކަމަށް ޤަބޫލު ކުރެވޭކަމަށް ވިދާޅުވެފައެވެ.

ގާޒީ އަލީ ނަދީމް ވަނީ މި މައްސަލައިގައި ނިންމާ ނިންމުމެއްގެ ސަބަބުން އަދީބަށް ލިބޭނެ ފައިދާއެއް ނުވަތަ ގެއްލުމަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. ގާޒީ ވިދާޅުވީ، އަދީބުގެ މައްޗަށް ދައުވާ ކުރެވުނު އެއްވެސް ކުށަކާ ގުޅިގެން ކޯޓަށް ވަޑައިގެންފައި ނުވާނެ ކަމަށާއި، އޭނާގެ މައްޗަށް ކުރެވޭ އެއްވެސް ޖިނާއީ ކުށަކާ ގުޅިގެން ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ.

ވަކީލެއްގެ ގޮތުގައި އުޅުއްވާފައިވާނީ އޭނާގެ ބަންދު އިސްތިއުނާފު ކުރުމާ ބެހޭ މައްސަލައެއްގައި އެކަނި ކަމަށާއި، ވުމާއެކު މަސްލަހަތު ފުށުއަރާ ސަބަބެއް އޮތްކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ގާޒީ އަލީ ނަދީމް ވިދާޅުވިއެވެ.  

އެހެންނަމަވެސް، ދައުވާލިބޭ ފަރާތްތަކުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި، އެކަމާ މެދު ނިންމަވާ ގޮތެއް ދެން އޮންނަ އަޑުއެހުމެއްގައި އަންގަވާނެކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ދައުލަތުގެ އައު ލިއެކިއުންތައް ދައުވާލިބޭ ފަރާތްތަކަށް ރައްދު ކުރެއްވުމަށްފަހު، ރައްދު ކުރާ ދުވަހުން ފެށިގެން އައު ހުށަހެޅުމެއް ހުށަހަޅަން ބޭނުންނަމަ 5 ދުވަހުގެ މުއްދަތެއް ދެއްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ އަލީ ނަދީމް ވިދާޅުވީ، އައު ހުށަހެޅުމެއް ނެތްނަމަ ދެން އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ގޮތް ނިންމުން ކަމަށެވެ.

އަދި މައްސަލަ ގޮސްފައިވާ ހިސާބު އިތުރަށް ދިރާސާ ކުރެއްވުމަށްފަހު، އަހުމަދު ކްރިކް ރިޒާގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު ދެވެން އޮތްނަމަ ދެއްވާނެކަމަށް ވިދާޅުވިއެވެ.

ރ ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް 2 ދައުވާއެއް ވަނީ އުފުލާފައެވެ. އެގޮތުން ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިޔަރިންގ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށްވެސް ދައުވާ ވަނީ އުފުލާފައެވެ. މީގެ އިތުރުން އަހުމަދު ކްރިކް ރިޒާގެ މައްޗަށްވެސް މި މައްސަލައިގައި ވަނީ ދައުވާ އުފުލާފައެވެ.

އެންމެ ފަހުން ބޭއްވި މައްސަލައިގެ އަޑު އެހުމުގައި ދައުލަތުން ވަނީ މައްސަލަ ގޮސްފައިވާ ހިސާބު ކިޔާދެއްވާފައެވެ. އެގޮތުން ދައުވާލިބޭ އެންމެހާ ފަރާތްތަކުގެ ބައިގައިވެސް އިބްތިދާއީ މަރުޙަލާ ކުރިއަށް ވަނީ ގެންގޮސްފައެވެ. ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅައި، އެ ހުށަހެޅުންތަކަށް ރައްދު ދީފައިވާ ކަމަށް ވަކީލު ފާހަގަކުރެއްވިއެވެ.  އެކަމާއި ގުޅިގެން ޔާމީނުގެ ވަކީލު ވިދާޅުވީ، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ވާހަކަދެއްކިކަން ރެކޯޑްތަކުން ނުދައްކާ ކަމަށެވެ.

މީގެ އިތުރުން މ،ި މައްސަލަ ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ރިޒާ ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭގޮތުން ދިފާއުން އަދި ފާހަގަކުރަން ބޭނުންވާ ކަންކަން ހުރި ކަމަށާއި ޝަރީއަތުގެ ކުރީގެ ބައެއް ހުށަހެޅުންތައް އެއްކޮށް ހުށަހެޅުމަށް ފުރުސަތު ނުލިބޭ ކަމަށް ބުނެފައެވެ. ރިޒާގެ ވަކީލު އިތުރަށް ވިދާޅުވީ، ކޯޓުގެ އެދުމުގެ މަތިން ފަހުން އަލުން ހުށަހެޅުންތައް ކޯޓަށް ލިއުމުން ހުށަހަޅާފައި ނުވާ ކަަމަށެވެ. އެހެންނަމަވެސް ދައުލަތުން އެކަމަށް އޭރު އިއުތިރާޒު ކޮށްފައިވާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިޔަރިންގ ގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް ރައްދު ލިބިފައިނުވާކަމަށް އެ ކުންފުނީގެ ވަކީލު ވަނީ އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ހުށަހެޅުންތަކަށް އަނގަބަހުން ރައްދު ދީފައިވާކަމަށް ވަކީލު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް