Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު

ކޯލިޝަން ސަރުކާރަކަށް ދިއުމަށް ޕާޓީތަކާއެކު އަދި މަޝްވަރާއެއް ނުކުރޭ

29 ޖެނުއަރީ 2023 | އާދީއްތަ 12:53

ރައީސް ޞާލިހު ވަނީ ކޯލިޝަން ސަރުކާރެއް އުފެއްދެވުމުގެ އިޝާރާތެއް ދެއްވާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 29 ޖެނުއަރީ 2023 | އާދީއްތަ 12:53
ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުން

ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުން

ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ކޯލިޝަން ހެދުމާގުޅޭގޮތުން އަދި މަޝްވަރާކުރެވިފައިނުވާކަމަށް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ބުނެފިއެވެ.

ކުރިއަށްއޮތް 2023 ގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކެނޑިޑޭޓަކު ނެރުމަށް ބޭއްވި ޕްރައިމަރީގައި، ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ބޮޑުތަނުން އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. މިއާއެކު 2023 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނިކުންނާނެ ކެނޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަން މިވަނީ ޔަގީން ވެފައެވެ.

Advertisement - newsAdvertisement

އިންތިޚާބު ކާމިޔާބުކުރެވުމާއެކު ރައީސް ޞާލިހު ގެންދަވަނީ ކޯލިޝަން ސަރުކާރަކަށް ވަކާލާތު ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވަމުންނެވެ. އެމްޑީޕީ އެކަނި އޮވެގެން ވެރިކަން ކުރާތަން ދެކެން ބޭނުންފުޅުވާ ކަމަށާއި ނަމަވެސް އަދި އެއީ އެ ޕާޓީއަށް އެކަނި ކުރަން ދަތި ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިހާރުވެސް ސަރުކާރު ކޯލިޝަންގައި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އަދި އަދާލަތު ޕާޓީ ހިމެނޭއިރު، ދެވަނަ ދައުރަކަށް ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް މިހާތަނަށް ޕާޓީތަކާއެކު މަޝްވަރާކޮށްފައިނުވާކަމަށް ޕާޓީތަކުން ވަނީ ބުނެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕަރސަން އަލީ ޞާލިހު ވިދާޅުވީ ކޯލިޝަން ސަރުކާރަކަށް ދިއުމަށް އަދި މިހާތަނަށް އެ ޕާޓީއާއެކު މަޝްވަރާކޮށްފައިނުވާކަމަށެވެ. އަދި ކޯލިޝަން ސަރުކާރަކަށް ދިއުމާދޭތެރޭ އެ ޕާޓީގެ ތެރެއިންވެސް އަދި ވަކި ގޮތެއް ނިންމާފައިނުވާކަމަށާއި، ކުރިއަށް އޮތް އެޕާޓީގެ ގައުމީ ޖަލްސާއިން މިކަމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމާނެ ކަމަށް އަލީ ޞާލިހު ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ފަރާތުން އެ ޕާޓީގެ ސްޕޯކްސްޕަރސަން އަލީ ނަޒީރު ވިދާޅުވީ މިހާތަނަށް އެއްވެސް ޕާޓީއަކާއެކު މިފަދަ މަޝްވަރާއެއް ކޮށްފައިނުވާކަމަށެވެ. އެހެންނަމަވެސް މި މަޝްވަރާތަކަށް ހުޅުވާލާފައިވާކަމަށް ނަޒީރު ވިދާޅުވިއެވެ.

އެމްއާރްއެމްއިން ކުރިއަށްއޮތް ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އަމަލުކުރާނެ ގޮތާ ގުޅޭގޮތުން ޕާޓީގެ އާންމު މެމްބަރުންގެ ޚިޔާލާ މަޝްވަރާ ހޯދަމުންދާކަމަށް އެ ޕާޓީގެ ތަރުޖަމާނު އިސްމާއިލް ނާއިލް ނަޝީދު ވިދާޅުވިއެވެ. އަދި މިފަދަ ހުށަހެޅުމެއް ލިބިއްޖެނަމަ އެކަމުގެ މަޝްވަރާތައްވެސް ޕާޓީގެ ތެރެެއިން ކުރާނެ ކަމަށް ނާއިލް ވިދާޅުވިއެވެ.

ނާިއލް އިތުރަށް ވިދާޅުވީ އެމްއާރުއެމުން ދެމިތިބޭނީ އެޕާޓީން ގަބޫލުކުރާ އިސްލާހީ އުސޫލުތަކާ އެއް ވިސްނުމެއް ގެންގުޅޭ ބަޔަކާ އެކުގައި ކަމަށެވެ. މި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން އެ ޕާޓީން އިސްކަންދޭނެ ކަމަށް ނާއިލް ވިދާޅުވިއެވެ.

ކޯލިޝަން ހައްދަވަން ބޭނުންފުޅުވެލައްވާކަމުގެ އިޝާރާތެއް ރައީސް ޞާލިހު ދެއްވާފައިވަނީ، އެމްޑީޕީއަކީ އެންމެ ބޮޑު އަދި އެންމެ ގިނަ ބައެއްގެ ތާއީދު އޮތް ޕާޓީއަށްވި ނަމަވެސް އިންތިޚާބު ކާމިޔާބު ކުރަން 50 އިންސައްތައަށްވުރެ އިތުރަށް ވޯޓު ބޭނުންވާތީއެވެ. މިކަން އެމްޑީޕީއަށް އެކަނި އޮވެގެން އަދި ކުރެވެން ނެތްކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

24 މެއި 2017

ސަރުކާރު ކޯލިޝަންގެ ޖަލްސާއަށް ދާ މީހުން މަދުވެގެން އަލީ އާރިފް ހިތްހަމަ ނުޖެހިއްޖެ

24 މެއި 2017
ސަރުކާރު ކޯލިޝަންގެ ޖަލްސާއަށް ދާ މީހުން މަދުވެގެން އަލީ އާރިފް ހިތްހަމަ ނުޖެހިއްޖެ
21 މެއި 2017

ހައްޖަށް ގެންދިއުމަށް މީހުން އަތުން ފައިސާ ނުނެގުމަށް އޭސީސީން އަންގައިފި

21 މެއި 2017
ހައްޖަށް ގެންދިއުމަށް މީހުން އަތުން ފައިސާ ނުނެގުމަށް އޭސީސީން އަންގައިފި
16 މެއި 2017

ރިޔާޒްގެ ޝަރީޢަތް: ޚުލާސާ ބަޔާން އިއްވުމަށްފަހު މައްސަލަ އަނބުރާ ގެންދިއުމަށް ރިޔާޒް އެދިއްޖެ

16 މެއި 2017
ރިޔާޒްގެ ޝަރީޢަތް: ޚުލާސާ ބަޔާން އިއްވުމަށްފަހު މައްސަލަ އަނބުރާ ގެންދިއުމަށް ރިޔާޒް އެދިއްޖެ
14 މެއި 2017

ޕީޕީއެމްގެ މަޖިލިސް މެމްބަރުންވެސް ބިރު ފަހަނައަޅާ ދިއުމަށް މަސައްކަތް އެބަކުރައްވާ: މުސްތަފާ

14 މެއި 2017
ޕީޕީއެމްގެ މަޖިލިސް މެމްބަރުންވެސް ބިރު ފަހަނައަޅާ ދިއުމަށް މަސައްކަތް އެބަކުރައްވާ: މުސްތަފާ
18 އެޕްރީލު 2017

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

18 އެޕްރީލު 2017
މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި
26 މާރިޗު 2017

މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި

26 މާރިޗު 2017
މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި
13 މާރިޗު 2017

ބަލި މީހުން ކައިރިއަށް ކުޑަކުދިން ނުގެންދިއުމަށް އައިޖީއެމްޗުން އެދިއްޖެ

13 މާރިޗު 2017
ބަލި މީހުން ކައިރިއަށް ކުޑަކުދިން ނުގެންދިއުމަށް އައިޖީއެމްޗުން އެދިއްޖެ
04 މާރިޗު 2017

މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

04 މާރިޗު 2017
މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި
04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
20 ފެބުރުއަރީ 2017

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް