Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާޒް

ރިޔާޒްގެ ޝަރީޢަތް: ޚުލާސާ ބަޔާން އިއްވުމަށްފަހު މައްސަލަ އަނބުރާ ގެންދިއުމަށް ރިޔާޒް އެދިއްޖެ

އިތުރު ފުރުސަތު ދޭނީ ތުހުމަތު ކުރެވޭ ކުށަށް އިއުތިރާފް ވެގެން ނުވަތަ އެ ކުށާ މެދު ދެރަވާ ކަން ހާމަކޮށްގެން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 16 މެއި 2017 | އަންގާރަ 18:44
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ ޝަރީޢަތުގެ އެންމެ ފަހު އަޑުއެހުމުގައި ޚުލާސާ ބަޔާން އިއްވުމަށް މައްސަލަ އަނބުރާ ގެންދިއުމަށް ރިޔާޒްގެ ފަރާތުން ޕީޖީ އޮފީހުގައި އެދިއްޖެއެވެ.

ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހަކީ ދެ ފަރާތުން ޚުލާސާ ބަޔާން އިއްވުމަށްޓަކައި ބޭއްވި ޝަރީޢަތުގެ މަޖިލީހެކެވެ.

Advertisement - newsAdvertisement

ޚުލާސާ ބަޔާން އިއްވުމަށްފަހު ރިޔާޒްގެ ވަކީލް އަލީ ޒާހިރު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އޮންނަ އިތުރު ފުރުސަތު ޕްރޮގްރާމްގެ ދަށުން އެ ދައުވާ އަނބުރާ ގެންދިއުމަށް ޕީޖީ އޮފީހުގައި އެދިފައި ވާނެ ކަމަށާއި އަދި އެ ފުރުސަތަށް އެދުނީ މި މަހުގެ 16 ވަނަ ދުވަހު ކަމަށް ރިޔާޒްގެ ވަކީލް ވިދާޅުވިއެވެ. އަދި ޕީޖީ އޮފީހުގައި އިތުރު ފުރުސަތަށް ރިޔާޒް އެދިފައިވާ ކަމުގެ ފޯމް ރިޔާޒްގެ ފަރާތުން ވަނީ ޝަރީޢަތަށް ހުށަހަޅާފައެވެ.

އެހެން ކަމުން ޕީޖީ އޮފީހުން ރިޔާޒަށް އިތުރު ފުރުސަތު ދިނުމާ މެދު ގޮތެއް ނިންމަންދެން ޙުކުމް ކުރުން މަޑުޖައްސާލަން ރިޔާޒްގެ ވަކީލުން އެދިވަޑައިގަތެވެ.

ޕީޖީ އޮފީހުގައި ރިޔާޒް އިތުރު ފުރުސަތަށް އެދި ފޯމް ހުށަހަޅާފައިވާތީ އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލް ވިދާޅުވީ އެ ފޯމް ރިޔާޒް ހުށަހެޅުއްވި ކަމުގެ މަޢުލޫމާތު ޕީޖީ އޮފީހުގެ ފަރާތުން އޭނާއަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އެގޮތުން މައްސަލަ އާއި ހަވާލުވެ ހުންނަވާ ވަކީލާ ހަމައަށް އެ ފޯމް އައުމުގެ ކުރިން އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހުންނާތީ އެ ފޯމް އޭނާއާ ހަމައަށް އަދި ނާންނަނީކަމަށް ވެދާނެ ކަމަށް ވަކީލް ވިދާޅުވިއެވެ.

އަދި ދައުލަތުން އެހެން ބުނުމުން ފަނޑިޔާރުން އެންގެވީ ރިޔާޒް އިތުރު ފުރުސަތަށް އެދިވަޑައިގަތް ކަން ކަށަވަރު ކުރުމަށް ފަހު އެކަން ދެ ދުވަސް ތެރޭގައި ކޯޓަށް އެންގުމަށެވެ.

ރިޔާޒް ޕީޖީ އޮފީހުގައި އިތުރު ފުރުސަތަށް އެދިފައި ވާތީ އެކަމާ ގުޅޭ ގޮތުން ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ޙުކުމާ ހިސާބުގައި އޮންނަ މައްސަލަތަކުގައި އިތުރު ފުރުސަތަށް އެދިއްޖެ ނަމަ އިތުރު ފުރުސަތު ދިނުމާމެދު ޕީޖީ އޮފީހުން ގޮތެއް ނިމެންދެން ޙުކުމް ކުރުން މަޑުޖައްސާލަން ދައުލަތުން ކޯޓުގައި އެދޭނެ ކަމަށާއި ނަމަވެސް ޙުކުމް ކުރުން މަޑުޖައްސާލަން ކޯޓުން ދެކޮޅު ހަދައިފި ނަމަ އެ މައްސަލައެއް ވަގުތީ ގޮތުން އަނބުރާ ގެންދާނެ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މީގެއިތުރުން ދައުލަތުގެ ވަކީލް ވިދާޅުވީ އިތުރު ފުރުސަތު ދޭނީ ވަކި ޝަރުތުތަކެއް ހަމަވާ ނަމަ ކަމަށާއި އަދި ޝަރުތު ހަމަވިޔަސް އެ ފުރުސަތު ދޭނީ ތުޙުމަތު ކުރެވޭ ކުށަށް އިއުތިރާފް ވެގެން ނުވަތަ އެ ކުށާ މެދު ދެރަވާ ކަން ހާމަކޮށްގެން ކަމަށެވެ.

ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މައްސަލާގައި ޚުލާސާ ބަޔާން އިއްވަމުން ރިޔާޒްގެ ޤާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވީ، ރިޔާޒުގެ ފޯނުގެ ޕިން ކޯޑް ޖެހުމަށް ޝަރީއަތަށް ފޯނު ގެނެސް ފުރަތަމަ ރިޔާޒަށް ޕިން ކޯޑް ޖެހުނީ ނުބައިކޮށް ކަމަށެވެ. ނުބައި ޕިން ކޯޑެއް ޖެހުމުން ފޯނު 10 މިނެޓަށް ޑިސްއޭބަލްވިކަމަށް ވަކީލް ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ އައިފޯނެއް ޑިސްއޭބަލް ވާނީ ނުބައި ޕިން ކޯޑް ފަސް ފަހަރަށް ޖެހުމުން ކަމަށް އެނގޭ ކަމަށާއި އަދި ފަސް ފަހަރަށް ނުބައި ޕިން ކޯޑް ޖެހުމުން ފޯނު ޑިސްއޭބަލް ވާނީ އެއް މިނަޓަށް ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ރިޔާޒުގެ ފޯނު ހުޅުވަން ވަރަށް ގިނަ ޕިން ކޯޑްތަކެއް ފުލުހުން މަސައްކަތް ކޮށްފައިވާކަން އެނގޭ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ، ޝަރީއަތް މެދުވެރިކޮށް ފުލުހުންނަށް ރިޔާޒް އޭނާގެ ފޯނުގެ ޕިން ކޯޑް ދީފައިވާ ކަމަށާއި އެހެންކަމުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަންޖެހޭ ސަބަބެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. ރިޔާޒުގެ ފޯނު ބޭނުންކޮށްގެން ފުލުހުން ހިންގަން ބޭނުންވި ތަހުގީގު ވެސް މިހާރު ނިމިފައިވާކަން އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ، ޕިން ކޯޑް ނުދިނުމުގައި ރިޔާޒުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ. އެ ޕިން ކޯޑް ފުލުހުންނަށް ރިޔާޒު ނުދިނީ، ކޯޓު އަމުރުގައި އެކަމަށް ބުނެފައިނުވާތީ ކަމަށެވެ. އަދި އެކަމަށް ވަކި ކޯޓު އަމުރެއް ހޯދުމަށް ފުލުހުން މަސައްކަތް ކުރާނެ ކަމަށް ބުނުމުން ކަމަށެވެ. ކޯޓު އަމުރު ތަންފީޒުކުރުމުގައި ހަނު ނުހުރެވޭނެ ކަމަށް ބުނުމުން ރިޔާޒު ވާނީ އޭނާގެ ހަނދާނުގައި ހުރި ތިން ޕިން ކޯޑެއް ވެސް ދީފަ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ޚުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ކޯޓު އަމުރުގައި ސީދާކޮށް ބުނެފައިވާ ކަމެއް ނޭނގޭ ކަމަށް ބުނެ އެކަމަށް ދެކޮޅު ހެދުމަކީ ވާޖިބަށް ހުރަސް އެޅުން ކަމަށެވެ. އަދި އެއްވެސް މަރުހަލާއެއްގައި ރިޔާޒު ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައިނުވާ ކަމަށާއި އެހެންކަމުން ޕިން ކޯޑް ދިނުމަކީ ހަނު ހުރުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ދިފާއުގައި ބުނި ނަމަވެސް އެކަން ގަބޫލު ނުކުރެވޭނެ ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، ރިޔާޒުގެ ފޯނުގައި ޕިން ކޯޑް ނުޖެހީ އެ ނިޔަތް އޮވެގެން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އެއީ، އެ އަމުރުގައި ޕިން ކޯޑް ދިނުމަށް ޖަހާފައި ނެތް ކަމާއި އެހެން އޮތް ނަމަވެސް ޕިން ކޯޑް ދޭންޖެހޭ ކަމަށް ޤަބޫލުނުކުރެވޭ ކަމަށް ދިފާއުގައި ބުނެފައިވާތީ ކަމަށެވެ.

ފޮރެންސިކް ރިޕޯޓްގައި ފޯނުގެ މޮޑެލް ނުބައިކޮށް ޖެހިފައިވާ މައްސަލާގައި ދައުލަތުގެ ވަކީލް ވިދާޅުވީ، އެއީ މުޅި ރިޕޯޓަށް އަސަރުކުރާނެ ކަމެއް ކަމުގައި ދައުލަތުން ނުދެކޭ ކަމަށެވެ. އެއީ އެ ފޯނުގެ މުއާމަލާތްތަކެއް ޝަރީއަތުގެ މަޖިލީހުގައި ވެސް ކުރެވިފައިވާ ކަމަށާއި އަދި ފޯނުގެ އައިއެމްއީއައި ނަންބަރު ފޮރެންސިކް ރިޕޯޓާއި ޗެއިން އޮފް ކަސްޓަޑީގައި އޮތީ އެއްގޮތަށް ކަމަށްވާތީ ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ދިފާއުގައި ހުށަހެޅި ފުލުހެއް ހެކި ބަސް ނުދިނުމަށް ނިންމުމުން އޭނާއަށް ހެކި ބަސް ދިނުން ލާޒިމްކޮށްގެން ހެކި ބަސް ނުނެގޭނެ ކަމަށް ދައުލަތުން ޤަބޫލު ކުރާ ކަމަށެވެ. އަދި ހެކި ބަސް ލާޒިމުކޮށްގެން ނެގުމަށް ޤާނޫނީ އަދި ޝަރުއީ އެއްވެސް އަސާސެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީޢަތުގެ މަޖިލިސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މައްސަލައިގައި ދެން ބާއްވާނީ ޙުކުމް އިއްވުމަށްޓަކައި ބާއްވާ ޝަރީޢަތުގެ މަޖިލީހެއް ކަމަށާއި އަދި އެ ޝަރީޢަތުގެ މަޖިލިސް ބާއްވާނެ ތާރީޚެއް ފަހުން އިޢުލާން ކުރާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ

ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު