Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައްޖު ކޯޓާ

ހައްޖަށް ގެންދިއުމަށް މީހުން އަތުން ފައިސާ ނުނެގުމަށް އޭސީސީން އަންގައިފި

21 މެއި 2017 | އާދީއްތަ 17:00

މީހުން އަތުން ފައިސާ ނުނެގުމަށްވެސް ވަނީ އިލްތިމާސް ކޮށްފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 21 މެއި 2017 | އާދީއްތަ 17:00
ހައްޖުވެރިން ތަކެއް: މިއަހަރު ހައްޖަހް ދާން އަދި ފައިސާ ނުދައްކަން އަންގައިފި

ހައްޖުވެރިން ތަކެއް: މިއަހަރު ހައްޖަހް ދާން އަދި ފައިސާ ނުދައްކަން އަންގައިފި

ރާއްޖެއިން 1438 ވަނަ އަހަރު ހައްޖަށް ގެންދިއުމަށް މީހުން އަތުން ގުރޫޕްތަކުން ފައިސާ ނުނެގުމަށާއި ހައްޖަށް ދިއުމަށް ގުރޫޕްތަކަށް ފައިސާ ނުދައްކާ މަޑުޖައްސާލުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.

އެ ކޮމިޝަނުން އެގޮތައް އެންގީ 1438 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިއުމަށް ކޯޓާ ދޫކުރުމާބެހޭގޮތުން އެކޮމިޝަނަށް ހުށަހެޅުނު މައްސަލަ ކޮމިޝަނުން ބަލަމުންދާތީ ކޯޓާ ދޫކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް އެންގިކަން ހާމަ ކުރަމުންނެވެ.

އެ ކޮމިޝަނުން ބުނީ 1438ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށްޓަކައި އެކަމަށް އެދޭ ފަރާތްތަކަށް ޙައްޖުކޯޓާ ދޫކުރުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރެއްވި އިޢުލާނާ ގުޅިގެން ޙައްޖުކޯޓާ ލިބޭ ފަރާތްތައް ހޮއްވެވުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކޮށްފައިވާކަމަށްބުނެ އެ ކޮމިޝަނަށް ސީރިއަސް ޝަކުވާތަކެއް ލިބެމުންދާތީ، އެ މައްސަލަ އެ ކޮމިޝަނުން ދަނީ ތަޙްޤީޤްކުރަމުން ކަމަށެވެ. އަދި، އެ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ބަލަމުންދާ މައްސަލަ ބަލައި ނިމިގެން ވަކި ގޮތަކަށް އަންގަންދެން، 1438 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިއުމުގެ މަސައްކަތާގުޅޭ އިތުރު އެއްވެސް ކަމެއް ކުރިއަށް ނުގެންދެވުމަށް އާދީއްތަ ދުވަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ވާނީ ދެންނެވިފައި ކަމަށެވެ.

އޭސީސީން ބުނީ މި އަހަރު ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަދޭނެ ކުންފުނިތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ޢާންމުކުރެއްވުމާ ގުޅިގެން، ބައެއް ކުންފުނިތަކުން ޙައްޖަށް މީހުން ގެންދިއުމަށް ޢާންމުންގެ އަތުން ފައިސާ ނަގަމުންދާކަމުގެ ޝަކުވާވެސް ވަނީ ހުށަހެޅިފައި ކަމަށެވެ. އެހެންކަމުން 1438 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިއުމަށްޓަކައި މިހާތަނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އެއްވެސް ކުންފުންޏަކަށް ހުއްދަދީ، ކޯޓާ ދޫކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިނުވާތީ، ކުންފުނިތަކުން ޙައްޖަށް މީހުން ގެންދިއުމަށް ޢާންމުންގެ އަތުން ފައިސާ ނުނެގުމަށާއި، އަދި ޢާންމު ފަރާތްތަކުންވެސް ކުންފުނިތަކަށް ފައިސާ ނުދެއްކުމަށް އެ ކޮމިޝަނުން އިލްތިމާސްކުރާ ކަމަށެވެ. އަދި އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ އެ ކޮމިޝަނުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، މައްސަލަ ބަލައި ނިމުމުން ނިންމާގޮތެއް ވަރަށް އަވަސް ފުރުޞަތެއްގައި ހާމަކުރާނެ ކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް